މާބޮޑަށް ފަލަވެ ސިފަގެއްލޭ ފަހުން އެންމެ ބޭނުންވާ ބަދަލު ހަށިގަނޑަށް ގެނައުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. އެ ބަދަލު ގެނައުމަށް އެތައް ދުވަހެއް ވަންދެން ގިނަ މަސައްކަތްތަކެއް ކޮށްގެންވެސް ކާމިޔާބު ވަނީ ހާލަކުން މަދު ފަހަރެއްގައެވެ. ނަމަވެސް "ލިބޭ އޮންލައިން" އިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ "ލޭންސްލޭ ސްލިމިންގް ކޮފީ ޕްލަސް" އާއި "ލޭންސްލޭ ކޮކޯ ޕްލަސް" (ހޮޓް ޗޮކްލެޓް) އަކީ، ބަރުދަން ލުއިކުކޮށް ބައްޓަން ރީތިކުރަން އެދޭ މީހުންނަށް ލިބިގެންދިޔަ އާ އުންމީދެކެވެ.

ދިވެންގެ މެދުގައި މަޤުބޫލު މި ކޮފީއަކީ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ، ދުނިޔޭގައި ވެސް ނަންހިނގާ އުފެއްދުމެކެވެ. މި އުފެއްދުމުގެ އެންމެ ޚާއްސަ ސިފައަކީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަރުދަން ލުއިކޮށްދީ، ހަށިގަނޑުގައި އިތުރަށް ހުންނަ ފެޓްސް ދުއްވާލައި ދުޅަހެޔޮކޮށްދޭ ކަމެކެވެ.

ލޭންސްލޭ ކޮފީ ތަޖުރިބާ ކޮށްފައިވާ "ލިބޭ"ގެ ބައެއް ކަސްޓަމަރުން މީގެ ކުރިންވެސް ވަނީ މި ޕްރޮޑަކްޓު ބޭނުންކުރަން ފެށުމުން އަންނަ ހެޔޮ ބަދަލުގެ ވާހަކަ ޙިއްސާކޮށްފައެވެ. މިއީވެސް އެފަދަ ޒުވާނެއްގެ ވާހަކައެވެ.

މިގޮތުން ދާދިފަހުން މި ކޮފީ ތަޖުރިބާކުރި ދިވެއްސަކުވަނީ އޭނާއަށް އައި ހެޔޮ ބަދަލުގެ ވާހަކަ ޙިއްސާކޮށްފައެވެ. އޭނާ ބުނެފައިވަނީ ލޭންސްލޭ ކޮފީ ބޯން އޭނާ ފެށީ މީގެ ތިންވަރަކަށް މަސް ކުރިން ކަމަށެވެ. އޭރު ބަރުދަނުގައި 116 ކިލޯ ހުރިކަމަށާއި، ލޭންސްލޭ ކޮފީ ބޮއެގެން ކެއިންބުއިމަށާއި ދިރިއުޅުމަށް ގެނެވުނު ބަދަލުގެ ސަބަބުން މިހާރު ބަރުދަނުގައި ހުރީ 86 ކިލޯ ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ މި ކޮފީގެ ފައިދާ ލިބިގަތުމަށްޓަކައި، އޭގެ އިރުޝާދުތަކާއި އެއްގޮތަށް ބޭނުންކުރުމަށެވެ.

"މި ކޮފީ ބޭނުންކުރުމުގެ އިރުޝާދާއި އެއްގޮތަށް ޢަމަލު ކުރައްވާ. މިއީ ހަޤީޤަތުގައި ވެސް ހެޔޮ ބަދަލެއް ގެނުވައިދޭ އުފެއްދުމެއް. އަހަރެން 116 ކިލޯއިން 86 ކިލޯއަށް ބަރުދަން ލުއިވީ މި ކޮފީ ބޭނުންކުރާތާ ތިންމަސް ތެރޭ،"

މީގެ ކުރިން ލޭންސްލޭ ކޮފީ ބުއި އިތުރު ދިވެއްސަކު ވަނީ އޭނާ މި ކޮފީ ބޯންފެށިތާ ހަފްތާއެއްވީއިރު ހަތަރު ކިލޯ ލުއިވިގޮތްވެސް "ވަގުތު" އާއި ޙިއްސާކޮށްފައެވެ. އޭނާ ބުނެފައިވަނީ ބަރުދަން ލުއިވަނީ ހަމައެކަނި ކޮފީ ބޮއެގެން ނޫން ކަމަށާއި، ކޮފީ ބުއިމުން ބަރުދަން ލުއިކުރުމަށް އިތުރު ހިއްވަރެއް ލިބިގެންދާ ކަމަށެވެ. މިގޮތުން ކެއުމުގެ ވަކި މިންގަނޑެއް ހިފަހައްޓައި ދިނުމަކީ މި ކޮފީގެ އެންމެ ބޮޑު އެއް ސިއްރު ކަމަށް އޭނާ ބުނެއެވެ.

"ހަމައެކަނި ލޭންސްލޭ ބުއިމެއް ނޫން މުހިންމީ. މިއީ ބަރުދަން ލުއިކުރުމަށް ލިބޭ އެހީއެއް. އެއާއެކު ކާހިތްވިޔަސް ކެއުން މަދު ކުރަން އަމިއްލައަށް މަސައްކަތް ކުރަން ޖެހޭނެ. އިރުއިރުކޮޅާ ކާހިތްވުމުގެ މައްސަލައަށް އަހަންނަށް ހައްލެއް ލިބިގެންދިޔައީ ލޭންސްލޭ ކޮފީ ބޯން ފެށި ފަހުން،" އޭނާ ބުންޏެވެ.

ބޭނުންވާ ވަރަށްވުރެ އިތުރަށް ކެއުމާއި ކާވަގުތުތަކަށް ސަމާލުކަން ނުދެވުމަކީ ހަށިގަނޑަށް ނޭދެވޭ ބަދަލު އައިސް ފަލަވެ ސިފަ ގެއްލެން ދިމާވާ އެންމެ ބޮޑު އެއް ސަބަބެވެ. ހަށިގަނޑުގެ ބަރުދަން ލުއިކޮށް ބައްޓަން ރީތި ކުރުމަށް ލޭންސްލޭ ކޮފީ އަދި ހޮޓް ޗޮކްލެޓްގެ ދައުރަކީ، އިތުރަށް ކެވޭ ކެއުންތަކާއި ދުރުކޮށްދީ އެކަމަށް އެހީއަކަށް ވުމެވެ. މިގޮތުން މާގިނައިން ކާހިތްވުމާއި ރޭގަނޑާއި ދަންވަރު ހައިހޫނުވުންފަދަ މައްސަލަތަކަށް ބުއިމުން ޙައްލު ގެނެސްދީފައިވާ ކަމަށް ލޭންސްލޭ ތަޖުރިބާކޮށްފައިވާ ގިނަ ބަޔަކު ބުނެއެވެ.

މިއީ އެހެން ބައެއް ޑައެޓް ޕްރޮޑަކްޓުތަކާއި ޚިލާފަށް، ހަށިގަނޑަށް ފައިދާ ކުރަނިވި އެތައް ބައިތަކެއް އެކުލެވޭ އަދި ސިއްހަތަށް ގެއްލުން ނުވާނެ ގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ވެސް މެއެވެ. އަދި މި އުފެއްދުމަކީ ހަށިގަނޑުގެ ހަންގަނޑު އޮމާންވެ ޒުވާންކަން ދަމަހައްޓައި ދިނުމަށްވެސް އެހީއެއް ކަމަށް ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނަމުންދެއެވެ.

އެކި މީހުންނަށް މައްސަލަތަކާއި ކުރިމަތިވެފައިވާ މިންވަރަށް ބަލައި، މި މިންގަނޑު ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އާދަކޮށް ކޮންމެ ދުވަހަކު މެންދުރާއި ރޭގަނޑު ކެއުމުގެ ކުރީން މި ކޮފީ ބުއިމަކީ ރަނގަޅު ގޮތެވެ. މިއިން ކޮންމެ ވަގުތެއްގައިވެސް ކެއުމުގެ 20 މިނެޓު ކުރިން "ލޭންސްލޭ - ސްލިމިންގް ކޮފީ" ނުވަތަ "ލޭންސްލޭ ހޮޓް ޗޮކްލެޓް" ތައްޓެއް ބުއިމަކީ އެދެވިގެންވާ ގޮތެވެ. ބޭނުން ނަމަ ދުވާލަކު އެއް ފަހަރުވެސް މި ކޮފީ ބޭނުން ކުރެވިދާނެއެވެ. ނަމަވެސް ހަތަރު ފަހަރަށްވުރެ ގިނައިން ދުވާލަކު މި ކޮފީ ބުއިން ރަނގަޅެއް ނޫނެވެ.


ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ "ލޭންސްލޭ" ބްރޭންޑުގެ "ސްލިމިންގް ކޮފީ" އާއި މި ބްރޭންޑުގެ "ހޮޓް ޗޮކްލެޓް" ގެ ދިހަ ޕެކެޓް ހިމެނޭ" ފޮށި މިހާރު "ލިބޭ" އިން ލިބެން ހުރިއިރު، އެފަރާތުން މި ފޮށި ވިއްކާ އަގަކީ 80 ރުފިޔާއެވެ.

މި ޕްރޮޑަކްޓް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް "ލިބޭ" އިން އެދެއެވެ. އަދި "ލިބޭ" ފޭސްބުކް ޕޭޖް މެދުވެރިކޮށްވެސް މި ކޮފީގެ މަޢުލޫމާތު ހޯދައި އޯޑަރުކޮށްލެވޭނެއެވެ. މި ޕްރޮޑަކްޓު މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.


ނޯޓް: މާބަނޑު މީހުންނާއި ގާތުން ކިރުދޭ މީހުން ލޭންސްލޭ ކޮފީ ނުވަތަ ލޭންސްލޭ ހޮޓްޗޮކްލެޓް ބޭނުން ކުރަން ވާނީ ޑޮކްޓަރެއްގެ އިރުޝާދު ހޯދައިގެންނެވެ. ޑައިޓް ކޮފީ ހިމެނޭހެން އެއްވެސް ކޮފީއެއް ބޮޑެތި ބަލިތައް ކަމަށްވާ ހަކުރު ބަލި، ކެންސަރު، ލިވާގެ ބަލިތައް، ކިޑްނީ މައްސަލަ، ތައިރޮއިޑް މައްސަލަ ހުންނަ މީހުން ބުއިމަކީ ރަނގަޅު ކަމެއް ނޫނެވެ. އެހެންކަމުން ބޮޑު ބައްޔަކަށް ބޭސް ކުރާ ފަރާތަކުން މިފަދަ ކޮފީއެއް ބޭނުން ކުރާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަން ވާނެއެވެ.