އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ އަންނަ ޖޫން މަހަށް ފަސްކޮށްފިއެވެ.

ލިސްޓިންގ ރޫލްސްއާއި ސެކިއުރިޓީޒް ކޮންޓިނުއިންގ ޑިސްކްލޯޝަރ އޮބްލިގޭޝަން އޮފް އިޝުއަރ ރެގިއުލޭޝަންގެ ދަށުން، ލިސްޓެޑް ކުންފުނިތަކުން 2020 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވަން ޖެހޭ އެންމެ ފަހު ތާރީހަކީ 31 މެއި 2021 ކަމަށް ކަނޑައަޅާފައިވެއެވެ.

އެހެން ނަމަވެސް އެމްޓީސީސީން 2020 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އަދި ބާއްވާފައެއް ނުވެއެވެ.

އެމްޓީސީސީން ވިދާޅުވި، އެ ކުންފުނީގެ 2020 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މެއި މަހުގެ 16 ވަނަ ދުވަހު ބާއްވަން ޖެހުމާއި ގުޅިގެން ކެޕިޓަލް މާރކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހުއްދައާއެކު އެ ކުންފުނީގެ 2020 ވަނަ އަހަރުގެ އަހަރީ އާއްމު ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ،

އަހަރީ އާއްމު ޖަލްސާ ޖޫން މަހު ބާއްވާނެ ކަމުގެ ޔަގީންކަން އެމްޓީސީސީން ވަނީ ދީފައެވެ.

ކޮވިޑް-19 ހާލަތު ގޯސްވުމާއި ގުޅިގެން ރާއްޖޭގެ ވަރަށް ގިނަ ރަސްމީ ބައްދަލުވުންތައް ބޭއްވުމަށް ވެސް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު