ކޮކާ ކޯލާއިން ކުރިއަށް ގެންދިޔަ ކޮކާ ކޯލާ ވޯލްޑްކަޕް ފިއެސްޓާ ޕްރޮމޯޝަންގެ ފުރަތަމަ 10 ނަސީބުވެރިން ވޯލްކަޕް ބެލުމަށް ރަޝިޔާއަށް ފުރައިފި އެވެ.

މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަތަމަ 10 ނަސީބުވެރިން ފުރިއިރު ޖުމްލަ 30 ނަސީބުވެރިން ހޮވާފައިވެއެވެ. އަދި 2 އޮފިޝަލުންނާއި އެކު ޖުމްލަ 32 ފަރާތް ވޯލްޑްކަޕް ނިމުމުގެ ކުރިން ރަޝިއާ އަށް ދާނެއެވެ.

4 ދުވަހާއި 3 ރޭ ރަޝިޔާގައި ހޭދަކުރާއިރު މި ބައިވެރިން ބެލުމަށް ހަމަޖެހިފައި ވަނީ 23 ވަނަ ދުވަހު އޮންނަ ބެލްޖިޔަމް އަދި ޓިއުނޭޝިއާގެ މެޗެވެ. އަދި އަނެއް 20 ބައިވެރިން މިމަހުގެ 30 ވަނަ ދުވަހު ފުރުމަށް ވަނީ ހަމަޖެހިފައި އެވެ. އެ ބައިވެރިން ރަޝިޔާއަށް ގޮސް ބަލާނީ ވޯލްޑް ކަޕްގެ 56 ވަނަ މެޗެވެ. އެ މެޗް އޮންނަނީ ޖުލައި މަހުގެ ތިން ވަނަ ދުވަހުއެވެ.

ކޮކާ ކޯލާގެ ރާއްޖޭގެ އޮޕަރޭޝަން ޑިރެކްޓަރ މިލިންދު ވިދާޅުވީ، ހަ ބޭފުޅަކަށް އިތުރު ބޭފުޅެއް ގޮވައިގެން ރަޝިޔާއަށް ދިޔުމުގެ ފުރުސަތު މި ދެނީ ހަމައެކަނި މެޗް ބަލާލަން އެކަނި ނޫން ކަަމަށާއި، މިއީ ކުޑަކުުޑަ ޗުއްޓީއެއް ކަމަށެވެ. މިބައިވެރިން ސައިޓް ސީންއާއި ރަޝީޔާގެ ސާކަސް ޝޯއެއް ބަލާލަން ދާނެ ކަމަށް މިލިންދު ވިދާޅުވިއެވެ.

ކޮކާކޯލާ އިން ރަޝިއާ އަށް ފޮނުވާ މީހުން މިއަދު އެއާޕޯޓްގައި – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ
ކޮކާކޯލާ އިން ރަޝިއާ އަށް ފޮނުވާ މީހުން މިއަދު އެއާޕޯޓްގައި – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

45 ދުވަހަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ޖެހޭނީ ކޮކާ ކޯލާގެ ރަންމަތިގަނޑު ޖެހީ 300 އެމްއެލް، 500 އެމްއެލް، 1.25 ލީޓަރުގެ ފުޅީގެ މަތީގެ އަޑީގައިވާ ނަމްބަރު ޖެހޭނީ 2626 އަށް އެސްއެމްއެސް ކުރާށެވެ.

ކޮކާ ކޯލާގެ ފަރާތުން އެކި ޕްރޮމޯޝަންތައް ކުރިއަށްގެންގޮސް، ބްރެޒިލްއަށް ގޮސް ވޯލްޑްކަޕް ބަލާލައި، ޕެރިސްއަށް ގޮސް ޔޫރޯ 2016 ބަލާލުމުގެ ފުރުސަތާއި، އާއިލާއެކު ތައިލެންޑަށް ޗުއްޓީއަށް ދިޔުމުގެ ފުރުސަތާއި، އެކި ކަހަލަ ފޯންތަކާއި، ޓީވީ ފަދަ ހަދިޔާތައް ވަނީ ދިވެހިންނަށް ދީފައެވެ. އަދި މި އަހަރު ތެރޭގައި ފީފާ ވޯލްޑްކަޕްގެ އޮރިޖިނަލް ޓްރޮފީވެސް ގެނެސްދީފައި ވަނީ ކޮކާ ކޯލާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސުމްސު

    މަރުހަބާ

  2. ޝަހިންދާ

    ތީ ފޭކް. އެމީހުން ބޭނުން ބަޔަކަށް ދެނީ....ހޮވުނު މީހުން އިއުލާން ކުރިކަންވެސް އަދިއަދަށް ދާންދެންވެސް ނޭގެ

  3. ސް

    ތީ ޕުރޮމޯޝަން ތަކަކީ ހަމަ ވަކި ބަޔަކަށް ދޭ އެއްޗެއް އޭގެ ތެރޭގަ ނަސީބު ރަނގަޅު މީހުން ގިނައީ ނޫންތެ ؟