މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގައި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ޚިދުމަތްތައް ކޮށްދީފައިވާ ވަކިވަކި ފަރުދުން ފާހަގަކޮށް ދޭ "ޕީޕަލްސް އެޑިޝަން އެވޯޑްސް" އަންނަ ހޯމަ ދުވަހުގެ ރަސްމީކޮށް ލޯންޗުކުރަން ނިންމާފައިވާކަމަށް މަޓާޓޯއިން ބުނެފިއެވެ.

މަޓާޓޯ އިން ބުނީ، ޕީޕަލްސް އެޑިޝަން އެވޯޑްސް ލޯންޗިންގ ހަފްލާ ވަރަށް ކުލަގަދަވާނެ ކަމަށާއި، އެ ހަފްލާ އޮންނާނީ އަންނަ ބުދަ ދުވަހުގެ ހަވީރު ވަން އެންޑް އޮންލީ ރީތި ރަށުގައި ކަމަށެވެ. އެ ހަފްލާއަށް ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަރާތްތަކުން ބައިވެރިވާނެއެވެ.

މި އަހަރުގެ އެވޯޑް ދިނުމަށް ނިންމާފައި ވަނީ ފަސް ފަރާތަކަށެވެ. އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާނީ ފަތުރުވެރިކަމުގެ ދާއިރާގެ އެކިއެކި ސެކްޓަރތަކުގައި ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ ފަރާތްތަކެއްގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ.

މިދިޔަ އަހަރު ޓްރެވަލް އެވޯޑްސްގެ ކޮމްޕޯނެންޓެއްގެ ގޮތުގައި ޕީޕަލްސް އެޑިޝަން އެވޯޑްސް 10 ފަރާތަކަށް ވަނީ ދީފައެވެ.

މިދިޔަ އަހަރުގެ އެ އެވޯޑް ދީފައި ވަނީ، ފަތުރުވެރިކަމުގެ ގިނަ ދުވަހު ޚިދުމަތް ކޮށްދީފައިވާ ފަރާތްތަކަށެވެ.

މި އަހަރުގެ މި އެވޯޑް ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރު ފަހުކޮޅު ބާއްވާ ޓްރެވެލް އެވޯޑްސް ގާލާ ހަފްލާތަގައެވެ.