މަޓާޓޯ ޓްރަވަލް އެވޯޑްސް ޕީޕަލް އެޑިޝަން 2018 ލޯންޗުކޮށްފިއެވެ.

މަޓާޓޯ ޓްރަވަލް އެވޯޑްސް ޕީޕަލް އެޑިޝަން މިއަދު ހަވީރު ލޯންޗްކުރީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓްގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައެވެ. އެޑިޝަން ލޯންޗުކޮށްދެއްވީ މަޓާޓޯގެ ރައީސް އަލްފާޞިލް އަބްދުﷲ ގިޔާސްއެވެ.

ޕީޕަލްސް އެޑިޝަން ލޯންޗުކޮށްދިނުމަށް ފަހު ވާހަކަ ދައްކަމުން އަބްދުﷲ ގިޔާސް ވިދާޅުވީ މަޓާޓޯ ޓްރެވަލް އެވޯޑްސް އަކީ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އެވޯޑެއް ކަމަށެވެ. މަޓާޓޯއިން އެކި ޓްރެއިން ޕްރޮގްރާ،މްތައް ވެސް ހިންގާ ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅުންހުރި ކޮންމެ ކަމެއްގައި މަޓާޓޯގެ ހިއްސާއެއް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޓާޓޯ ޓްރަވަލް އެވޯޑްސް ޕީޕަލްސް އެޑިޝަން ލޯންޗް ކުރުމަށް ބޭއްވި ހަފްލާ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
މަޓާޓޯ ޓްރަވަލް އެވޯޑްސް ޕީޕަލްސް އެޑިޝަން ލޯންޗް ކުރުމަށް ބޭއްވި ހަފްލާ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

"މަޓާޓޯ ޓްރެވަލް އެވޯޑް އަކީ ރާއްޖޭގެ ރިސޯޓްތަކަށާއި ގެސްޓުހައިސްތަކުގެ އިތުރުން ހޮޓާތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ދެވޭ އެވޯޑެއް." މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވިއެވެ.

މަޓާޓޯ ޓްރެވަލް އެވޯޑްސް ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި، މަޓާޓޯއިން ވަނީ ޔޫއެންޑީޕީ އާއި އެކު ސަސްޓެއިނަބަލް ޑިވެލެޕްމެންޓްގައި ދެފަރަރާތުން އެއްބާރުލުން ދިނުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. އެ ފަހުމުނާމާގައި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ޔޫއެންޑީޕީގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސް ޝޮކޯ ނޯޑާއެވެ. އަދި މަޓާޓޯގެ ފަރާތުން ސޮއިކުރެއްވީ މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސްއެވެ.

މަޓާޓޯ ޓްރަވަލް އެވޯޑްސް ޕީޕަލްސް އެޑިޝަން ލޯންޗް ކުރުމަށް ބޭއްވި ހަފްލާ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
މަޓާޓޯ ޓްރަވަލް އެވޯޑްސް ޕީޕަލްސް އެޑިޝަން ލޯންޗް ކުރުމަށް ބޭއްވި ހަފްލާ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

ރަސްމިއްޔާތު ނިންމަވާލެއްވުމަށް ފަހު މީޑިއާތަކަށް ދިން އިންޓަވިޔުއެއްގައި ގިޔާސް ވިދާޅުވީ މަޓާޓޯއިމން އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖޭގެ ތަރައްޤީއަށް ފައިދާކުރުވާ ފަދަ ކަންކަން ކުރުމަށް ކަމަށާއި ޔޫއެންޑީޕީ އާއި ދެމެދުގައި ވެވުނު އެއްބަސްވުމަކީ ރާއްޖޭގެ ތަރައްޤީއަށް ކުރެވެން ހުރި ކަންކަމުގައި ދެ ފަރާތުން އެއްބާރުން ދިނުމަށް ކަމަށެވެ.