ކާތަކެތި ރައްކާކުރުމަށް ހާއްސަ "ކްލިއާ ބޭގްސް" ސޮއްޓި ބިޒް އިން ވިއްކަން ފަށައިފިއެވެ.

އާއްމުކޮށް ގޭގޭގައި ކާއެއްޗެހި ރައްކާ ކުރުމަށް ބޭނުން ކުރަނީ ތަކެއްޗާއެކު ފިހާރައިން ލިބޭ އާދައިގެ ޕްލާސްޓިކް ކޮތަޅެވެ. ނަމަވެސް މިފަދަ ކޮތަޅުތަކުގައި ކާއެއްޗެހި ރައްކާ ކުރުމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކާއެއްޗެހި ހަލާކުވެއެވެ.

ސޮއްޓިބިޒް އިން ވިއްކާ ކޮތަޅަކީ މިކަމަށް ލިބޭނެ ހައްލެކެވެ.

"ފުޑް ސޮޓޯރެޖް ބޭގް" އަކީ ގިނަ ދުވަހަށް ކާއެއްޗެހި ރައްކާކޮށްފައި ބެހެއްޓޭގޮތަށް ތައްޔާރުކޮށްފައިވާ ކޮތަޅެކެވެ. އެގޮތުން، މޭވާ އާއި ތަރުކާރީ ފަދަ ތަކެތި މި ކޮތަލަށް ލުމަށްފަހު ގޮށެއް ޖަހައި ބަންދު ކުރުމުން އޭގެ ތެރޭގައި ވައި ހިނގާލެއް މަދުވާނެއެވެ. މީގެ ސަބަބުން އޭގެ ތެރޭގައި ހުންނަ މޭވާ އާއި ތަރުކާރީ ތާޒާ ކަންމަތީގައި ގިނަ ދުވަހު ހުރެއެވެ.

ބައެއް ފަހަރު މޭވާ ނުވަތަ ތަރުކާރީގެ ބާވަތުން އާއްމުކޮށް ބޭނުންކުރާ ކޮތަޅުގައި އެތަކެތި ރައްކާކުރަން އުނދަގޫވެއެވެ. އެގޮތުން، ކަށިކެޔޮ، ރަންބުސްތާން އަދި ސައްކެޔޮ ފަދަ ތަކެތި އާދައިގެ ކޮތަޅަކަށް ލުމުން އޭގެ ހުންނަ ކަށިތަކުގެ ސަބަބުން ކޮތަޅު ހަލާކުވެއެވެ. ނަމަވެސް މި ކްލިއާ ބޭގްތައް ބޭނުންކުރުމުން ކަށި ހުރި ނަމަވެސް ކޮތަޅަށް އެއްވެސް ކަހަލަ ގެއްލުމެއް ނުވާނެއެވެ.

މި ކްލިއާ ބޭގްސްއަކީ ކާތަކެތި ރައްކާ ކުރުމުގެ އިތުރުންވެސް ތަފާތު ގިނަ ކަންކަމުގައި ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެގޮތުން، ފްރިޖުގެ ފިނި ކުރާ ބަޔަށް މަސް ރައްކާކުރަން ލުމާއި، ޑަސްބިން ކޮތަޅެއްގެ ގޮތުގައި ވެސް މި ކޮތަޅުތައް ބޭނުން ކުރެވިދާނެއެވެ.

އާއްމުކޮށް ފިނި ކުރާ ބަޔަށް މަސް ލާއިރު އާދައިގެ ކޮތަޅު ބޭނުން ކުރުމުގެ ސަބަބުން ފްރިޖުން މަސް ނައްޓަން އުނދަގޫވުން ފަދަ ކަންކަމާ ދިމާވެއެވެ. ނަމަވެސް މި ކޮތަޅަކީ ތަތްލުން ކުޑަ އެއްޗަކަށްވުމުން ފަސޭހަ ކަމާއެކު ފިނި ކުރާ ބައިން މަސް ނައްޓާލެވޭނެއެވެ.

ސޮއްޓިބިޒް އިން މި ކޮތަޅުގެ ރޯލެއް ވިއްކާނީ އެންމެ 100ރ. އަށެވެ. ކޮންމެ ރޯލެއްގައި 100 ކޮތަޅު ހިމެނޭނެއެވެ.

ސޮއްޓިބިޒް ހުންނާނީ ޗާންދަނީ މަގުގައެވެ. ގޭގައި ތިބެގެން އެ ފިހާރައިން ވިޔަފާރި ކުރަން ބޭނުންވާނަމަ 7449955އަށް ގުޅާލުމުން މާލޭގެ ކޮންމެ ތަނަކަށް ހިލޭ ޑެލިވަރީގެ ހިދުމަތް ދޭނެއެވެ.