އަތޮޅުތެރޭގައި ހުންނަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކަލެެކްޝަން ސެެންޓަރުތަކުން ނަގުދުފައިސާ ބަލައިގަތުން މެދުކަނޑާލައިފިއެވެ.

މީރާއިން ހާމަކޮށްފައިވާ ގޮތުގައި އެ އޮތޯރިޓީން މި ފިޔަވަޅު އަޅާފައި ވަނީ މާލެއެކޭ އެއްފަދައިން އަތޮޅުތެރޭ ގިނަ ރަށްރަށުގައިވެސް ކޮވިޑް-19 ފެތުރެެމުން އަންނާތީ މުވައްޒަފުންނާ ހިިދުމަތް ހޯދާ ކަސްޓަމަރުންގެ ރައްކާތެެރިކަމަށްޓަކާއެވެ. މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ނަގުދު ފައިސާ އާއި ޗެކު ބަލައިނުގަންނަ ގޮތަށް މީރާއިން ވަނީ ނިންމާފައެވެ.

ދަތިކަމަކާ ނުލައި އަތޮޅު ތެރޭގައި އުޅޭ ފަޜާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށް މީރާގެެ ކަލެޝަން ސެންޓަރުތައް 17 އަތޮޅެއްގައި ވަނީ ގާއިމްކޮށްފައެވެ. 17 އަތޮޅުގައި ޖުމްލަ 18 ސެންޓަރެެއް ހުޅުވާ މިހާރު އަންނަނީ ހިދުމަތް ދެމުންނެވެެ.

މިހާރު ފެތުރެމުން އަންނަ ނުރައްކާތެެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން މާލޭގައި ހުންނަ މީރާގެ މައި އޮފީހުގެ ހިދުމަތަށްވެެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އަންނަ މަހުގެ އަށް ވަނަ ދުވަހާ ހަމައަށް އެެ އޮފީސް ވަނީ ބަންދުކޮށްފައެވެ.

މީރާއިން އަށް ޓެކުހާއި އެކި ފީތައް ދައްކަމުން އަންނަ ފަރާތްތަކުން ވާރުޕޭ އަދި މީރާ ކަނެކްޓް މެދުވެރިކޮށް ފައިސާ ދެއްްކުމަށްް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެހެނިހެން ހިދުމަތްތައްވެސް އޮންލައއިންކޮށް ހޯދުމަށް މީރާއިން ބާރު އަޅައެވެ.