ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްލާމިކް ފައިނޭންސިން ހޯދުމަށް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިފިއެވެ.

ބީއެމްއެލް އިން ވިދާޅުވީ ފައިނޭންސް ހޯދުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހެޅުމުގެ ޝަރުތުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.

މިހާރު ލުއި އެކްސްޕްރެސް ލޯނު ނަގާފައިވާ ފަރާތްތަކަށްވެސް ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެ ކަމަށާއި މިބަދަލާއެކު، ކަސްޓަމަރުންނަށް މުސާރައިގެ ފަސް ގުނަ އާ ހަމައަށް ފައިނޭންސިން އަށް އެދި ހުށަހަޅެމުގު ފުރުސަތު ލިބިގެންދާނެ ކަަމަށް ބީއެމްއެލް އިން ވަނީ ހާމަކޮށްފައެވެ.

މި ބަދަލާއެކު ފައިނޭންސިން އަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަސް ތެރޭގައި ކަސްޓަމަރަށް މުދާ ލިބޭނެއެވެ.

"މިއަދުގެ މި ގެނެވުނު ބަދަލުން ދައްކުވައިދެނީ ބޭންކުން ކަސްޓަމަރުންގެ ބޭނުންތައް ފުރިހަމަކުރުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތް. ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށް މިހާރު ރީޓެއިލް އަދިއިސްލާމިކް ފައިނޭންސިންގެ ބޭނުންކުރުމުގެ ފުރުސަތު މިވަނީ ފަހިވެގެންގޮސްފައި." ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ ޓިމް ސޯޔާ ވިދާޅުވިއެވެ.

އޮންލައިން ކޮށް ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެއެވެ. މިގޮތުން އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ނުވަތަ ބޭންކުގައި ރަޖިސްޓްރީ ކޮށްފައިވާ އީމެއިލްއަކުން އަށް އީމެއިލް މެދުވެރިކޮށްވެސް އެދި ހުށަހެޅޭނެއެވެ.