އޮޅުވާލައިގެން މަކަރާ ހީލަތުން ފައިސާ ހޯދުމަށް ކުރާ ކަންތައްތަކަށް ކަސްޓަމަރުން ހޭލުންތެރިކުރުވުމަށް ބީއެމްއެލް އިން ހިންގާ "ސަމާލުވޭ" ކެމްޕެއިންގެ ދަށުން، އާންމުންނަށް ބައިވެރިވެވޭ ގޮތަށް ވީޑިއޯ ހުށަހެޅުމުގެ މުބާރާތެއް މިއަދު ހުޅުވާލައިފިއެވެ.

މި މުބާރާތަށް ހުށަހަޅާ ވީޑިއޯ އަކީ މިފަދަ ކަންކަމާ ގުޅޭ ގޮތުން ހޭލުންތެރިކުރަމުގެމެސެޖެއް ހިމެނޭ ވީޑިއޯއަކަށް ވާންޖެހޭ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

ބީއެމްްއެލްއިން ބުނީ މިއަދުން ފެށިގެން ހަތަރު ހަފްތާގެ މުއްދަތަށް ޓިކްޓޮކްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އެކި ވަނަ ވަނައަށް އަންނަ ފަރާތްތަކަށް އިނާމު ކަނޑައެޅިފައިވާ ކަމަށެވެ.

އެގޮތުން ކޮންމެ ހަފްތާއަކުވެސް ހުށަހަޅާ ވީޑިއޯތަކުގެ ތެރެއިން އެންމެ ގިނަ މީހުން ބެލި ވީޑިއޯ، އެންމެ ގިނަ ލައިކްސް އަދި ޝެއަރސް (ދެބައި އެއްކޮށް) ގެ އިތުރުން ޖަޖިން ޕެނަލް އަށް އެންމެ ކަމުދާ ވީޑިއޯ ހޮވުމަށް ހަމަޖެހިފައިވާ ކަމަށާއި ފުރަތަމަ ތިން ހަފްތާގެ ތެރެއިން ކޮންމެ ހަފްތާއަކުވެސް މި ވަނަ ތަކަށް ހޮވޭ ކޮންމެ ވީޑިއޯ އެއް ހުށަހަޅާ ފަރާތަކަށް 5000 ރުފިޔާ ގެ ގިފްޓް ކާޑެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި ހަތަރު ވަނަ ހަފްތާގައި ހުށަހަޅާ ވީޑިއޯތަކުގެ ތެރެއިން ވަނަތަކަށް ހޮވޭ ވީޑިއޯތައް ހުށަހަޅާ ފަރާތަކަށް 10،000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްްއެލްއިން ބުންޏެވެ.

މުބާރާތުގައި ބައިވެރިކުރާ ވީޑިއޯ ވާން ޖެހޭނީ 15 ސިކުންތު ނުވަތަ 30 ސިކުންތު ދިގުމިނުގެ ވީޑިއޯ އަކަށެވެ.

މުބާރާތާ ބެހޭ އިތުރު މައުލޫމާތު ބޭންކް ވެބްސައިޓް އިން ލިބޭނެއެވެ.

ޅ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝީޒާ

    ކުރާނެ ކަމެއް ނޭނގިގެން މޮޔަވަނީ. ކަމެއް ކުރަންޏާ އައްޑޫ ސިޓީ ހިތަދޫ ބޭންކްގަ އެއުޅޭ ހޮޅި އިމްރާން ސޯލިޚް މަގާމުން ދުރުކޮށް ތަންކޮޅެއް ހަރުދަނާ މީހަކު އެމަޤާމަށް އައްޔަން ކޮށްބަލަ.