ރާއްޖޭގައި ކާތަކެތީގެ ޑެލިވަރީ ހިދުމަތަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް އުފެއްދި ފުޑީސް އެޕް ވެފައި ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ މަގްބޫލުކަން ހޯދި އެޕަކަށެވެ.

ރާއްޖޭގެ ޑިޒައިން ޓެކްނޮލޮޖީގެ ކުންފުންޏެއް ކަމަށްވާ ލޫޕް ކްރާފްޓުން އުފެއްދި މި އެޕަކީ އެންމެންނަށްވެސް ވަރަށް ފަސޭހަކޮށް ބޭނުން ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެޕެކެވެ. މި އެޕް މެދުވެރިކޮށް ބޭނުންވާ ރެސްޓޯރެންޓްތަކުގެ މެނޫ ފަސޭހައިން ބަލާލެވޭއިރު، ބޭނުންވާ ރެސްޓޯރެންޓަކުން ފަސޭހައިން ކާތަކެތި ސެލެކްޓް ކުރެވޭނެއެވެ. ރެސްޓޯރެންޓްތަކާއި ގުޅިގެން އޮޕަރޭޓް ކުރާ މި އެޕްގައި މިހާރުވެސް މަޝްހޫރު އެތައް ރެސްޓޯރެންޓަކާއި، ގޭގައި ކާތަކެތި ހަދައިގެން ވިއްކާ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ފޫޑީސް ވެބްސައިޓް

ފުޑީސްގެ އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ކަސްޓަމަރ ސާވިސްގެ އިތުރުން، ޓެކް ޓީމާއި، މާކެޓިންގ ޓީމަކީވެސް ދިވެހިންނެވެ. މިފަދަ އެޕެއް ހެދުމަށް ހިޔާލު އައި ސަބަބުވެސް ކުންފުނިން ވަނީ ހިއްސާ ކޮށްފައެވެ.

މިފަދަ އެޕެއް ހެދުމުގެ އެންމެ ބޮޑު ބޭނުމަކަށް ވެފައި އޮތީ ކާތަކެއްޗަށް އޯޑަރު ކުރުމަށް ފަސޭހަ މަގެއް ހޯދައި ދިނުމެވެ. "އަޅުގަނޑުމެން މިފަދަ އެޕެއް ނެރެން ނިންމީ، ފަސޭހައިން އޯޑަރު ކޮށްލެވޭ ކަހަލަ އެޕެއް ނެތީމަ އާއި، ކާއެއްޗެހި އޯޑަރު ކޮށްލަން އުނދަގޫތަކެއް ހުރުމުން އެކަން ތަކުލީފަކަށް ވެގެން ނުވާނެ ކަމަށް އަމިއްލައަށް ހިތައް އަރައިގެން. އޯޑަރުކޮށްގެން ވާނުވާ ނޭގި، ޕޭމެންޓް ދައްކާނެ ގޮތެއް ނޭނގި، އެކި މީހުންނަށް ގުޅާ ވަރަށް ހާލުގައި އެއްޗެއް ކާން ލިބެނީ، އަޅުގަނޑުމެން ބޭނުންވީ މިކަމަށް ހައްލެއް ގެންނަން" ފުޑީސްގެ މާކެޓިންގ ސްޓްރެޓެޖިސްޓް ލަޔާނާ އިބްރާހިމް ވިދާޅުވިއެވެ.

ފުޑީސް ޓީމަކީ ހަމައެކަނި ކަސްޓަމަރުންނަށް، އެންމެ މީރު ކެއުންތައް ރެސްޓޯރެންޓްތަކުން ނަގާ ޑެލިވަރީ ކޮށްދޭ ބައެއް ނޫނެވެ. މިއީ ވަރުގަދަ ގުޅުމެއްވެސް އުފައްދާ ބައެކެވެ. ހާއްސަކޮށް ފާހަގަކޮށްލަން ޖެހޭ ކަމަކީ އެ ކުންފުނި އުފެއްދިތާ އަހަރެއް ނުވަނީސް ޑެލިވަރީ އެޖެންޓުންނަށް މިހާރުވެސް ހަމަ ކޮންމެ ދުވަހަކު ކާއެއްޗެހި ޑެލިވަރީ ކޮށްދޭން ޖެހޭ ކަސްޓަމަރުން ތިބި ކަމެވެ. އެހެންކަމުން މިއީ އުފެދުނު ވަރަށް ރަނގަޅު ގުޅުމެއް ކަމަށް ކުންފުނިން ސިފަ ކުރިއެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދު ކުރިއިރު މިފަދަ އެޕެއް ރާއްޖެއަށް ތައާރަފް ކުރުމުން އެއީ ކަސްޓަމަރުންނަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެވެ. އަދި އަގު ނުކުރެވޭނެ ފަސޭހައެކެވެ. މިއާއެކު ކުންފުނީގެ ޓީމަށް ލިބިގެން ދިޔައީ އިތުރު ހިތްވަރެކެވެ. މި ޓީމް މަސައްކަތް ފެށީ މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރަނގަޅު، މީރު ކެއުންތައް ފޯރުކޮށްދިނުމަށެވެ. އަދި ފުރަބަންދު ތެރޭގައި އެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށް ގެންދިޔައެވެ. މިއާއެކު އިތުރު ރެސްޓޯރެންޓްތަކުންވެސް މި ޕްލެޓް ފޯމަށް އައެވެ. ހާއްސަކޮށް މަޝްހޫރު އެތައް ރެސްޓޯރެންޓެއް ފުޑީސްއަށް ވަނެވެ. އޭގެ ތެރޭގައި ޗީބޯ، ދަ ސީ ހައުސް، މެޑްމެކްސް، ސަބްމޯ، ތައިމް ފަދަ ދިގު ލިސްޓެއް ކިޔާލެވިދާނެއެވެ.

ފުޑީސްއަކީ މާލެ އާއި ހުޅުމާލޭގެ އިތުރުން، ޑެލިވަރީ ހިދުމަތް ވިލިމާލެއަށް ދޭ ހަމައެކަނި ކުންފުނިކަން ފާހަގަކޮށްލަން ޖެހެއެވެ.

ފުޑީސް އެޕް މެދުވެރިކޮށް ކާތަކެއްޗަށް އޯޑަރު ކުރާ ފަރާތްތަކަށް ބީއެމްއެލް އޮންލައިން ޕޭމެންޓް، ޑައިރެޓް ޓްރާންސްފާ، އަދި ކާތަކެތި ގެނައުމުން ފައިސާ ދައްކައިގެންނާއި، އެމްފައިސާ މެދުވެރިކޮށްވެސް ފައިސާ ދެއްކޭނެއެވެ.

އަދި ކަސްޓަމަރުންނަށް ފުޑީސްގެ ޓީމާއި ގުޅުމަށް 7849988 އަށް ނޫނީ [email protected] މެދުވެރިކޮށް ޓީމާއި ވާހަކަ ދެއްކޭނެއެވެ. އަދި މި އެޕް މިހާރުވެސް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.

ކޮވިޑް-19 ހާލަތު އަދިވެސް މާލޭގައި އޮތީ ގޯސް ކޮށެވެ. އެހެންކަމުން އަމިއްލަ ރައްކާތެރިކަމާއި އެހެން މީހުންގެ ރައްކާތެރިކަމަށް ވެސް މިފަދަ އެޕެއް ބޭނުން ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ

    ފުޑީސް ވަރައް ފަސޭހަ ކާ ތަކެތި ހޫނުކޮއް ހުއްޓާ ގެނެސްދޭ އޭ ވަރައް ރަނގަޅު ކަމެއް

  2. އަހުމަދު

    މީތި ސަޅިއޭ ހަބޭސް 👏👏👏