ސޮއްޓިބިޒް އިން ގޯޕްރޯ ހީރޯ9 އަގުހެޔޮކޮށްފިއެވެ.

މި ބަދަލާއެކު މިހާރު އެ ފިހާރައިން ގޯޕްރޯ ހީރޯ 9 އެންމެ 8،000ރ. އަށް ލިބޭނެ އެވެ.

މިއީ މިވަގުތު ރާއްޖޭގެ ބާޒާރުގައި ހީރޯ 9ގެ އެންމެ ހެޔޮ އަގުކަން ފާހަގަކޮށްލަން ޖެހެއެވެ.

ގޯޕްރޯއަކީ މޫދު ކުޅިވަރު ކުޅޭ މީހުންނާއި "ވްލޮގް"ތައް ހަދާ މީހުންގެ އިތުރުން ޑައިވް ކުރާ މީހުންނާއި ޑްރޯން ފޮޓޯ ނަގާ މީހުންގެ އެންމެ ގާތް އެކުވެރިޔާއެވެ. ގޯޕްރޯ ހީރޯ9އަކީ ގޯޕްރޯއިން އެންމެ ފަހުން ދުނިޔޭގެ ބާޒާރަށް ނެރުނު އުފެއްދުމެވެ. މި ގޯޕްރޯ ބާޒާރަށް ނެރުމާއެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ވަނީ ލިބިފައެވެ.

ގޯޕްރޯ ހީރޯ9 ބޭނުންކޮށްގެން 5ކޭ ކޮލިޓީގެ ވީޑިއޯ ނެގޭނެއެވެ. މި ކެމެރާ ބޭނުންކޮށްގެން މޫދު އަޑީގައިވެސް ހައި ރިޒޮލިއުޝަންގައި ފޮޓޯއާއި ވީޑިއޯ ނެގޭނެއެވެ. މީގެ އިތުރުން މި ގޯޕްރޯގައި އެހެން ގޯޕްރޯތަކާއި ހިލާފަށް ނައްޓާލެވޭ ލެންސް ކަވާއެއްވެސް ހުންނާނެއެވެ.

ހީރޯ9ގެ ޑިސްޕްލޭވެސް އެހެން ގޯޕްރޯތަކާއި އަޅާ ބަލާއިރު ބޮޑުވާނެއެވެ. އަދި ފަސޭހައިން ފޯނާއި ކަނެކްޓުވެ އެޕްލިކޭޝަން މެދުވެރިކޮށް ގޯޕްރޯ ކޮންޓްރޯލް ކުރުންވެސް ފަސޭހަވާނެއެވެ. އަދި މި ގޯޕްރޯގައި ހުންނަ ފިތްތައް އެހެން ގޯޕްރޯތަކާ އަޅާ ބަޅާއިރު ބޮޑުވުމުގެ ސަބަބުން އަންގި ލައްވައިގެންވެސް އޮޕަރޭޓު ކުރަން ފަސޭހަވާނެއެވެ.

ސޮއްޓިބިޒް އިން ގޯޕްރޯގެ އިތުރުން އޭގެ އެކްސަސަރީޒް ވެސް ލިބެން ހުންނާނެއެވެ. އެގޮތުން، މި ގޯޕްރޯތަކަށް ހާއްސަ ކަވަރު 1500ރ. އަށް އެ ފިހާރައިން ލިބެން ހުންނައިރު ގޯ ޕްރޯއަށް ހާއްސަ އެސްޑީ ކާޑު އެންމެ 750ރ. އަށް ލިބެން ހުންނާނެއެވެ.

ގޯޕްރޯއަށް ހާއްސަ އެސްޑީ ކާޑަކީ އާއްމުކޮށް ކެމެރާތަކުގައި ބޭނުން ކުރާ ކާޑުތަކާ ތަފާތު ކާޑެކެވެ. އާއްމުކޮށް ބޭނުން ކުރާ ކާޑުތަކުން ހައި ކޮލިޓީގެ ވީޑިއޯ ފަސޭހައި ނެގުނު ނަމަވެސް ސޭންޑިސްކް އެކްސޓްރީމް ކާޑު ބޭނުންކޮށްގެން 4ކޭ ރިޒޮލިއުޝަންގައި ވީޑިއޯ ނަގާލެވޭނެއެވެ. ގޯޕްރޯ 9 އަކީ 5ކޭގައި ވީޑިއޯ ނެގޭ ކެމެރާއަކަށްވުމުން މި ކާޑަކީ އެފަދަ ކެމެރާތަކަށް އެންމެ ގުޅޭ ކާޑެވެ.

މި ކާޑުތަކުގެ ސްޕީޑުވެސް އެހެން ކާޑުތަކާ އަޅާބަލާއިރު ވަރަށް ފާސްޓެވެ. އެގޮތުން، ސިކުންތެއްގެ ތެރޭގައި 160 އެމްބީ މި ކާޑުން ރީޑު ކޮށްދޭނެއެވެ. އަދި ސިކުންތެއްގެ ތެރޭގައި 90 އެމްބީ ރައިޓުކޮށްދޭނެއެވެ.

ސޮއްޓިބިޒް އިން ގޯޕްރޯ ހީރޯ9 އާއި އޭގެ އެކްސަސަރީޒް ގަންނަން ބޭނުންވާ މީހުންނަށް އެމްއެފްއެލްސީ މެދުވެރިކޮށްވެސް ގަނެވޭނެއެވެ. އަދި ކޮންމެ ރަށެއްގައި ހުރެގެންވެސް އެ ފިހާރައިން ތަކެތި ގަނެވޭނެއެވެ. މިގޮތަށް ސޮއްޓިޒްއިން ވިޔަފާރި ކުރުމުން ކަސްޓަމަރު ބުނާ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެއެވެ.

އެ ފިހާރައިން ތަކެތި ގަންނަން ބޭނުންވާ މީހުންނަށް 7750004 ނުވަތަ 7449955އަށް ގުޅައިގެން އޯޑަރު ކުރެވޭނެއެވެ.

ސޮއްޓިބިޒް ފިހާރަ ހުންނާނީ ޗާންދަނީ މަގު، ޖަލާލުއްދީން މިސްކިތް ކުރިމަތީގައެވެ.