ގދ. ފަރެސްމާތޮޑާ އިން އިތުރު 10 މީހަކު ކޮވިޑްް-19 އަށް ފައްސިވެއްޖެ އެވެ.

ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިރޭ ނެރުނު ތަފާސްްހިސާބުތައް ދައްކާގޮތުން އެރަށުން މިއަދު 10 މީހަކު ކޮވިޑަށް ފައްސިވެފައެވެ. މިއާއެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 39 އަށް އަރާފައެވެ.

އޭގެ ތެރެއިން ހަތަރު މީހަކު ބަލިން ރަނގަޅުވެފައިވާއިރު، 35 މީހަކަށް މިހާރުވެސް ފަރުވާދެމުން އެބަ ދެއެވެ.

"ވަގުތު" އަށް މައުލޫމާތުލިބިފައިވާ ގޮތުގައި ފަރެސްމާތޮޑާއިން ކޮވިޑްގެ ގިނަ ވޭދަނަތަކެއް ފެންނަން ފެށީ މާލެއިން ދަތުރުކުރާ ބޯޓެއްގެ މީހަކު ކޮވިޑަށްް ފައްސިވި ފަހުންނެވެ. އޭގެ ފަހުން އެ ބޯޓުގެ އިތުރު މީހުންތަކެއް ވެސް ފައްސިވިއެވެ. އަދި ރަށުގެ ގިނަަ އަދަދެއްގެ މީހުން ވަނީ ކަރަންޓީނުގައެވެ.

ފަރެސްމާތޮޑާ އިން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ފައްސިވެފައިވާއިރު، އެ އަތޮޅު ވާދޫން 19 މީހަަކު ފައްސިވެފައި ވެއެވެ. އަދި އެ އަތޮޅު ގައްދޫން 53 މީހަކު ފައްސިވެފައި ވެއެވެ. އަދި ތިނަދޫން 292 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.

އެހެންކަމުން މުޅި ގދ. އަތޮޅުން ޖުމްލަ 394 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 192 މީހަކަށެވެ.

އެ އަތޮޅުން ކޮވިޑް ޖެހުނު މީހަކު ދާދި ފަހުން ވަނީ ނިޔާވެފައެވެ. އެއީ ގދ. ތިނަދޫއަށް ނިސްބަތްވާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު