ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ އިންޓަނޭޝަނަލް ކޮސްމެޓިކްސް މޮނޯ ސްޓޯރް ކަމަށްވާ ނޯޓް މޮނޯ ސްޓޯއިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ނޯޓް އިން މައުލޫމާތުދޭ ގޮތުގައި މިއީ އިންޓަނޭޝަނަލް ޕްރޮމޯޝަނެކެވެ އަދި މިޕްރޮމޯޝަންގައި %10ޑިސްކައުންޓްއާއިއެކު ފްރާންސްގެ ޕްރިމިއަމް ޗޮކުލެޓެއް ލިބިވަޑައިގަންނަވާނެއެވެ. އަދި މީގެ އިތުރުން ޗޮކުލެޓުގައި އިންނަ ވައުޗަރަކުން ފަހުން ނޯޓު ޕްރޮޑަކްޓް ގަނެލުމަށް %10ގެ ޑިސްކައުންޓް ވައުޗަރެއްވެސް ލިބިވަޑައިގަންނަވާނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ނޯޓް ކޮސްމެޓިކްސްގެ އޮތޮރައިޒް ޑިސްޓްރިބިއުޓް ކުރަމުންދާ ނިއު އެޑިޝަން އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ. އަދި ނޯޓް ޕްރޮޑަކްޓްތައް ނިއު އެޑިޝަން ވެބްސައިޓް މެދުވެރިކޮށް ގަނެލެވޭނެއެވެ. ނިއު އެޑިޝަން ވެބްސައިޓްއަކީ
www.newediton.mv ކޮވިޑް-19 އާ ގުޅިގެން ރައްޔިތުން ގޭގައި ތިބުމަށް ބާރު އެޅުމުގެ ގޮތުން އެ ކުންފުނީގެ ފިހާރަތަކުންވެސް ޑެލިވަރީ ހިދުމަތްތައް ދޭން ވަނީ ފަށާފައެވެ. އެގޮތުން ކޮންމެ މުދަލެއްވެސް އޯޑަރު ކުރާ ކޮންމެ މީހެއްގެ ގޭގެ ދޮރާއްޓާއި ހަމައަށް އޯޑަރު ކުރި ތަކެތި ގެންގޮސްދޭނެ ކަމަށް ނިއުއެޑިޝަނުން ބުނެއެވެ.


ނޯޓް ހޮޓްލައިން އަށް ގުޅައިގެން ނުވަތަ ވައިބާ އަދި ފޭސްބުކް މެދުވެރިކޮށް ކޮންމެ ގަޑިއެއްގައިވެސް ތަކެއްޗަށް އޯޑަރު ކުރެވެއެވެ.

ނޯޓް ކޮސްމެޓިކްސް އަކީ އެންމެ ފުރަތަމަ ސްކިން ކެއަރ ޕްރޮޑަކްޓްގެ ބާވަތެއްގެ ގޮތުގައި އުފައްދަމުން އައި ބްރޭންޑެކެވެ. %100 ގުދުރަތީ މާއްދާތަކުން އުފައްދާފައިވާ މި ހަލާލު ޕްރޮޑަކްޓް ބޭނުންކުރުމުން ހަންގަނޑު ރީތިވެއެވެ. ހަމަށް ހާއްސަކޮށް ފުރަތަމަ އުފެއްދި ނޯޓް ބްރޭންޑް ފަހުން ވަނީ ކޮސްމެޓިކްސް ބްރޭންޑަކަށް ބަދަލުކޮށްފައެވެ. ނޯޓް ކޮސްމެޓިކްސްއިން ވަނީ ގިނަ ބާވަތްތަކެއްގެ ހަމަށް މިންގަންޑުތަކެއް ކަނޑައަޅާ، ގިނަ ބާވަތްތަކެއްގެ ނާޒުކު ހަމަށް، ކޮންމެ ވައްތަރެއްގެ ހަމަކަށް ތަފާތު ޕްރޮޑަކްޓެއް ވަނީ ތައާރަފްކޮށްފައެވެ.

ނޯޓް ކޮސްމެޓިކްގެ އެންމެ ހާއްސް އެއް ކަމަކީ، ނޯޓް ގެ ހުރިހާ ޕްރޮޑަކްޓު ތަކަކީ ވެސް ހަލާލު ޕްރޮޑަކްޓުތަކަށްވުމެވެ. ވަރަށް ގިނަ މޭކަޕް ބްރޭންޑުތަކުގައި އޫރުގެ ބައެއް މާއްދާތައް ބޭނުންކޮށްފައިހުރެއެވެ. ނަމަވެސް ނޯޓް ކޮސްމެޓިކްސްގެ އެއްވެސް އުފެއްދުމެއްގައި މިފަދަ އެއްވެސް މާއްދާއެއް ބޭނުންކޮށްފައި ނުހުރެއެއެވެ. އެންމެ ފުރަތަމަ ހަލާލް މޭކަޕް ބްރޭންޑަށް ވުމުގެ އިތުރުން، ނޯޓް ކޮސްމެޓިކްސްގައި އެއްވެސް ނުރައްކާތެރި ކެމިކަލެއްވެސް ނުހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ނިއު އެޑިޝަނުން މައުލޫމާތުދޭ ގޮތުގައި އޯޑަރުދެއްވުމަށް 9472727 އަދި 7362727، 9942727 ގުޅާލުމުން ނުވަތަ ވައިބާރ މެދުވެރިކޮށް އޯޑަރު ކޮށްލުމުންވެސް ގެއަށް ޑެލިވަރީ ކޮށްދޭނެއެވެ. އަދި އޮންލައިން ޓްރާންސްފާއިން ފައިސާ ދައްކާލެވޭނެއެވެ.