ހއ. ދިއްދޫގައި ހުންނަ ”ލިބޭ-03“ ފިހާރަ އިން ވިޔަފާރި ކޮށްގެން ކޮންމެ 200ވަނަ ކަސްޓަމަރަކު ބައްލަވައިގަންނަ ތަކެތި ހިލޭ ލިބޭ ޕްރޮމޯޝަނެއް އެ ފިހާރައިން ފަށައިފިއެވެ.

މިއަދު ފެށި މި ޕްރޮމޯޝަނުގައި 200ވަނަ ކަސްޓަމަރުންގެ ވިޔަފާރި ހަމަވުމާއި އެކު އެ ކަސްޓަމަރަކު ބައްލަވައިގަންނަ ތަކެތި މުޅިން ހިލޭ ލިބިގެން ދާނެއެވެ. މީގެ އިތުރުން އެ ފިހާރަ އިން މީގެ ކުރިން ފަށާފައިވާ އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނުގައި ބައިވެރިވުމަށް ކޫޕަނެއްވެސް އެ ކަސްޓަމަރަކަށް ލިބިގެން ދާނެކަން ފާހަގަކޮށްލެވެއެވެ.

”200ވަނަ ކަސްޓަމަރު ވިޔަފާރި ކުރުމާއި އެކު އެބޭފުޅަކަށް އަންގާނަން އެއީ ނަސީބުވެރި ކަސްޓަމަރުކަން. އެއާއިއެކު ފިހާރަ އިން ގަންނަން ނެގި ހުރިހާ ތަކެއްޗެއް ހިލޭ ލިބިގެން ދާނެ އެއީ ކިތަންމަ ކުޑަ ނުވަތަ ކިތަންމެ ބޮޑު ބިލެއް ނަމަވެސް. މީގެ އިތުރުން އުމްރާ ދަތުރު ޕްރޮމޯޝަނުގައި ބައިވެރިވާން ކޫޕަނެއް ވެސް ލިބޭނެ“ ލިބޭގެ އޮފިޝަލަކު މައުލޫމާތު ދިނެވެ.

ދިއްދޫގައި ހުންނަ ލިބޭ ފިހާރަ އިން ހެޔޮ އަގުގައި ތަފާތު އެކި ވައްތަރުގެ މުދާތައް ލިބެން ހުންނައިރު މި އަހަރު ތެރޭ ދިއްދޫގައި ލިބޭގެ އިތުރު ފިހާރަ އެއްވެސް ހުޅުވުމަށް ނިންމާފައިވާކަން އެ ކުންފުނީގެ މެނޭޖުމެންޓުން މައުލޫމާތު ދީފައިވެއެވެ.

ދިއްދޫގެ އިތުރުން މާލޭ ސިޓީ އާއި އައްޑޫ ސިޓީގައި ވެސް ލިބޭގެ ފިހާރަތައް ހުޅުވުމުގެ މަސައްކަތް ކުރިއަށް ދާއިރު ”ލިބޭ“ގެ ބަނޑު ހިންދާ ކޮފީ އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އާއްމުންގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ މަގްބޫލު ޕްރޮޑަކްޓެއްކަން ވެސް ފާހަގަކޮށްލެވެއެވެ.