އެއްފަަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް އެތެރެކުރުން މަނާކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އަންނަ އަންގާރަ ދުވަހުން ފެށިގެން ސުޕާރީ ޕެކެޓާއި އިތުރު އަށް ބާވަތެއްގެ ޕްލާސްޓިކް އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާވާނެ ކަން ކަަސްޓަމްސް އިން މިރޭ ހަނދާން ކޮށްދީފިއެވެ.

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ރާއްޖެ އެތެރުކުރުން މަނާކުރާނެ 12 ބާވަތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 30 ގަ އެވެ.

އޭގެ ތެރެއިން ނުވަ ބާވަތެއް މަނާ ވާނީ އަންނަ މަހުން ފެށިގެންނެވެ. ބާކީ ތިން ބާވަތުގެ ތެރެއިން ދެ ބާވަތެއް މަނާ ވާނީ ޑިސެމްބަރު 1، 2022 ގަ އެވެ. ޑިސެމްބަރު 1، 2023 ގައި ވެސް އިތުރު ބާވަތެއް މަނާކުރަން އޮތީ ނިންމައިފަ އެވެ.

އަންގާރަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ވާނެ ބާވަތްތަކުގެ ތެރޭގައި އިމްޕޯޓް ކުރާ ސްޕާރީ ޕެކެޓްގެ އިތުރުން ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅިއާއި ޕްލާސްޓިކް ތަށި، ސަމްސާ، ވަޅި، އޫ، ދިޔާތަކެތި ދިނުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅާއި ކާބޯތަކެތި ބަންދުކުރާ ސްޓްއިރަފޯމް ފޮއްޓާއި ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު ވެސް ހިމެނެއެވެ.

އޭގެ އިތުރުން 250 މިލި ލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތައްޓާއި ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރާއި ރާއްޖެ އަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ، ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާތަކެތި ވެސް ހިމެނެއެވެ. އޭގެތެރޭގައި ފެނާއި ލުއިބުއިން ވެސް ހިމެނެއެވެ.

ދެން މަނާ ވާނީ 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނި ފުޅިއެވެ.

އަންނަ އަހަރުގެ ޑިސެމްބަރ 01 ވަނަ ދުވަހުން ފެށިގެން ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅާއި، 50 މިލިމީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނިފުޅިއާއި 1 ލިޓަރާއި ލިޓަރަށް ވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އެތެރެކުރުން މަނާ ވާނެއެވެ.

އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާ އެކު ޕްލާސްޓިކްގެ ވަކި ބާވަތްތަކެއް ރާއްޖެ އެތެރެކުރުން މަނާކުރުމާއި ގުޅޭ ގޮތުން އިމްޕޯޓަރުންނަށް މައުލޫމާތު ދިނުމަށް ކަސްޓަމްސް އިން ވަނީ އޮންލައިންކޮށް ބައްދަލުވުންތަކެއް ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ނާހަމަ ތެދެއް

    އިބޫ އަށް 2 ވަނަ ދައުރެއްތި ޔަގީންވީ

    5
    11
  2. މަ

    ކިހާ ބޮޑުވެއްޖެ ކަމެއްތަ އޭން؟؟ އަހަރުމެންގެ ވިޔަފާރިތައް އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ހުއްޓުވޭތޯ ބަލާތި😠

    12
    2
  3. އަފޭ

    ދެން ލޯސަން އާއި ސާބޫނެ ވެސް ނުލިބޭނެ ދެން ގައިގާ ލާން ބޭނުން ކުރަން ޖެހޭނީ ކާށި ތެޔޮ މިސަރު ކާރުގައި ރައްޔިތުން ނައް ތަރައްގީގެ ލާމަސީލެއް ފެނިގެންދާނެތާ ދިވެހި ފައިސާ ވެސް ވަކަރުންނާއި ބިއްލޫރިންތަ ހުންނާނީ ؟

    10
    2
    • ބީރްބޮލް

      ކޮސްމެޓިކްސްގެ ގިނަ ބާވަތްތަކަކީ ޕްލާސްޓިކްގަ ބަންދުކޮށްފަ ހުރި އެއްޗެހި.އެކަމަކު ފޮށި ފޮށީގަ ބަންދުކޮށްފަ ހުރި ސައިބޯނި ލިބޭނެ.ބައެއް މީހުންގެ ނަޒަރުގަ ކާށިތެލަކީ ދެރަ އެއްޗެއްކަމުގަ ދެކުނަސް އަހަރެންގެ ތަޖުރިބާގެ އަލީގަ ބޮލުގަޔާ ގައިގަ ލާން އެންމެ ރަނގަޅު އެއްޗަކީ ކާށިތެލާއި ޒައިތޫނިތެޔޮ.ބޮލުގަ ކާށިތެޔޮ އަދި ގައިގެ ހަންގަޑުގަ ޒައިތޫނިތެޔޮ.ލޯޝަންގެ ބައިވަރު ވައްތަރު ތަޖުރިބާކުރިން އެކަމަކު ނަތީޖާ ޒީރޯ.

    • ކުއިކީ

      ޙަހަހަ....ދިވެހި ފައިސާ ވަކަރުންނާ ބިއްލޫރިން ހުރީމަ ހާދަ ބަރެއް ވާނެޔޭ ދޯ..

  4. އެސްލޯން ހޮޅި

    ދެން އިންޑޯ މިލްކު ފަދަ ޕެކެޓުގަ އިންނަ ހޮޅި އޯ މިވެސް ޕްލާސްޓިކް..ދެން ހޮޅި ނެތް ޕެކެޓު ދޯ އެތެރެ ކުރާނީ.

    13
    1
  5. ހަޔަސިންތް

    މިސަރުކާރުން މިހާތަނަށް ކުރިއެއްމެ ރަންގަޅު އެއްކަން

    3
    9
    • ބަލާ

      ދީން ދުކޮއްލަނ ބުންޏަސް ކަލޭމެން ކިޔާނީ ސުކުރިއްޔާ ކިނބޫ

      1
      1
  6. ހަޔަސިންތް

    މިސަރުކާރުން މިހާތަނަށް ކުރިއެއްމެ ރަންގަޅު އެއްކަން ސްޕާރީ އިމްޕޯކުރުން ހުޓުވާލިން

    4
    7
  7. ބީރްބޮލް

    ޢެހެންވީމާ މިޤާނޫނަށް ފެތޭނެ ދޯ ސިނގިރޭޓް ފޮށީގެ ބޭރުގަ އިންނަ ޕްލާސްޓިކް ކަވަރ ވެސް...ކަމެއް ކުރަންޏާ ނިކަން ސިނގިރޭޓު އެތެރެކުރުން މަނާ ކޮށްބަލަ..ސިއްޙަތަށާ ތިމާވެއްޓަށްވެސް އަދި ޖީބަށްވެސް ނުރައްކާ އެއްޗެއް މީ..

    23
  8. ޖިންނި

    ސިނގިރޭޓް މަނާކުރަން ނުކެރިގެން އުޅެނީ ކީއްވެ؟

  9. ގޯރުހެލް

    ރައީސް އިސްތިއުފާދީ.

  10. ޓަކި މޫނާ

    އަޅެ ކުރާނެ ކަމެއް ނެތިގެންތަ އިބޫ އެއުޅެނީ. މުޅި ޤަޢުމު ހަލާކުކުރުމުގަ އެއްވަނަ މިކަލޭގެއަށް ދޭންވީ