ރާއްޖޭގައި ހުންނަ ހަމައެކަނި ހޮންޑާގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރ ޝީޝާއިން ހޮންޑާގެ 150ސީސީގެ ތަފާތު ސައިކަލެއް ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.

ޝީޝާ އިން ރާއްޖެއަށް ތައާރަފްކޮށްފައި ވަނީ ހޮންޑާ ވިނާ އެކްސް 150ސީސީ 2021ގެ މޮޑެލްގެ ސައިކަލެކެވެ.

މި ސައިކަލު މިހާރު ޝީޝާއިން ލިބެން ހުންނާނެއެވެ.

ޝީޝާ އިން ރާއްޖެއަށް ތައާރަފް ކުރި ސަތޭކަ ފަންސާހުގެ އާ ސައިކަލުުގެ އެކި ކުލަތައް ލިބޭނެ - ފޮޓޯ: ޝީޝާ

ޝީޝާއިން ބުނީ، ޝީޝާ އިން ވިނާ އެކްސްގެ ސައިކަލު ރާއްޖެ އެތެރެ ކުރަން ނިންމީ ވަރަށް ގިނަ ޒުވާނުންގެ އެދުމުގެ މަތިން ކަމަށެވެ. މި ސައިކަލާއެކު "ލޯންޗިންގ އޮފާރ" ގެ ނަމުގައި ހާއްސަ ޑިސްކައުންޓެއް މި މަހުގެ ނިޔަލެއް ދޭނެއެވެ. މި ސައިކަލުގެ އަސްލު އަގަކީ 85,600ރ. އެވެ. ނަމަވެސް ލޯންޗިންގ އޮފާރގެ ދަށުން 72,000ރ. އަށް އެއްފަހަރާ ފައިސާ ދައްކާ މީހުންނަށް މި ސައިކަލް މިހާރު ގަންނަން ލިބޭނެ ކަމަށާއި، ޝީޝާ އިން އިންސްޓޯލްމަންޓަށް ގަންނަ ފަރާތްތަކަށް މި އޮފާރ ގެ ދަށުން އިންސްޓޯލްމަންޓް ފަށާނެ އަގަކީ ވެސް 72,000ރ. ކަމަށް ޝީޝާއިން ބުންޏެވެ.

ވިނާ އެކްސް 150 ގެ މި ސައިކަލަކީ ޕާފޯމެންސް ރަނގަޅު، ހަ ގިޔަރުގެ އިންޖީނަކާއެކު އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ފަރުމާ ކުރެވިފައިވާ ސައިކަލެކެވެ. އޭގެ އިތުރުން މި ސައިކަލުގައި އެންޓި ލޮކް ބްރޭކިންގ ސިސްޓަމް (އޭބީއެސް)، ޑީއޯއެޗްސީ ލިކުއިޑް ކޫލިންގ ސިސްޓަމް، ޑިޖިޓަލް މީޓަރ އަދި ލެޑް ލައިޓް ސިސްޓަމެއް އަޅުވާފައިވެއެވެ.

ޝީޝާ އިން ރާއްޖެއަށް ތައާރަފް ކުރި ސަތޭކަ ފަންސާހުގެ އާ ސައިކަލު މިއީ ޒުވާނުން ވަރަށް ގަޔާވާ މޮޑެލްއެއް- ފޮޓޯ: ޝީޝާ


މި ސައިކަލަކީ
ރާއްޖޭގެ ގިނަ ބައެއް އިންތިޒާރު ކުރަމުން އައިމޮޑެލްއެއްގެ ސައިކަލެކެވެ.

ޒުވާނުން ވަރަށް ބޮޑަށް ގަޔާވާ، ވިނާ އެކްސް 150، 2021ގެ މޮޑެލްތަކަކީ ބަލާލަން ޗާލު، ދުއްވާލަން ވަރަށް އަރާމު އަދި ހަލުވި ސައިކަލުތަކެވެ. އަދި މިއީ ރައްޖޭގެ މަގުތަކަށް ހެޔޮވަރުގެ ސައިކަލުތަކެއްކަން ވެސް ފާހަގަކޮށްލެވެއެވެ.

150 ސީސީގެ މި ސައިކަލުގެ ލިބެންހުރި ކުލަތަކަކީ، ބްލެކް، ޓްރެކް ވާޝަން، ރެޑް ކަމޯ، ބްލެކް/ބްލޫ ކަމޯއެވެ.

ޝީޝާއަކީ ހޮންޑާ ސައިކަލުގެ އޮތޮރައިޒް ޑިސްޓްރިބިއުޓަ އަށްވުމާއެކު، އެ ކުންފުނިން މި ސައިކަލު ރާއްޖެއަށް އެތެރެކޮށްފައި ވަނީ ސީދާ ފެކްޓްރީ ޕެކިންގައިކަމުން މިއީ ކަސްޓަމަރުންނަށް ލިބިގެންދާނެ ހިތްހަމަޖެހުމެއްކަން ޔަގީނެވެ. އަދި ސައިކަލަށް އެއްވެސް ކަހަލަ ގެއްލުމެއް ނުލިބި، ކަސްޓަމަރުންނަށް ސައިކަލު ގެނެސްދިނުމުގެ ހިދުމަތަކީ ކުރިން ވެސް ޝީޝާއިން މެއިންޓެއިން ކުރާ ކަމެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ޝީޝާ އިން ރާއްޖެއަށް ތައާރަފް ކުރި ސަތޭކަ ފަންސާހުގެ އާ ސައިކަލު ގެނެސްފައި ވަނީ ސީދާ ފެކްޓްރީ ޕެކިންގގައި- ފޮޓޯ: ޝީޝާ

ހޮންޑާ ބްރޭންޑްގެ އެންމެ ފަހުގެ ސައިކަލުތައް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ވިއްކަމުންދާ ޝީޝާގެ އައުޓްލެޓްތައް މާލެ، ހުޅުމާލެ، އައްޑޫ ސިޓީ ހިތަދޫ، ކުޅުދުއްފުށި ސިޓީ، ލ.ގަން، ފުވައްމުލަށް ސިޓީ، ގދ.ތިނަދޫ އަދި ގއ.ވިލިނގިލީގައި ހުރެއެވެ.

ޝީޝާއިން ބުނީ، HONDA.MV ވެބްސައިޓަށް ޒިޔާރަތްކޮށްގެން ސައިކަލުގެ ސްޕެސިފިކޭޝަންއާއެކު ކްލޯޒްއަޕް ފޮޓޯތައް ވެބްސައިޓް މެދުވެރިކޮށް ފެނިގެންދާނެ ކަމަށެވެ.