ޗުއްޓީ ދަތުރުތައް ހަމަޖެއްސުމުގައި އެހީތެރިކަން ފޯރުކޮށްދެ ވެބްސައިޓެއް ކަމަށްވާ ކިވީ އިން ދުނިޔޭގެ އެންމެ ރީތި ގޮނޑުދޮށެއް ހޮވަން ކުރިއަށް ގެންދާ މުބާރާތެއްގެ ސެމީފައިނަލްގައި ރާއްޖެ އާއި ބްރެޒިލް ވާދަކުރަން ޖެހިއްޖެއެވެ. މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައި ވަނީ ރާއްޖޭގެ ވެލިގަނޑު ރިސޯޓާއި ބްރެޒިލްގެ އަޒޭޑާއެވެ.

ވެލިގަނޑު ރިސޯޓް މިމުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރީ ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔެއަށް މަޝްހޫރު އެތައް ގައުމެއްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އޭގެތެރޭގައި ތައިލެންޑާއި ގްރީސް އަދި ހޮންޑިއުރަސް ފަދަ ގޮނޑުދޮއްތައް ރީތި ގައުމުތައް ވެސް ހިމެނެއެވެ.

މިވޯޓް ކުރިއަށް ގެންދާނީ އިންޓަގްރާމްގައި މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ.

ކްރައުން ކުންފުނީގެ ވެލިގަނޑު އައިލެންޑް ރިސޯޓް އެންޑް ސްޕާ އަކީ ރާއްޖޭގެ އެންމެ މަޝްހޫރު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ރިސޯޓެކެވެ. ވަށައިގެން ރީތި ގޮނޑުދޮށެއް އޮންނަ މިރިސޯޓްގެ އެންމެ ހާއްސަ އެއްސިފައަކީ ވެސް އެއީއެވެ.

ފަސް ވައްތަރެއްގެ ކޮޓަރިތައް ހުންނަ ރިސޯޓްގައި މިދުވަސްވަރު އެއްދުވަސް ހޭދަކުރަން ހަރަދު ކުރަން ޖެހެނީ ހައެއްކަހާސް ރުފިޔާއެވެ.

ބްރެޒިލްގެ އަވާޑާ އަކީ އެގައުމުގެ އެންމެ މަޝްހޫރު އެއް ގޮނޑުދޮއް އޮންނަ ސިޓީއެވެ. އެސިޓީގެ އެންމެ ހާއްސަ ސިފައަކީ މޫދުގެ ސާފުކަމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިތުރާ

    ގޮނޑު ދޮށުގެ އަނ ދިރިފަރާތް ދައްކައިފީޔާ ރާއްޖެ ދާނެ 0ކަށް،

    6
    1