އަނގައިން ނުބައި ވަސް ދުވުމަކީ މީހާގެ ސާފުތާހިރުކަމުގެ މިންވަރު އެހެން މީހުންނަށް ވަރަށް ފަސޭހައިން ހާމަވެގެންދާ ގޮތެކެވެ. ބައެއް ފަހަރު އަނގައިން ނުބައި ވަސް ދުވުމާއި މީހާގެ ސާފުތާހިރުކަމާ އެއްވެސް ކަހަލަ ގުޅުމެއް ނެތަސް، ހިރުގަނޑާއި ދަތްތަކުގެ ދުޅަހެޔޮކަން ދަށްވުމާއި، ކެވޭ އެއްޗެއްގެ ސަބަބުން ވެސް އެފަދަ ހާލަތެއް ކުރިމަތިވުމަކީ ވަރަށް ގާތް ކަމެކެވެ.

އަނގައިން ނުބައިވަސް ދުވުމުން ދުރުކޮށްދޭ ގިނަ އުފެއްދުންތައް ފިހާރަތަކުންނާއި ވިޔަފާރީގެ އެކި ޒަރިއްޔާތަކުން މިއަދު ލިބެން އެބަހުއްޓެވެ. އެކަމަކު އޭގެ ތެރެއިން ތިމާ އެންމެ ހިތްއެދޭ ނަތީޖާ އާއި ހަމައަށް ވާސިލުކޮށްދެނީ މަދު އުފެއްދުމެއް ކަމީ ގިނަ ބަޔަކު ދަންނަ ހަގީގަތެކެވެ.

ދަތްތައް ރީތިކޮށް އަނގަތެރެ ސާފުކަން އިތުރުކުރުމަށް އުފައްދާ ބައެއް އުފެއްދުންތަކުގައި، ކޮންމެ ކޮންމެ މީހަކާ ނުގުޅޭ ހައި ބާރުގަދަ ބައިތައް އެކުލެވިފައި ހުރެއެވެ. އެފަދަ ކަމަކާ ދިމާވެއްޖެ ނަމަ އަނގައިގެ ސާފުތާހިރުކަން ގެއްލުމުގެ އިތުރުން އެތައް ދުވަހެއް ވަންދެން ބޮޑު ވޭނެއްގައި އުޅެން ޖެހިދާ ފަހަރު އާދެއެވެ.

ދަތްތައް ސާފުކޮށް ހިރުގަނޑާއި ދުލުން ޖަރާސީމު ފިލުވާލުމާއެކު އަނގައިން ނުބައި ވަސް ދުވުން ފަދަ މައްސަލަތަކަށް އެންމެ ރަނގަޅީ ގުދުރަތީ ހައްލެއް ހޯދުމެވެ. ދުނިޔޭގައި ގިނަ ބަޔަކު އިތުބާރު ހޯދާފައިވާ މަޝްހޫރު "ސްޕާކަލް" ބްރޭންޑުން އެންމެންނަށް ވެސް ހޯދައިދިން ހައްލަކީ އެއީއެވެ. ސްޕާކަލް ބްރޭންޑުގެ "އަޔޮނިކް މައުތްވޮޝް" އަކީ އިސްވެ ފާހަގަކުރެވުނު ހުރިހާ މައްސަލައެއްގެ ހައްލެވެ.

އަނގައިން ނުބައިވަސް ދުވުމުން ފަށައިގެން، ދަތްތަކުގައި އެތައް ދުވަހެއް ވަންދެން އަށަގެންފައި ހުންނަ، ޖަރާސީމު މަދު ދުވަސްކޮޅެއްގެ ތެރޭގައި މި މައުތު ވޮޝް އިން ފިލުވާލައެވެ. އަދި ހީވެސްނުކުރާހާ ރަނގަޅު ނަތީޖާ ޔަގީންކަމާއެކު ދައްކައިދެއެވެ.

ތަޖުރިބާކާރުންގެ ޔަގީންކަން ލިބިފައިވާ "ސެޓިފައިޑް" މި މައުތުވޮޝް އަކީ އަނގައިން ނުބައިވަސް ދުވުމަށް ހައްލު ހޯދައި ދިނުމުގައި، ނުބައިވަސް ދުވަން މެދުވެރިވާ އެންމެހާ ކަންކަމަށް ހުރަސް އަޅާ އުފެއްދުމެކެވެ. މިގޮތުން އަނގަ ހިކިފައި ހުންނަ ވަގުތު މަދުކޮށްދީ، "ހައިޑްރޭޑް" ކޮށްދިނުމުގައި ވެސް މި މައުތުވޮޝް މުހިންމު ދައުރެއް އަދާކުރެއެވެ.

އެހެން ގިނަ މައުތުވޮޝްތަކާ ޚިލާފަށް ސްޕާކަލް އަޔޮނިކް މައުތުވޮޝް އަކީ ހުރިހާ އެންމެންނާއި ވެސް ގުޅޭގޮތަށް އުފައްދާފައިވާ، ފައިދާކުރަނިވި ގުދުރަތީ އުފެއްދުމެކެވެ. އަދި ދަތްތަކާއި ހިރުގަނޑަށް ފަރުވާކޮށްދީ ދުޅަހެޔޮކުރުމުގައި ވެސް މިއީ އެހީއެކެވެ.

މި މައުތުވޮޝް ބޭނުންކުރަން ޖެހޭ ގޮތަށް ބަލާއިރު، ކޮންމެ ފަހަރަކުވެސް ބޭނުންކުރުމުގެ ކުރިން ފުޅި ރަނގަޅަށް ހަލުވާލަން ޖެހެއެވެ. އަދި ކޮންމެ ފަހަރެއްގައި ވެސް މި މައުތުވޮޝްގެ މަތިގަނޑެއްގެއް ފުރޭވަރަށް (15-20 މިލިލީޓަރު) ބޭނުންކޮށް ރަނގަޅަށް ދޮވެލަންވާނެއެވެ. މިގޮތުން އެންމެ އެދެވިގެންވާ ގޮތަކީ 30 ސިކުންތުގެ ވަގުތުކޮޅެއް ވަންދެން މި މައުތްވޮޝް އިން އަނގަ ދޮވުމެވެ.

ކޮންމެ ފަހަރެއްގައި ވެސް ދަތް އުނގުޅުމަށް ފަހު އާއި، ކެއުމަށްފަހު މި މައުތްވޮޝް ބޭނުންކުރުމަކީ އެދެވިގެންވާ ގޮތެވެ. މި މައުތްވޮޝް އާއެކު ސްޕާކަލްގެ ދަތްތައް ރީތިކުރުމަށް އެހީވެދޭ ޚާއްސަ ދަތްއުނގުޅާ ބޭސް ބޭނުންކުރުމަކީ ނަތީޖާ އަވަސްކޮށްދޭ ކަމެއް ކަމަށް ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނެއެވެ.

ސްޕާކަލް އަޔޮނިކް މައުތްވޮޝް މިހާރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރި ކުރާ "ލިބޭ އޮންލައިން" އިން އަންނަނީ ވިއްކަމުންނެވެ. އެ ވިޔަފާރިން މި މައުތުވޮޝްގެ 500 އެމްއެލް ފުޅިއެއް ރީޓެއިލް ކުރަނީ 100 ރުފިޔާއަށެވެ.

ދިވެހިންގެ މެދުގައި މަގުބޫލު އަދި ގިނަ ބަޔަކު އިތުބާރުކުރާ ބްރޭންޑްތަކުގެ ކޮސްމެޓިކް ސާމާނު އެއްތަނަކުން ލިބެން ހުރި "ލިބޭ އޮންލައިން" އަކީ ސްޕާކަލްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާވެސް މެއެވެ. އެ ވިޔަފާރިން އަންނަނީ މަޝްހޫރު ގިނަ ބްރޭންޑްތަކުގެ ޕްރޮޑަކްޓު ރީޓެއިލް އަދި ހޯލްސޭލްކޮށްވެސް ވިއްކަމުންނެވެ.

މި ޕްރޮޑަކްޓް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް "ލިބޭ އޮންލައިން" އިން އެދެއެވެ. އަދި ވިޔަފާރީގެ ގެ ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން ވެސް އޯޑަރު ކުރެވޭނެއެވެ. މި ޕްރޮޑަކްޓުތައް މާލެއިން ގަންނަ ފަރާތްތަކަށް އިތުރު އަގަކާ ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ އޮންލައިން" އިން ފޯރުކޮށްދެއެވެ.