ފަސޭހަ ރީޗާޖު ރޯދަ ޕްރޮމޯގެ އެއްވަނަ ނަސީބުވެރިޔާ ހޮވައިފިއެވެ.

އެއްވަނަ އިނާމަކަށް ވަން ޕްލަސް ގެ އެންމެ ފަހުގެ ފޯނު ވަން ޕްލަސް 6 ގެ 128 ޖީބީގެ ފޯނެއް ހުށައެޅިފައިވާއިރު އެ ޕްރޮމޯޝަންގެ ނަސީބުވެރިފަރާތް ރޭ ވަނީ ހޮވައިފައެވެ. އަދި ނަސީބުވެރިޔާއަށް ހައްގު ވަން ޕަލަސް 6 ފޯނު ވަނީ މިރޭ ހަވާލުކުރެވިފައެވެ.

ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 30 ވަނަ ދުވަހާއި ދެމެދު "ފަސޭހަ ރީޗާޖް" މެދުވެރިކޮށް 200 ރުފިޔާއަށްވުރެ މަތީގެ އަދަދަކުން ރީޗާޖް ކޮށްފިނަމަ ނުވަތަ އެއަށްވުރެ މަތިން މޯބައިލް ބިލަކަށް ފައިސާ ދައްކައިފި ނަމަ އޮޓޮމެޓިކުން ބައިވެރިވެވޭ އެ ޕްރޮމޯޝަން އެއްވަނަ ނަސީބުވެރިއަކަށް ހޮވިފައިވަނީ ރ.މާކުރަތު، މާލިތަ، އަލީ އިއުދާމް އެވެ.

"ވަގުތު" އަށް ދިން އިންޓަވިޔުއެއްްގައި އިއުދާމް ބުނީ ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުނުކަން އެނގުނީ ފަސޭހަ ރީޗާޖުން ގުޅުމުން ކަމަށާއި ކުރިން ޕްރޮމޯޝަންއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. އަދި ފަސޭހަ ރީޗާޖުގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވާ ކަމަށާއި ބޭނުން ކޮންމެ ގަޑިއަކު އެތަކެއް ހިދުމަތެއް އެއް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭ ކަމަށް އޭނާ ބުންޏެވެ.

"ކުރިއަކުން ނޭނގެ މިއީ ކޮން ޕްރޮމޯޝަނެއް ކަމެއްވެސް. ޕްރޮމޯޝަންގެ ނަސީބުވެރިއަކީ އަހަރެން ކަން އެނގުނީ އެކަމަށް ފަސޭހަ ރީޗާޖުން ގުޅީމަ. ވަރަށް ބޮޑު ސަޕްރައިޒް އެއް އަސްލު ލިބުނީ. ދެން ފަސޭހަ ރީޗާޖުގެ ސަބަބުން ވަރަށް ފައިދާވޭ. ބޭނުން ކޮންމެ ގަޑިއަކު ރީލޯޑް އަދި ރާސްޓަސްއާއި އެނޫންވެސް އެތަކެއް ހިދުމަތެއް އެއް އެޕްލިކޭޝަނަކުން ލިބޭ" އިއުދާމް ބުންޏެވެ.

އިއުދާމް އާއި ފޯނު ހަވާލުކުރީ ފަސޭހަ ރީޗާޖުގެ މާކެޓިން ހެޑް އަހުމަދު އާދަމްއެވެ.

އަދި 2 ވަނަ އިނާމުގެ ގޮތުގައި ދިނުމައް ހަމަޖެހިފައިވާ 500 ރުފިޔާ އަދި 3 ވަނަ އިނާމުގެ ގޮތުގައި ދިނުމައް ހަމަ ޖެހިފައިވާ 300 ރުފިޔާގެ އިނާމު ވަނީ ނަސީބުވެރިން އަށް ހަވާލު ކުރެވިފައެވެ.

ފަސޭހަ ރީޗާޖް އަކީ ގިނަބައެއްގެ މެދުގައި މަގުބޫލް އެޕްލިކޭޝަނެކެވެ.