ދަތްތަކުގައި ރިއްސުމާއި ބައެއް ކަހަލަ އެއްޗެހި ކެއުމުން ނުވަތަ ބުއިމުން ދަތްތަކަށް އުނދަގޫވެ ހީލިވުމަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ބުނަނީ ދަތްތަކަށް ތަދުވެ އުނދަގޫވަނީ، ދަތުގެ އެނަމެލްގެ ބާރު ދެރަވެ ނޫނީ ދަތުގެ މޫތައް ފެންނަން ހުރުމުން ކަމަށެވެ. މި އުނދަގޫތައް ދިމާވާނަމަ ލަސްނުކޮށް ސްޕާކަލް ސެންސިޓިވިޓީ ބޭނުން ކުރަން ފައްޓާށެވެ.

ލިބޭ އޮންލައިން އިން ރީޓެއިލް ކުރާ މި ޕްރޮޑަކްޓަކީ ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ދަތް އުނގުޅާ ބޭހެކެވެ. ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ބޭހެކެވެ. ދަތެއްގައި ރިއްސާ ކޮންމެ ފަހަރަކު ބާރުގަދަ ބޭސްތައް ކެއުމުގެ ބަދަލުގައި މި ދަތް އުނގުޅާ ބޭސް ގަވާއިދުން ބޭނުން ކުރުން ބުއްދިވެރި ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އެއީ ތަދުކަނޑުވާ އެކި ބޭސްތައް ކެއުމުގެ ސަބަބުން ހަށިގަނޑަށް އަންނަ ސައިޑް އިފެކްޓްތައް ބޮޑުވެފައި ސްޕާކަލް ސެންސިޓިވިޓީ ބޭނުން ކޮށްގެން އެ ނުރައްކާތެރި އަސަރުތައް ހަށިގަނޑަށް ނުކުރާތީއެވެ. އަދި އެ ބޭސް ބޭނުން ކުރަން ފަށާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދަތު ރިހުމާއި ހީލިވުމަށް ލުއި ލިބިގެން ދާތީއެވެ.

ސްޕާކަލް ސެންސިޓިވިޓީ ބޭސް ތައްޔާރުކޮށްފައި ވަނީ ފަތްޕިލާވެލީގެ އެކި ބާވަތްތައް ބޭނުން ކޮށްގެންނެވެ.

"ސްޕާކަލް"ގައި ހިމެނޭ ވައިޓް ހައިޑްރޯކްސީ އެޕެޓައިޓަކީ، ދަތްތަކާއި ހިރުގަނޑަށް ކުރިން ލިބިފައިވާ ގެއްލުންތަކަށް ފަރުވާ ލިއްބައިދޭ މާއްދާއެކެވެ. އަދި މި ބްރޭންޑަށް ހާއްސަ ވައިޓް ސޯޑިއަމް ޓްރިޕޮސްފޭޓްއަކީ ދަތްތަކުގައި ހަރުލައި އަށަގެންފައި ޖަރާސީމުތައް ނައްތާލަން މަސައްކަތް ކުރާ މާއްދާއެކެވެ. އެހެންކަމުން ދަތްތަކުގެ ރީތިކަން ގެއްލުވާލަން މަގުފަހިކުރާ ޖަރާސީމުތަކުގެ ސަބަބުން ދަތްތަކަށް ލިބިދާނެ ދާއިމީ ގެއްލުމަކުން ދުރުކޮށްދިނުމަށް "ސްޕާކަލް" އެހީއަކަށް ވެއެވެ.

ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު މި ބޭސް ބޭނުންކޮށްގެން ދަތް އުނގުޅުމަށް ތަޖުރިބާކާރުން ލަފާދެއެވެ. ބޭނުން ނަމަ އެހެން ވަގުތުތަކުގައިވެސް ދަތް އުނގުޅާއިރު މި ބޭސް ބޭނުންކުރުން އެދެވިގެން ވެއެވެ. މީގެ އިތުރުން ހެނދުނު ހޭލުމަށްފަހު އާއި ރޭގަނޑު ނިދުމުގެ ކުރީން އާދަކޮށް މި ބޭހުން ދަތް އުނގުޅުމަކީ ވެސް ރަނގަޅު ގޮތެކެވެ.

ދަތްތައް ސާލާމަތުން ބެހެއްޓުމަށްޓަކައި އަނގައިގެ ސިއްހަތާ ދޭތެރޭ ވަރަށްބޮޑު ސަމާލުކަމައް ދޭންވާނެއެވެ. އަނގައަކީ އިންސާނާގެ ސިއްހަތު ބެހެއްޓުމަށްޓަކައި، ވަރަށް މުހިންމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. އަނގައިގައި އެއްވެސް ކަހަލަ ޖަރާސީމެއް އުޅޭނަމަ އޭގެއަސަރު ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށް ފޯރައިގެން ތަފާތު އެތަށް ބަލިތަކެއް ޖެހޭގޮތް ދިމާވާނެއެވެ.

"ސްޕާކަލް - ސެންސިޓިވް ޓޫތްޕޭސްޓް"ގެ 100 ގްރާމްގެ ފުޅިއެއް ލިބޭ އިން ރީޓެއިލްކޮށް ވިއްކަނީ 155 ރުފިޔާ އަށެވެ. މި ބްރޭންޑުގެ އިތުރު އުފެއްދުންތައް ވެސް އިން "ލިބޭ" އިން ވިއްކަމުން ދެއެވެ. ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ މި ޕްރޮޑަކްޓުތައް، ލިބޭ އިން ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ލިބެން ހުރިއިރު، ޕްރޮޑަކްޓް ގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ. އަދި "ލިބޭ" ގެ ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން ވެސް އޯޑަރު ކުރެވޭނެ އެވެ.

މި ޕްރޮޑަކްޓުތައް މާލެއިން ގަންނަ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް ލިބޭ އިން ފޯރުކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު