މީޑިއާނެޓުގެ 16 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން އެމްއެސްޓީވީގެ ނަމުގައި އެންޑްރޮއިޑް ޓީވީ އެޕްލިކޭޝަނެއް ތައާރަފު ކޮށްފިއެވެ.

އެމްއެސްޓީވީ މެދުވެރިކޮށް ޓިވީ ޗެނަލްތައް ބަލާލުމުގެ އިތުރުން ވީޑިއޯ އޮން ޑިމާންޑު ލައިބްރަރީގެ ކޮންޓެންޓުތައް ބަލާލެވޭނެ އެވެ. އެގޮތުން ލަމްސް ކިޗަން، މަރިޔަމް އަދި ރޫމީ އާ ޖަންނަތު ފަދަ މީޑިއާނެޓުގެ އޮރިޖިނަލް އުފެއްދުންތައް ވީޑިއޯ އޮން ޑިމާންޑު ކޮންޓެންޓު ލައިބްރަރީ އިން ބަލާލެވޭނެ ކަމަށް މީޑިއާނެޓުން ބުންޏެވެ.

މީޑިއާނެޓުން ބުނީ، އެމްއެސްޓީވީ ޗެނަލްތައް ބެލުމަށް ޑީކޯޑަރެއް ބޭނުން ނުވާނެ ކަމަށެެވެ. މި ޗެނަލްތައް ބަލަން ބޭނުންވާ ކަސްޓަމަރުންގެ އެންޑްރޮއިޑް ޔޫއެޗްޑީ ޓީވީ އަށް އެޕްލިކޭޝަން ޑައުންލޯޑު ކޮށްގެން ބެލޭނެެއެވެ. މި އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި އެމްއެސްޓީވީ އަށް ބަދަލު ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެކައުންޓުތައް ބަދަލު ކޮށްދޭނެ ކަމަށް މީޑިއާނެޓުން ބުންޏެވެ.

އެމްއެސްޓީވީ އަށް ރެޖިސްޓާ ކުުރުމަށް http://mstv.medianet.mv/ އަށް ޒިޔާރަތްކޮށް އެޕްލިކޭޝަން ފުރިހަމަ ކުރަން ޖެހޭނެއެވެ. މިޑިއާނެޓުގެ ފައިބާ ކަނެކްޝަން ގުޅައިދީ އެޕްލިކޭޝަން ފުރިހަމަ ކުރުމަށް މީޑިއާ ނެޓުގެ ޓެކްނީޝަނުން ކަސްޓަމަރުންގެ ގެއަށް ދާނެއެވެ. ކަނެކްޝަން ގުޅައިދިނުމަށް މިވަގުތު އެއްވެސް ފީ އެއް ނުނަގާނެ އެވެ.

މީޑިއާނެޓުގެ އެމްއެސްޓީވީން ހަތަރު ދުވަހުގެ ކުރީގެ ކޮންޓެންޓު ބެލުމުގެ ފީޗާ އާއެކު ރިމައިންޑާ ސެޓްކޮށް، ޕްލޭ، ޕޯސް، ރިވައިންޑް ފީޗާ އަދި މޮޒެއިކް ފީޗާ ވެސް ހިމެނެއެވެ.

މީޑިއާނެޓުން އަބަދުވެސް ގެންދަނީ ކަސްޓަމަރުންނަށް އެންމެ ރަނގަޅު ކޮންޓެންޓާއި ފީޗާތައް ގެނެސްދިނުމަށެވެ. އަދި އެންމެ ފަހުގެ އެންމެ ރަނގަޅު ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް މީޑިއާނެޓުން އަބަދުވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    ހަމައެކަނި މާލެއަށް ދޯ

    2
    2
  2. އަޙްމަދު

    ވަރަށް ފައްކާ، އެޕަލް ޓީވީ އަށް ވެސް ތި އެޕްލިކޭޝަން ހެދި ނަމަ އަދި މާ ބޮޑަށް ފައްކާވީސް. އުއްމީދު ކުރަން ކުރިއަށް އޮތްތާގައި ތި އެޕް، އެޕަލްޓީވީ ގައި ބޭނުން ކުރެވޭނެކަމަށް.