ދިވެހިންގެ ކެއުމުގެ އާދަތައް އޮންނަ ގޮތުން ބަނޑެއްލުމަކީ އާއްމު ކަމެކެވެ. އަހަރެމެންގެ ތެރެއިން ކޮޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަ ހަށިގަނޑު ރީއްޗަށް ބެހެއްޓުމަށް ބޭނުންވާ ބައެކެވެ. ބަނޑެއް ލުމުން ހިކެން ބޭނުންވެއެވެ. ނަމަވެސް ގިނަ ފަހަރަށް ބަނޑު ހިންދަން މަސައްކަތް ކުރަނީ ބޮޑު ބަނޑެއް ލާފަހުންނެވެ. ބަނޑާ ހެދި މީހާއަށް އެކި އުނދަގޫތައް ވާން ފެށުމުންނެވެ. މި ބަނޑު ހިންދަން އެކި މީހުން ދަތުރު ކުރަނީ އެކި މަގުންނެވެ. ހިޔާރު ކުރަނީ އެކި "އޮޑި"އެވެ. ހިކެން އެއްބަޔަކު ޖިމްއަށް ދެއެވެ. އަނެއްބަޔަކު ކަރަސްތަަށް ނިކުމެއެވެ. އެކަމަކު މި ދެމަފިރުން އެކުުގައި މަހެއް ތެރޭ ބޮޑު ތަފާތެއް ދައްކުވާދިނީ ގޭގައި ތިބިގެންނެވެ. އަނގަޔަށް މީރު ލޭންސްލޭ "ހޮޓް ޗޮކްލެޓް" ބޮއެގެންނެވެ.

ލިބޭއިން ރީޓެއިލް ކުރާ ލޭންސޭ ކޮފީގެ ބަދަލުގައި މި ދެމަފިރިންނަށް މީރުވީ ހޮޓް ޗޮކްލެޓެވެ. ހޮޓް ޗޮކްލެޓް ބޭނުން ކުރާތާ މަހެއް ވީއިރު މި ދެމަފިރިންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. ދެ ލޯ ކުޑަވާ ވަރަށް ކޮލަށް އަރާފައިވާ މަސްތައް ހިނދި މޫނުމަތީގެ ބައްޓަން ރީތިވިއެވެ. ފުފި އަރާފައިވާ ބަނޑު ވަރަށް ބޮޑަށް ހިނދުނެވެ. ދަތްދޮޅި އާއި ކަރު ވަކިނުކުރެވޭވަރަށް އަރާފައިވާ މަސްތައްވެސް ދިޔައެވެ. ގޭގައި ތިބެގެން މަހެއް ތެރޭގައި ކުރި މި ދަތުރުން ލިބުނު ފޮނި ނަތީޖާ އެ ދެމަފިރިން "ވަގުތު" އާ ހިއްސާކުރިއެވެ. ސަރުކާރުގެ އިސް މަގާމެއް ފުރުވަމުންދާ މި ދެމަފިރިން މި ވާހަކަތައް ހިއްސާ ކުރީ ނަން ނުޖެހުމަށް ޝަރުތުކޮށެވެ.

އެތަނުން އެކަކު ކިޔައިދިން ގޮތުން ފިރިމީހާގެ ބަނޑާއި އޭނާގެ ބަނޑުު ހުރީ އެއްވަރަކަށެވެ. ގާތުގައި ތިބޭއިރު "ބަނޑުބޮޑީ ކާކުކަން އޮޅޭނެ ކަމަށް" ބުންޏެވެ. ވިހައިގެން ދެއަހަރު އަހަރެއް ވީއިރުވެސް އޭނާގެ ބަނޑު ނުހިނދި، ދުވަހެއް ދުވަހަށް ހަށިގަނޑު ބިޔަވަމުން ދިޔަ ކަމަށްވެއެވެ. ނަމަވެސް އެކަމަށް އޭރު އެއްވެސް ފަރުވަލެއް ނެތެވެ. ދެ މީހުންނަށް ރަނގަޅު އާމްދަނީއެއް ލިބޭތީ އެކި އެއްޗެހި އޯޯޑަރުކޮށްގެން ގެނެސް ކައި އުޅެއެވެ. ކެއުމުގައި ހައްދެއް ނޯންނަ ކަމަށްވެއެވެ. މަހަކަށް ފަހު މަހެއް ދިޔައީ ހަށިގަނޑު ބިޔަވެ، ބަނޑު ބޮޑުވަމުންނެވެ. އެކަމަކު ހިކެން އެއްވެސް ހިޔާލެއް ފިކުރެއް އޭރު ނުގެންގުޅެއެވެ.

ލޯބިން ދުވަސްތައް ގުނަމުން ދިޔަ މި ދެމަފިރިންގެ ހަށިގަނޑު ބިޔަވެ އާދަޔާ ހިލާފަށް ފަލަވުމުން އެކި އުނދަގޫތަކާއި ކުރިމަތިލާން ފެށީ މިއަހަރުގެ މާޗް މަހުން ފެށިގެން ކަމަށްވެއެވެ. އޭނާ ކިޔައިދިން ގޮތުން އެ އުނދަގޫތައް ވާން އެންމެ ފުރަތަމަ ފެށީ ދެމަފިރިކަމުގެ ގުޅުން ހިންގަން އުޅޭއިރުއެވެ.

އެ ހިސާބުން ދެމަފިރިން ހިކެން އަޒުމް ކެނޑައެޅިއެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޖިމްތައް ހުރީ ބަންދުކޮށްފައެވެ. ހަލުވިކަމާއެކު މި ބަލިމަޑުކަން ފެތުރެމުން ދާތީ ކަސްރަތަށް ދިއުންވެސް ރައްކާތެރި ނުވުމުން ގޭގައި ތިބިގެން ހިކޭނެ ގޮތަކާއި މެދު އެ ދެމަފިރިން ވިސްނަމުން ދިޔައެވެ.

ލިބޭގެ ހޮޓް ޗޮކްލެޓްގެ ހަބަރެއް އެ ދެމަފިރުންގެ ލޮލުގައި އަޅައިގަތީ ނިމި ދިޔަ ރޯދަމަހުގެ ތެރޭގައެވެ. އަޖުމަ ބަލާލުމަށް އޭގެ ދެތިން ފޮށި ގަނެގެން ބޭނުން ކުރަން ފެށީ ކަމަށް އެކަކު ކިޔައިދިނެވެ. ބަނޑުހައިވާ އިރަށް ހޮޓް ޗޮކްލެޓެއް ގިރައިގެން ބޯ ކަމަށް ވެއެވެ. އެހެން ގޮސް ހޮޓް ޗެކްލެޓް އެކަނި ބޭނުން ކުރާތާ ހަފްތާއެއް ވެގެން ދިޔައިރު ހަށިގަނޑަށް ވަރަަށް ބޮޑު ލުޔެއް ލިބިގެން ދިޔަކަން އޭނާ ފާހަގަކުރިއެވެ.

"އަޅުގަނޑުމެން ދެމީހުން ހޮޓް ޗޮކްލެޓް ގަނެފައި ނިންމީ އަޖުމަ ބަލާލަން އެ ބޯން މަހެއް ވަންދެން. ހަފްތާއެއް ނުވަނީސް އަޅުގަނޑަށް ހާދަ ބޮޑު ލުޔެއް ލިބުނޭ. ފިރިމީހާ ވެސް މުޅިން ބަދަލުކޮށްލައިފި. ދެ މީހުން ވާދައަށް ހިކެން މަސައްކަތް ކުރީ. އަޅުގަނޑު މި ބޭނުން ކުރަން ފެށިއިރު ހުރީ 117 ކިލޯ. ފިރިމީހާ ހުރީ 124 ކިލޯ." އޭނާ ބުންޏެވެ.

ފުރަތަމަ ހަފްތާ ތެރޭ 2.4 ކިލޯ އޭނާ ހިއްކާލިއިރު ފިރިމީހާ ހަތަރު ކިލޯ ހިއްކާލި ކަމަށްވެއެވެ. މި ބަދަލުތައް އަންނަން ފެށުމުން އެ ދެ މަފިރިންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އަދި އެ ޑައިޓް ހުއްޓާ ނުލާ މަހެއްވަންދެން ކުރިއަށް ގެންދިޔައެވެ.

އެއްމަސްވިއިރު 124 ކިލޯއިން ފިރިމީހާ 110 ކިލޯއަށް ލުއިކޮށްލި ކަމަށްވެއެވެ. އެއީ ޖުމްލަ 14 ކިލޯއެވެ. އަނބިމީހާ 117 ކިލޯއިން 105 ކިލޯއަށް ހިއްކާލިއެވެ. އެއީ ޖުމްލަ 12 ކިލޯއެވެ.

ލޭންސްލޭ ކޮފީއާއި، ހޮޓް ޗޮކްލެޓްއަކީ އެހެން ބައެއް ޑައެޓް ޕްރޮޑަކްޓުތަކާ ޚިލާފަށް، ހަށިގަނޑަށް ފައިދާ ކުރަނިވި އެތައް ބައިތަކެއް އެކުލެވޭ އަދި ސިއްހަތަށް ގެއްލުން ނުވާނެ ގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. އަދި މި އުފެއްދުމުން ހަށިގަނޑުގެ ހަންގަނޑު އޮމާންވެ ޒުވާންކަން ދަމަހައްޓައި ދިނުމަށް ވެސް އެހީވާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އާދަކޮށް ކޮންމެ ދުވަހަކު މެންދުރާއި ރޭގަނޑު ކެއުމުގެ 20 މިނެޓު ކުރިން "ލޭންސްލޭ - ސްލިމިންގް ކޮފީ" ނުވަތަ "ލޭންސްލޭ ހޮޓް ޗޮކްލެޓް" ތައްޓެއް ބުއިމަކީ އެދެވިގެންވާ ގޮތެވެ. އެކި މީހުންނަށް މައްސަލަތަކާއި ކުރިމަތިވެފައިވާ މިންވަރަށް ބަލައި، މި މިންގަނޑު ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. ދިވެހިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ލޭންސްލޭ ކޮފީ އަދި ހޮޓް ޗޮކްލެޓް 9759452 އަށް ގުޅައިގެން އޯޑަރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ލިބޭގެ ޕޭޖްގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގެ ފިހާރަތަކުން ވެސް މި ކޮފީ ލިބެން ހުންނާނެއެވެ.