އަތޮޅުތެރޭގައި ގެދޮރުއަޅަން %6 އިންޓަރެސްޓްގެ ލޯން ސްކީމެއް ތައާރަފްކޮށްފިއެވެ.

ސަރުކާރުން މިރޭ އިއުލާން ކުރި ލޯން ސްކީމްގެ ދަށުން އެންމެ ގިނަ ވެގެން ލިބޭނީ ހަތް ލައްކަ ރުފިޔާއެވެ. ކޮންމެ ރަށެއްގެ މީހަކަށް ވެސް މި ލޯން ސްކީމަށް ކުރިމަތިލެވޭނެއެވެ. ލޯނުގެ ކަންކަން ކުރިއަށް ގެންދާނީ އެޗްޑީއެފްސީ މެދުވެރިކޮށެވެ. ނަމަވެސް އެޕްލިކޭޝަންތައް ދިރާސާ ކުރާނީ އެޗްޑީއެފްސީ އާއި ހައުސިން މިނިސްޓްރީ ގުޅިގެންނެވެ.

ލޯނު ދެއްކުމަށް 15 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތެއް ލިބޭނެއެވެ. ލޯނު ދެއްކުމަށް ގްރޭސްޕީރިއަޑްގެ ގޮތުގައި 12 މަހާއި 15 މަހާއި ދެމެދުގެ މުއްދަތެއް ލިބޭނެއެވެ. ލޯނު ނެގުމަށް މަދުވެގެން ދެފަރާތް ބައިވެރިވާން ޖެހޭނެއެވެ.

ލޯނަށް އެދޭ ފަރާތުން ލޯނުގެ އަގަށް %20 ލާން ޖެހޭނެއެވެ. ނަމަވެސް އެއީ ކޮންމެހެން ބޭންކްގައި ހުންނަން ޖެހޭ ފައިސާއަށް ވާކަށް ނުޖެހޭނެއެވެ. އެއީ ބިމުގެ އަގު ނުވަތަ އިމާރާތް ކުރަން ހޯދާފައިވާ ތަކެތިން އަގު ކުރެވޭ އަދަދަށް ހެދިދާނެއެވެ.

މި ސްކީމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ، މި ލޯން ސްކީމްގެ އަމާޒަކީ އަތޮޅު ތެރޭގެ ރައްޔިތުން އެމީހުން ދިރިއުޅޭ ރަށެއްގައި ވަޒަންވެރިވެ ދިރިއުޅުމަށް އިހްތިޔާރު ކުރުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ބޯހިޔާވަހިކަން އަތޮޅު ތެރޭގެ ރައްޔިތުންނަށް ލިބިގަތުމަށް އެންމެ ބޮޑަށް ދަތިވާ އެއް ސަބަބަކީ ގެދޮރު އިމާރާތް ކުރުމުގެ ފައިސާ ފަސޭހަ ގޮތަކަށް ލިބެން ނެތުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ރާއްޖޭގެ ބޭންކްތަކުން ގެދޮރު އިމާރާތް ކުރުމަށް ދެމުންގެންދާ ލޯންތަކި ބޮޑު އިންޓްރެސްޓް ރޭޓެއްގައި ދެމުންއަންނަ ލޯންތަކެއް، އަތޮޅު ތެރޭގެ އިމާރަތް ކުރެވޭ ގެދޮރަކީ އޭގެ ކޮމާޝަލް ވެލިއު މާލެއާ އަޅާ ބަލާއިރު، ވަަރަށް ބޮޑުތަނުންވެސް ކުޑަ ތަންތަން".

އެހެންކަމުން އިމާރަތް ކުރުމަށް ނަގާ ލޯނަކީއަތް ފޯރާފަށުގައި އޭގެހަމަ އަގުގައި ލިބޭނެ ލޯނަކަށް ހަދަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ގެދޮރު އިމާރަތް ކުރަން މި ބޭނުން ކުރާ ލޯންތަކުގެ އިންޓަރެސްޓް ރޭޓް ކުޑަ ކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެބަ ޖެހޭކަން ގެދޮރު އިމާރާތް ކުރަން ބޭނުންވާ ލޯންތަކުގެ އިންޓަރެސްޓް ރޭޓް މިހާރު ހުރިވަރަަށްވުރެ މާބޮޑުތަނުންވެސް ތިރިވާން ޖެހޭ ކަން"،

އަސްލަމް ވިދާޅުވީ، މިއަދު ފަށާ ސްކީމްގައި ހާއްްސަ ވެގެން ދަނީ އަތޮޅު ތެރޭގެ ރައްޔިތުން، އަތޮޅުތަކުގައި ދިރިއުޅެ އެތަންތަން އާބާދުވެ ކުރިއަރާ ގޮސް މާލެއަށް ހިޖުރަ ކުރުމަށް މި އޮންނަ ޝައުގުވެރިކަން ކުޑަ ކުރުމަށް ކަމަށެވެ.

"އެއީ މިހާރު އާއްމު ގޮތެއްގައި ދޫކުރާ ހައުސިންގ ލޯންތަކުގެ އިންޓަރެސްޓަށްވުރެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކުޑަ މިންވަރެއް، އަޅުގަނޑުމެން މި އަމާޒު ކުރާ ލޯންތައް އަޅުގަނޑުމެން ގެޕް ކޮށްފައި ވާނެ ހަތް ލައްކަ ރުފިޔާއާ ހަމައަށް، އަަޅުގަނޑު ގަބޫލުކުރާގޮތުގައި މީހަކު އެމީހެއްގެ ދިރިއުޅޭނެ ގެ އިމާރަތް ކުރުމަށްޓަކައި ފަސް ލައްކަ ރުފިޔާ އާއި ހަތް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ރަނގަޅު ފެންވަރެއްގެ ބޯހިޔާ ވަހިކަމެއް ލިބިދާނެ".

އަސްލަމް ވިދާޅުވީ، މި ސްކީމަށް އަތޮޅު ތެރޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަށްވެސް ކުރިމަތިލެވޭނެ ކަމަށެވެ. އަދި ލޯނު ހޯދުމަށްޓަަކައި އާއި ލޯނަށް އެޕްލައި ކުރުމުގައި އެސްޑީއެފްސީން އެ މަސައްކަތް ކުރިއަށްގެންދާނެ ކަަމަށާއި، ޝަރުތުތައްވެސް ހުންނާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މީގެ ސަބަބުން އަތޮޅު ތެރޭގައި ވަޒީފާ އަދާ ކުރާ ޒުވާނުންނަށް އެ މީހުން ހަދަން ފަށާ ނުނިމި ހުރި ގެދޮރު ނިންމާލުމުގެ ފުރުސަތު ލިބިގެންދާނެއޭ.، އަލަށް އާބާދުވާން ބޭނުންވާ، އަދި އަލަށް ގެއެއް އިމާރަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފުޅާގޮތެއްގައި ލިބިގެންދާނެއޭ، އަދި އޭގެ އިތުރުން ގޭގެ އިމާރާތް ބާވެ އަލުން މަރާމާތުކޮށް އާ ކުރުމަށް ބޭނުންވާ ފަރާތްތަަށްވެސް އެފުރުސަތު ލިބިގެންދާނެ" އަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ހިންނަވަރު މީހާ

    ރަށުން ގޯތިގަނޑެއްވެސް ދޫކޮއްގެންތާ ތިޔަ ލޯނުގަނޑުވެސް ހޯދަން އުޅެވޭނީ.
    ގައިމު މިހާރު 15 އަހަރަށްވުރެން ގިނަ ވާނެ ގޯތިގަނޑެއް ދޫނުކުރާތާ.
    3-4 އާއިލާ އެއްފުރާޅެއް ދަށުގަ އުޅެން މިޖެހެނީ ދުވަހަކުވެސް އެއްގަލަކަށް ނާރާ..
    ބޮޑެތިވެފަ ތިބޭ ކުދިންވެސް ނިދަން މިޖެހެނީ މައިންބަފައިންނާ އެއްކޮޓަރިއެއްގަ.
    މިކަހަލަ މައްސަލަތަކާ ހެދި އަމިއްލަ ވަޒަނުގަ ކުއްޔަށް އުޅޭ އާއިލާތަކެއްވެސް މަދެއް ނުވާނެ.

  2. Anonymous

    މަ ވޯޓާ މެންނަށް ދޭން ތައްޔާރު ކުރި ހަދިޔާ.އަވަހަށް ނަގާ ރިޔާސީ އިންތިހާ ބަށް މާއާފް ކުރާނެ ލޯނެއް.

    2
    1
  3. ނާހަމަ ހަމަތެދެއް

    ހެޔޮނުވާނެ އެއްވެސް ކަމެއް ކުރާނެ ކަމެއް ނެތް އިސްތިއުފާދީފަ ފައިބާ ، އެއްވެސް ކަމެއްވާބައެއްނޫން ތީކީ ، ރައްޔިތުން ހަނާވެ ނިމިއްޖެ. ތިއުޅެނީ ބެންކުން ލޯނުނަގާމީހުން މަދުވުމުން ރައްޔިތުންގެ ބޮލުގައި ލޯނު އަޅުވަން ، ހެޔޮނުވާނެ ބެންކްލޯނެއްގައި އެޅެން ،

  4. ށޖދ

    އެއްމެ 6 ޕަސެންޓު ގުއި ދޯ

  5. މަޑަވެއްލޭ މީހާ

    މިއީ ފަރެސްމާތޮޑާމީހުން ގެއަޅަން ތައާރަފު ކުރާ އެއްޗެއް. އެހެން ރަށެއްގެ މީހެއް ކުރިމަތިލައިފިއްޔާ ޝަރުތު ހަމަނުވެޔޭ ބުނާނީ ފަރެސްމާތޮޑާ އެންމެންނަށް ލޯނުދީ ނިމުނީމަ ތިއީ ކޮންޗެއްކަމެއްވެސް އަސްލަމްއަކަށް ނޭގޭނެ. ތިއީ ކާޑެއްދޫ ތަރައްގީކުރަން ލި ބުނު ބަޖެޓުން ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީކިރަމުންދާމީހާ

  6. ާައަހުމަދު

    މާލެއަށް %13 އަތޮޅުތަކަށް %6 މީނަސްލީ ތަފާތުކުރުން، ޕްލޭނިންގ މިނިސްޓަރަކީ ނަސްލީ ތަފާތު ކުރުން ގެންގުޅޭމީހެއްބާ؟

    5
    1
  7. ޤާދިރު

    ތި ލޯނު ސުކީމަކީ ރާއްޖެތެރޭ ރައްޔިތުން ދަރަނި ދަންތުރައެއްގައި ޖެއްސުމަށް މަކަރުވެރި ރޭވުމެއްގެ ތެރެއިން ކުރާކަމެއް. ތިލޯނު ނަގަން ހެޔޮނުވާނެ. ތި ލޯނު ނަގާ މީހަކު ލޯނު އަދާކޮށް ނިމޭއިރު ނެގި 700000 ރުފިޔާގެ އިތުރަށް 363260 ރުފިޔާއާއި 503600 ރުފިޔާއާ ދެމެދުގެ އަދަދެއް ދައްކަން ޖެހެއެވެ. އެއީ %51.9 އާއި %71.9 އާ ދެމެދުގެ އަދަދެއް އިތުރު އެވަނީ. ބޮޑު އޮޅުވާލުމެއް

  8. ފީކަޅަ

    ކީއްވެތޯ %100 މުސްލިމް ޤައުމެއްގައި ރިބާގެ ދަންތުރައެއްގައި ރައްޔިތުން ޖައްސަން މަޖުބޫރުކުރަނީ. މަތްﷲގެ ހެޔޮ ރަހުމަތްފުޅާއިއެކު
    އަޅުގަނޑުމެން ދިވެހިންނަށްވެސް މިއަދު ރިބާގައި ނުޖެހި އިސްލާމިކް ފައިނޭންސިންގެ ދަށުން ގެދޮރު އިމާރާތްކުރެވޭނެ ފެސިލިޓީސްތައް އެބަހުރި. ދައުލަތުގެ ފައިސާއިން ކުޑަރޭޓެއްގައި ދޫކުރެވޭ ފެސިލިޓީސް ތަކަކީ އިސްލާމް ދީން ހުއްދަކުރާ އުސޫލްތަކާއި އެއްގޮތަށް ދެވޭ ޚިދުމަތްތަކެއް ކަމުގައި ވާންޖެހޭ. މީގެ ފަސްވަރަކަށް އަހަރުކުރިންވެސް ގެދޮރު ނުހެދިފައި ތިބިފަރާތްތަކަށް ދަޢުލަތުންވަނީ އިސްލާމިކް ފައިނެންސިނގް ފެސިލިޓީއެއްގެދަށުން ހަމަ އެޗް.ޑީ.އެފް.ސީ މެދުވެރިކޮށް ގެދޮރު އިމާރާތްކޮށްދީފަ. ކީއްވެތޯ މިފަހަރު ރައްޔިތުން ރިބާ ލޯން ނަގަން މަޖުބޫރު ކުރުވަނީ.

  9. ސީލާ

    ކީއްވެ ތަ ތި ޙަބަރު ލިޔުނު އިރު "އިންޓަރެސްޓް" މި ބަސް ބޭނުން ކޮށްފައި އެވަނީ.. ވަގުތު ނޫހަކީ މުޅިންވެސް ދިވެހި ބަސްތައް ބޭނުން ކުރާ ނޫހެއް.. އެތާ ރިބާ ޖެހީމަ ހަޑިވާތީތަ؟

  10. އަހްމަދު

    މިއީރާއްޖެތެރެމީހުންނައްކުރާ މަލާމާތެއްބާ؟700.000 ހަތްލައްކަރުފިޔާ ލޯނެއްނަގައިގެން ކޮންކަމެއްމިހާރު ކުރެވޭނީ ލޯނެއްދޭނަމަ ކަމެއްކުރެވޭވަރަށް ލާރިކޮޅެއްދީގެންދޯ ޢިމާރާތެއްކުރެވޭނީ

  11. ޏަވިޔަނި

    ޙެޑްލައިން އެއް ހެދީ ތޯ؟
    ފައިސާ އެބަހުރި ތޯ؟
    ލޯން ދެނީ އިންޑިޔާ ބެންކުން ތޯ؟

  12. އަނިލް

    ލޯނަށް 6 ޕަސަންޓް ލޯމަށް އެދޭ ފަރާތުން ލޯނުގެ އަގަށް 20 ޕަސަންޓް ލާންޖެހޭ މި ކިހިނެއް ކުޑަވަނީ

  13. ޝިޔާމް

    6% އިންޓްރެސްޓެއް ނޫން. %6 ރިބާ. ރިބާއަކީ ﷲ ހަރާމް ކުރައްވާފައިފާ އެއްޗެއް.

  14. ވިސްނާ ޢީސަގެ ދަރި

    ބޯގަޅިން ވަރަށް ހޭނެ! ވިސްނޭމީހުން ރޯނެ! މިއޮތީ ފެލުމުގެ މަޅިއެއް ޖަހަފަ! 20 ޕަސެންޓް އަމިއްލަޔަށް ލާފަ މުޅިލޯނުގެ 6 ޕަސެންޓް އިންޓެރެސްޓްކުރީމާ އެޖެހުނީ 12 ޕަސެންޓް އިންޓެރެސްޓް! ލޯނު ނަގާމީހާޔާ އެމީހާގެ ދަރިންނާ ދަރިންގެދަރިންވެސް ދަރަނިވެރިވާނީ! އިންނީ ބަރީއުން

  15. މާމީ

    ބަލަ ސޯލިހުބެ އަހަރެމެން ތި ލޯނުނަގަން 20 ފަސެންޓު ބޭންކައްް ދައްކަން ހޯދަނީ ކޮންތާކުންތަ؟ ރައްޔިތުން ނައް އޮޅުވާލަންވެސް ވާނީ ވަކިވަރަކައް.

  16. މަގުމަތި

    ތިލޯނު 700000 ނެގިއްޔާ 1200000 ދައްކަންޖެހޭ ކިހާ ސަޅި ލުޔޯ ފެލަނީ

  17. ބްރޯގެބޭބޭ

    ކޮންލޯނެކޭ ފޯނެކޭ ހޯނެކޭ ކިޔާކަށް.؟؟؟ މުޅިގައުމު ދަރުވާލާ
    ރައްޔިތުން ވެސް ދަރުވާލަން އަދި ނުވިތާކަށް ގައުމު ވިއްކާލާ މުޅިދައުލަތުގެ ޚަޒާނާ ކައިހުސްކޮށްފަ އެއަޑުކަނޑުވާލާ މުޅިގައުމުގެ ރައްޔިތުން ފޯކަސް އެހެންދިމާލަކަށް އަނބުރާލަން ޖަހާމަޅިއެއް މިއީ. ހޭވެރިވޭ!!!
    ހެޔޮނުވާނެ ރައްޔިތުންނޭ ... މިއީ މުޅިން މަކަރާހީލަތުން
    ރައްޔތުން ވާވައްދާ ދަންތުރައެއްގަ ޖައްސަން ޖަހާ ރޮކެޓެއް.
    މިހާރު މި ވަގުތު ނޫސްވެސް ވަރަށް ސިޔާސީވެއްޖެ. މިކޮމެންޓްޖަހާލަންވެސް ނުކެރޭނެކަންނޭންގެ.