ޗައިނާ އިން ލޯނު ނަގަނީ ލޯނު ދެވެން އޮތީ ޗައިނާ އަށް ކަމަށް ވާތީއާއި ޗައިނާއިން ލޯނު ނެގުމަކީ ދިވެހިރާއްޖެ އިން އެކަނި ކުރާ ކަމެއް ނޫން ކަމަށާއި އެއީ ހުރިހާ ގައުމުތަކަކުން ވެސް ކުރާ ކަމެއް ކަމަށް އެމް.ސީ.ޓީ.ސީ.އޯ ގެ ނާއިބު ރައީސް މިދުއަމް ސައުދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޗައިނާގެ އެއްމެ ބޮޑު ނޫސް އޭޖެންސީ ޒިންހުއާއަށް ދެއްވި ބަސްދީ ގަތުމެއްގައި އެވެ. މި ބަސްދީ ގަތުމުގައި ޗައިނާ އާއި ދިވެހި ރާއްޖޭގެ ގުޅުމުގެ މައްޗަށް ބަލައިލަމުން ފާއިތުވި ހަތަރު އަހަރު މި ގުޅުން އާ އުސްމިން ތަކަކަށް ގޮސްފައި ވާކަންވެސް މިދުއަމް ފާހަގަ ކުރެއްވެވިއެވެ.
މިއަދު ރާއްޖެ ދެކެމުން ދާ ތަރައްގީގެ ފަހަތުގައި ޗައިނާގެ ވަރަށް މުހިއްމު ހިއްސާއެއް ވާކަން ފާހަގަ ކުރައްވަމުން، މިއީ ދިވެހި ރާއްޖެ އަށް އެކަނި ވެގެން އުޅޭކަމެއް ނޫން ކަަމަށްވެސް މިދުއަމް ވިދާޅުވިއެވެ.
މިއަދު ޗައިނާ އަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކެއްގެ ވިޔަފާރީގެ އެންމެ މުހިއްމު އެއް ޕާޓްނަރު ކަމަށްވާއިރު ޗައިނާ އިން ލޯނު ނެގުމަކީ ދިވެހިރާއްޖެ ދަރަނީގެ ދަންތުރައަކަށް ވެއްޓުން ކަމަށް ބައެއް ފަރާތްތަކުން ދެކޭ ކަމަށާއި މިކަމާއިމެދު ދަންނަވަން އޮތީ ކީކޭތޯ ޒިންހުވާއިން ސުވާލު ކުރުމުން މިދުއަމް ވިދާޅުވީ ލޯނު ނެގުމަކީ ތަރައްގީ ވަމުން އަންނަ ކޮންމެ ގައުމެއްވެސް، އެގައުމެއްގެ އިގްތިސާދީ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރާ ވަރަށް އާއްމު "ގުދުރަތީ" ކަމެއް ކަމަށެވެ.
"ލޯނު ދެއްކޭނެ ހަރުދަނާ ގޮތެއް އޮތްހައި ހިނދަކު ލޯނު ނެގުމަކީ އޭގެ ޒާތުގައި އެއްވެސް މައްސަލައެއް ނޫން". އޭނާ ވިދާޅުވިއެވެ.
ޗައިނާ އިން ލޯނު ނަގާ ވާހަކައަށް އިޝާރާތް ކޮށް މިދުއަމް ވިދާޅުވީ ޗައިނާއިން ލޯނު ނެގުމަކީ ދިވެހިން އެކަނި ކުރާ ކަމެއް ނޫން ކަމަށެވެ. މިއަދު ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ލޯނު ހޯދުމަށް ޗައިނާއަށް ބަލާ ސަބަބަކީ ލޯނު ދިނުމުގެ ގާބިލުކަން ޗައިނާ ގެ ހުރުމާއި ޗައިނާ އިން ދޭ ލޯނު ތަކުގެ ޝަރުތުތަކާއި ދޭ ގޮތް ލޯނު ދޭ އެހެނިހެން ފަރާތް ތަކަށް ވުރެ ރަނގަޅު ވުން ކަމަށް މިދުއަމް ވިދާޅުވިއެވެ.
މިކަމަށް އަލި އަޅުވައި މީގެ ކުރިން މިދުއަމްގެ އޭނާގެ ބްލޮގުގައި ވެސް ލިޔުއްވާފައި ވެއެވެ.
"ލޯނު ނެގޭނީ ލޯނު ދެވޭ ވަރުގެ ބައެއްގެ އަތުންނެވެ. އިތިއޯޕިޔާއަށް ލޯނު ދެވޭނެ ނަމަ ގައުމުތަކުން ލޯނު ހޯދަން ދާނީ އިތިއޯޕިއާއަށެވެ. މިއަދު ގައުމުތަކުން ޗައިނާއަށް ދަނީ އެކަން އެގޮތަށް ކުރުމުގެ ގާބިލުކަން ޗައިނާގެ އޮތީމައިއެވެ." އޭނާގެ ބްލޮގުގައި ވެއެވެ.
އޭނާގެ ބްލޮގުގައި ލިޔެފައި ވަނީ މީގެ ތިރީސް ސާޅީސް އަހަރު ކުރިން ގައުމުތަކުން ލޯނު ހޯދުމަށް ޗައިނާ އަަށް ނުދާ ކަމަށެވެ. އަދި އޭރު ލޯނު ހޯދަން ދިޔަ ގައުމުތަކަށް މިއަދު ނުދާ ކަމަށާއި ސަބަބަކީ އެގައުމުތަކަށް މިއަދު އެފަދަ ލޯނު ތައް ދިނުމުގެ ފެންވަރު ނެތުން ކަމަށް ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް މިއަދު ޗައިނާގެ އެ ފެންވަރު ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ބުރޯއަށް ހަމަ ނޭގެނީތަ ޖައިނާއިން ލޯނު އެހާ ފަސޭހައިން ދޭ ސަބަބު
ޢެޖެންޓެއް ތީ
ރާވެސް އެހުރީ ފުޅިފުޅީގާ. އެކަމަކު ހުންޓެކޭކިޔާފާ ނުޖެހޭ ބޯކަށް
އެހެންވެދޯ ނުބޮއެތިތިބީ ،، ރޯދަމަހުވެސް ބޮނީނު.....