ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި ކާފިއު އިއުލާނުކޮށް، ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގައި، ހޮންޑާ ސައިކަލުގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރކަން ލިބުނު ހަމައެކަނި ކުންފުނި ކަމަށްވާ ޝީޝާ އިން ކަސްޓަމަރުންނަށް ސައިކަލު ސާރވިސް ކުރުމާއި ގުޅޭ ހުރިހާ ހިދުމަތެއް ފަސޭހަކޮށްދީފިއެވެ.

ޝީޝާ އިން މާލެ ސަރަހައްދުގައި ހޮންޑާ ސައިކަލު ގެންގުޅޭ ކަސްޓަމަރުންނަށް ދޭން ނިންމާފައިވާ ފަސޭހަ ހިދުމަތަކީ ޕިކްއަޕް އެންޑް ޑްރޮޕް-އޮފް ހިދުމަތެވެ. މިއީ ކޮވިޑްގެ މި ދުވަސްވަރުގައި ޝީޝާގެ ކުންފުނީގެ ކަސްޓަމަރުން ގޭގައި ބައިތިއްބައިގެން ހިދުމަތް ދިނުމުގެ ނިޔަތުގައި ކުރިއަށްގެންދަން ނިންމާފައިވާ ހާއްސަ ހިދުމަތެކެވެ.

ޝީޝާ އިން ބުނީ، އެ ކުންފުނިން މި ދެނީ ފުރަބަންދުގެ ދުވަސްވަރު ސައިކަލު ބަލާދިއުމާއި އަދި ސައިކަލު ސާރވިސް ކޮށް ނިމުމުން އަނބުރާ ގެއަށް ގެންގޮސް ދިނުމުގެ ހިދުމަތް ކަމަށެވެ.

ޝީޝާ އިން ބުނީ، ދުއްވާ މީހާގެ ސަލާމަތާއި ރައަކާތެރިކަން ކަށަވަރުކޮށް، ސައިކަލު ގިނަ ދުވަހު ބޭނުންކޮށް، ދިގު މުއްދަތަށް ގެންގުޅެން ބޭނުންވާނަމަ ގަވައިދުން ކުރަން ޖެހޭ ސާވިސްތަށް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ގަވާއިދުން ސާވިސް ކުރާނަމަ ބޮޑު އަދަދަކުން ހަރަދު ކުޑަވެގެން ދާނެ ކަމެށެވެ.

މި ހިދުމަތް މާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ހޮންޑާ ސައިކަލު ގެންގުޅޭ ފަރާތްތަކަށް ލިބިގެންދާނެ އެވެ.


ޝީޝާގެ ސާވިސް ސެންޓަރުގައި ތިބެނީ
ފުރިހަމަ ތަމްރީނާއި އިތުބާރު ލިބިފައިވާ މެކޭނިކުންނެވެ. އެހެންކަމުން ކަސްޓަމަރުންގެ ސައިކަލަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމުގެ ހިދުމަށް ދިނުމަށް ޝީޝާގެ މުވައްޒަފުން އެ ތިބީ އަތުކުރި އޮޅާލައިގެން ތައްޔާރަށެވެ.

ޝީޝާއިން ބުނީ ސައިކަލު ސާވިސް ކުރުމާއި، ޕިކް-އަޕް އަދި ޑްރޮޕް-އޮފް ހިދުމަތަށް އެދުމަށް އެ ކުންފުނީގެ ވައިބަރ ނަންބަރަށް ނަން، ސައިކަލް ނަންބަރ، ކިލޯމީޓަރ، ޕިކް-އަޕް ލޮކޭޝަން އަދިއެދޭ ހިދުމަތް ޖެހުމަށް މެސެޖް ފޮނުވަން އެދޭ ކަމަށެވެ.

ވައިބަރ ނަންބަރ

9643215 960+ (މާލެ)

9894096 960+ (ހުޅުމާލެ)

ޝީޝާ އިން ބުނީ، ސައިކަލު ބަލާދިއުމާއި އަދި ސައިކަލު ސާރވިސް ކޮށް ނިމުމުން އަނބުރާ ގޭދޮށަށް ގެންގޮސް ދިނުމުގެ ހިދުމަތް މާލެ އަދި ހުޅުމާލެ އަށް ފޯރުކޮށްދިނުމުގައި 100ރޗާރޖެއް ނެގޭނެ ކަމަށެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ބޭނުންފުޅުވާނަމަ،3027715، 3323279 އަށް ގުޅުމަށް ޝީޝާއިން އެދެއެވެ.