ކޮވިޑް-19އާ ގުޅިގެން މާލެ ސަރަަހައްދު "ފުރަބަންދު"ކޮށްފައިވާ ދަނޑިވަޅުގައިވެސް ބެސްޓް ބައި މޯބައިލުން ހިލޭ ޑެލިވަރީ ކުރުމުގެ ހިދުމަތް ދެމުން ދާނެ ކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

ބެސްޓް ބައި މޯބައިލްއަކީ އެންމެ ފަހުގެ ފޯންތަކާއި، އެންމެ ބްރޭންޑެޑް ފޯން، އަދި ފޯނާއި ގުޅުން ހުރި އެސެސަރީސްތައް ވިއްކުމުގައި ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ ދެ ފިހާރައެއް މާލޭގައި ހިންގަމުން ދެއެވެ. އެ ކުންފުނީގެ މައި ފިހާރަ ހުންނަނީ މަޖީދީ މަގު ބޭންކް އޮފް މޯލްޑިވްސްގެ ކުރިމަތިގައެވެ. ދެވަނަ ފިހާރަ ހުންނާނީ މާވެޔޮ މަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމަތީގައެވެ.

އެ ކުންފުނީގެ ފިހާރަތަކުން އެޕަލްގެ އެންމެ ފަހުގެ ފޯންތަކާއި، ޕްރޮޑަކްޓްތައް ލިބެން އެބަހުއްޓެވެ. މި ޕްރޮޑަކްޓްތައް އެންމެ ހެޔޮއަގުގައި ލިބެން ހުރިއިރު، ސެމްސަންގ އާއި އެ ނޫންވެސް ފަހުގެ ބްރޭންޑްތަކުގެ ފަހުގެ ފޯންތައް އެ ކުންފުނީގެ ދެ ފިހާރައިން ލިބެން ހުންނާނެއެވެ. އަދި އެ ކުންފުނީގެ އަޒުމަކީ އެތަނުން ވިއްކާ ޕްރޮޑަކްޓްތައް އެންމެ ހެޔޮއަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށް ބެސްޓް ބައި މޯބައިލުން ބުނެފައި ވެއެވެ.

ބެސްޓް ބައި މޯބައިލުން ބުނީ، އެ ކުންފުނިންވެސް ބާރު އަޅަނީ ކަސްޓަމަރުން ގޭގައި ތިބުމަށް ކަމަށާއި، ކަސްޓަމަރުން ގޭގައި ތިބިކަމުގައިވިޔަސް، އެ ކުންފުނީގެ ދެ ފިހާރައިގައިވެސް ލިބެން ހުރި ޕްރޮޑަކްޓްތައް ކަސްޓަމަރުން އޯޑަރު ދިނުމުން ޑެލިވަރީ ކޮށްދެމުންދާނެ ކަމަށެވެ.

އެގޮތުން އެ ޕްރޮޑަކްޓްތައް ހުޅުމާލެ، މާލެ އަދި ބޯޓުތަަށާއި، ލޯންޗްތަކަށްވެސް ޑެލިވަރީ ކޮށްދެމުންދާނެ ކަމަށް ބެސްޓް ބައި މޯބައިލުން ބުނެފައި ވެއެވެ.