ބޭރުގައި އުޅޭއިރު ތިމާގެ ގައިން އެހެން މީހަކަށް ނުވަތަ ބަޔަކަށް ނުބައި ވަސް ދުވުން ވާނީ އިންތިހާއަށް ލަދުވެތި ކަމަކަށެވެ. މިފަދަ ވަގުތެއް ދިމާވުމުން ދަބަހުގައި ރައްކާކޮށްފައި އޮންނަ ސެންޓުފުޅިން ސެންޓުކޮޅެއް ގަޔަށާއި އިސްތަށިގަނޑަށް ބުރުވާލުން ވާނީ ދަތި ކަމަކަށެވެ. އެހެންކަމުން މިއީ އެއްވެސް މީހަކު ތަޖުރިބާކުރުމަށް އެދޭނެ ހާލަތެއް ނޫނެވެ.

ގައިން ނުބައިވަސް ދުވުމަށް މެދުވެރިވާ ސަބަބުތައް ގިނައެވެ. ގިނަ ވަގުތު އެކި މަސައްކަތްތަކުގައި މަސްއޫލުވެ އުޅުމުން ދާހިއްލުމަކީ މިކަމުގެ މައިގަނޑު އެއް އަސްލެވެ. މިއީ ކޮންމެ މީހަކަށްވެސް މެދުވެރިވާ އާންމު ކަމެކެވެ. ނަމަވެސް މިކަން ކޮންޓްރޯލް ކުރެވިދާނެ ގޮތްގޮތް ހުރެއެވެ.

ދަލުގެ ސަބަބުން ހަށިގަނޑުގެ އިތުރުން އިސްތަށިގަނޑުން ވެސް، ނުބައި ވަސް ދެ ގުނަކޮށްލައެވެ. އެހެންކަމުން މިކަމުން ސަލާމަތްވުމަށް އެންމެ އިސްކުރަން ޖެހެނީ ސާފުތާހިރުކަމެވެ.

ދުވާލަކު ތިން ހަތަރު ފަހަރު ފެންވަރައިގެން ވެސް އިސްތަށިގަނޑާއި ގައިން ނުބައިވަސް ކަނޑުވާ ނުލެވިގެން އުޅެން ޖެހޭ ފަހަރު ބައެއް މީހުންނަށް އާދެއެވެ. އެހެންވެ، ނުބައިވަސް ދުވުމުގެ މި މައްސަލައަކީ ބަދަލުކުރެވޭނެ ކަމެއް ނޫންކަމަށް ނިންމައިގެން ނާއުންމީދުވެފައި ތިބޭ މީހުންވެސް އުޅެއެވެ. އެފަދަ ފަރާތްތަކަށް މިއީ އާއުންމީދެކެވެ.

ދިވެހިންގެ މެދުގައި މަގްބޫލު އަދި ދުނިޔޭގައި މަޝްހޫރު އެތައް ޕްރޮޑަކްޓެއް ރާއްޖެއަށް ތައާރަފްކޮށް ވިއްކަމުންދާ "ލިބޭ އޮންލައިން" އިން މިހާރު ބާޒާރަށް ނެރެފައިވާ "ދަ ބޭކަރީ ޕްރިންސެސް" ބްރޭންޑުގެ "ހެއާ އެންޑް ބޮޑީ" މިސްޓް އަކީ ގިނަ ގޮތް ގޮތުން ތަފާތު، އިތުބާރު ހުރި މޮޅު އުފެއްދުމެކެވެ. މިއީ ގައިންނާއި އިސްތަށިގަނޑުން ނުބައި ވަސް ދުވާ މައްސަލައަށް ނިމުމެކެވެ.

"ދަ ބޭކަރީ ޕްރިންސެސް - ހެއާ އެންޑް ބޮޑީ" މިސްޓަކީ ޚާއްސަ ގޮތެއްގައި، ގިނައިރު ވަންދެން އޭގެ މީރުވަސް ނުކެނޑި ހުންނާނެފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. ނަމަވެސް މި މިސްޓުގެ ޚާއްސަ ކަމަކީ އޭގައި ދުވާ މީރު ވަސް އެކަންޏެއް ނޫނެވެ. ހަންގަނޑަށް ފައިދާކުރަނިވި ކިތަންމެ ބައެއް އެކުލެވޭހެން އުފައްދާފައިވާ މި އުފެއްދުމަކީ ހަންގަނޑާއި އިސްތަށިގަނޑުގެ ދުޅަހެޔޮކަމާ ވެސް ގުޅިފައިވާ މިސްޓެކެވެ.

ހަތް ވައްތަރެއްގެ މަލަކުން އަމުނާލެވިފައިވާ ގުދުރަތީ ފައިދާ ކުރުވަނިވި ބައިތައް އެކުލެވޭހެން ތައްޔާރުކޮށްފައިވާ މި މިސްޓަކީ ގިނަ ވަގުތު މަސައްކަތުގައި އުޅެންޖެހޭ މީހުންނަށް، ތާޒާކަން ގެނުވައިދޭނެ ޖާދުލެކެވެ. މިގޮތުން ހަންގަނޑު ތެޔޮވުމާއި ދާހިތްލުމުން ދުރުކޮށްދީ، އިސްތަށިގަނޑުން ނުބައި ވަސްދުވުމަށް މެދުވެރިވާ އެންމެހާ ކަންކަމުން ދުރުކޮށްދިނުމަށް މި މިސްޓުން މުޙިންމު ދައުރެއް އަދާކުރެއެވެ.

އުމުރުން 13 އަހަރުން މަތީގެ ފަރާތްތަކަށް ބޭނުންކުރުމަށް އެކަށީގެންވާ މި މިސްޓަކީ އަންހެނުންނަށް ޚާއްސަ އުފެއްދުމެކެވެ. ހުރިހާ ވައްތަރެއްގެ ހަންގަނޑަކާއި އިސްތަށިގަނޑަކަށްވެސް އެކަށީގެންވާނެހެން ތައްޔާރުކޮށްފައިވާ މި މިސްޓަކީ ގެއްލުންހުރި ކެމިކަލާއި އެ ނޫން ވެސް އެފަދަ މާއްދާތައް އެކުނުލެވޭ މިސްޓެކެވެ.

އާދަކޮށް ކޮންމެ ފަހަރެއްގައި ވެސް، ފެންވަރައި ނިމުމަށްފަހު ވީހާވެސް އަވަހަށްކަށް މި މިސްޓް ބޭނުންކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. އެއީ ފެންވެރުމުން ހަންގަނޑާއި އިސްތަށިގަނޑުގައި ހުންނަ ތެތްކަމުގެ ތެރެއަށް މި މިސްޓުގެ މޮލިކިއުލްތައް ވަދެ ހިފެހެއްޓިގެންދިއުމާއެކު، ގިނައިރުވަންދެން އޭގެ ވަސް ނުކެނޑި ހުރުމަށް އެހީއަކަށް ވާތީއެވެ. ބޭނުން ނަމަ އެނޫން ވަގުތުތަކުގައި ވެސް މި މިސްޓް ބޭނުންކުރެވިދާނެއެވެ.

ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ މި ބޮޑީ މިސްޓު މިހާރު "ލިބޭ އޮންލައިން" އިން ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނައިރު، ރީޓެއިލްކޮށް މި އުފެއްދުމުގެ 100 އެމްއެލް ފުޅިއެއް ވިއްކަނީ 110 ރުފިޔާއަށެވެ.

މި ޕްރޮޑަކްޓް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް "ލިބޭ އޮންލައިން" އިން އެދެއެވެ. އަދި "ލިބޭ" ގެ ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން ވެސް އޯޑަރު ކުރެވޭނެ އެވެ. މި ޕްރޮޑަކްޓުތައް މާލެއިން ގަންނަ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.