ރާއްޖޭގައި އަލަށް ޑޮމެސްޓިކް ދަތުރުތައް ފަށާ އެއާލައިން ކަމަށްވާ މަންޓާ އެއާ އިން އަންނަ އޮކްޓޯބަރ މަހު ދަތުރުތައް ފަށާއިރު ފުރަތަމަ ވެސް 20 ރިސޯޓަށް ފަތުރުވެރިން އުފުލަން ފަށާނެ ކަމަށް އެއާލައިނާއި ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ވިޔަފާރީގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައި ބުނެފައިވާ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ދ.އަތޮޅު، ރ.އަތޮޅު، ބ.އަތޮޅު އަދި ތ.އަތޮޅުގެ ރިސޯޓްތަކަށް މަންޓާ އެއާ އިން ފަތުރުވެރިން އުފުލާނެއެވެ. އެއާލައިން އިން ދަތުރުތައް ފަށަނީ ހަތަރު ސީޕްލޭނާއި 72 މީހުންގެ ޖާގައިގެ ތިން އޭޓިއާރް ފްލައިޓް ބޭނުން ކޮށްގެންނެވެ.

މަންޓާ އެއާލައިން ހިންގާ ކުންފުނީގެ ސީއޯއޯ މުހައްމަދު ހަލީލް "ޓީޓީޖީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަންޓާ އެއާލައިން އުފެއްދީ މިހާރު ރާއްޖޭގައި ދަތުރުކުރާ ޑޮމެސްޓިކް އެއާލައިނަށް އެކަށީގެންވާ ޚިދުމަތެއް ނުދެވޭތީއެވެ.

"އަޅުގަނޑުމެން ފްލައިޓްތަކުގެ ޝީޓްތައް މަދުކުރާނަން. އެއީ ފަސެންޖަރުންނަށް ފަސޭހަ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް. ބިޒްނަސް ކްލާސްގެ ޚިދުމަތް ދިނުމަށް ވެސް އަޅުގަނޑުމެން މަސައްކަތް ކުރާނަން." މުހައްމަދު ހަލީލް ވިދާޅުވިއެވެ.

އަދާރަން ރިސޯޓްގެ ސޭލްސް އެންޑް މާކެޓިން އެސިސްޓެންޓް ވައިސް ޕްރެސިޑެންޓް ސްރޭޝް ވިދާޅުވީ އާއެއާލައިންގެ ސަބަބުން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ އަގު ކުޑަވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރާއްޖޭގައި މިހާރު އޮންނަނީ ދެޑޮމެސްޓިކް އެއާލައިނެވެ. އެއީ މޯލްޑިވިއަން އާއި ވިލާ އެއާއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބުރުމާ

    ވިލާ އެއަރ އެއީ ހަމައެކަނި މާމިގިލީއަށް ދަތުރުކުރާ އެއްޗެއް

    • ޤާސިމް

      ސަރުކާރުން ހުއްދަ ނުދެންޔާ ކިހިނެތްތޯ އެހެން މަންޒިލް ތަކަށް ދަތުރު ކުރާނީ؟ ހަމަ ނަސީބެއް މާމިގިލި އަށްވެސް ދަތުރުކުރެވޭކަން. މައުލޫމާތު ހޯދައިގެން ވާހަކަ ދެއްކެވުން ވަރަށް ރަނގަޅުވާނެ

  2. ޟިއްކަ

    އުއްމީދު ކުރަން ދިވެހިންނަށް ވެސް ހިދުމަތް ދޭނެކަމަށް އަދި އައިލެން އޭވިޢެސަން އަށް ވުރެއް ރަގަޅުވާނެ ކަމަށް. އަގާ ހިދުމަތް. މޯލްޑިވިއަން ފަލައިޓު ތަކޭ ކިޔަން ލަދުގަނޭ

  3. ދިވެއްސެއް

    ކޮންމެބަޔަކު މިރާއްޖޭގަވައިގެދަތުރުފަތުރުގެ ޚިދްމަތްދިނަސްދިވެހިންނައް ލިބޭޚިދްމަތުގެއަގު ބޮޑުވެފަ ޚިދްމަތްލިބިގަތުމުގަ ދަތިވެފަ ބޭރުމީހުންނައްއޮންނަފުރުސަތުމާފަހި. ނުވީތާކައް ވަޒީފާއެއްއޮތިއްޔާއެވެސްލިބެނީ ކޮންމެވެސް ބޭރުފަރާތަކަށް... ވަކިންޚާއްސަކޮށް ފަތުރުވެރިކަމުގެދާއިރާގަ ރަންގަޅުމުސާރައެއްލިބޭކަހަލަ ވަޒީފާއެއްވިއްޔާ އެލިބެނީ ކޮންމެވެސްބޭރުމިހަކައް. އުންމީދުކަރަން ގިނަފުރުސަތުތަކެއް ހުޅުވިގެދާއިރު ދިވެހިންނައްއިސްކަންދޭނެކަމައް.