މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ކުރިއަށް ގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އައްޑޫގައި އިތުރު ދެ އޭޓީއެމްއެއް ބަހައްޓާފިއެވެ.

އައްޑޫގައި އިއްޔެ އެއަރޕޯޓާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ސަރަހްދުގައި ގާއިމްކުރެވުނު އޭޓީއެމްގެ ސަބަބުން އައްޑޫގެ ރައްޔަތުންނަށާއި އައްޑުއަށް އަރާފައިބާ ރައްޔަތުންނަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މިއީ އައްޑޫ ސިޓީގެ ގިނަ ރައްޔިތުންތަކެއް ބޭނުންކުރާ ސަރަހައްދުތަކަށް ވުމުން، އެ އޭޓީއެމްތައް މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ނެގުމުގެ ޚިދުމަތް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 34 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 95 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 230 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ފޯރުކޯށްދެމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަސްލަމް

    ކޮންތާކި، ހޮސްޕިޓަލި ކަވެރިއެ ބާފެއި ހިށި އޭޓީއެމް އަަށް ފެރެތުމަ ފަހަރަށް ގޭކަލަސް ހިށީ ވަގުތީ ގޮތުން ހިދުމައް މެދެ ކެޑިފެއި.

  2. މޮޑަފް

    މިއުޅެނީ މާލޭގަވެސް ކޭޝްލެސް ކޮށް ނޫޅެވިގެން. ގައިމު މުޅި މާލޭގަ އޭޓީއެމް.

  3. ޢަލީ

    ޑޮލަރު އޭޓީއެމް؟؟؟

  4. މުޙައްމަދު

    އައްޑުއަށް ދާނީ ނަގުދާނުލައި