ޔޫރޯ ފުޓްބޯޅަ މުބާރާތަށް ހާއްސަކޮށް ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

ދިރާގުން ބުނީ ޔޫރޯގެ މެޗުތައް މޮބައިލް ފޯނުން ސްޓްރީމްކޮށްލުމަށް ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭނެއް އެކްޓިވޭޓްކޮށްލައިގެން %50 އިތުރު ޑޭޓާ ޖޫން މަހުގެ ނިޔަލަށް ލިބޭނެ ކަމަށެވެ. މިއީ މިރޭ ޕޯޗުގަލް އާއި ޖަރުމަނު ވިލާތު ވާދަކުރާ ފޯރިގަދަ މެޗް ބަލާލުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ.

މޮބައިލް ފޯންތަކުން ސްޓްރީމް ކުރުން އިތުރު ވެފައިވާ މި ދަނޑިވަޅުގައި ދިރާގު ޕްލޭ އެޕް މެދުވެރިކޮށް ޔޫރޯގެ މެޗްތައް މޮބައިލް ފޯނުން ސްޓްރީމް ކޮށްގެން ބަލާލުމަށް ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭނެއް އެކްޓިވޭޓް ކުރުމަށްފަހު "ސްޓްރީމިންގ ޕަރކް" ހިޔާރުކޮށްލައިގެން 1 ޖީބީ ހިލޭ ޑޭޓާ ސްޓްރީމް ކޮށްލަން ލިބޭނެއެވެ. ދިރާގު ޕްލޭ އެޕުން މެޗްތަކުގެ އިތުރުން ގިނަ މުނިފޫހިފިލުވުމުގެ ޗެނަލްތައް މޮބައިލް ފޯން ފަދަ ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެވެސް ބަލާލެވޭނެއެވެ. ދިރާގު ޕްލޭގެ މަހު ފީ އަކީ ޖީއެސްޓީއާ އާ ނުލާ މަހަކު އެންމެ 65 ރުފިޔާއެވެ.

ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް، އެސްއެމްއެސް އަދި ޑޭޓާ، ހަމަ އެންމެ ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެއެވެ. އަދި މީގެ އިތުރުން، އިތުރު ހިލޭ "ޕަރކްސް" ވެސް ލިބިގެންދާނެއެވެ. މި ހިލޭ ޕަރކްސްގެ ސަބަބުން ކަސްޓަމަރުންނަށް ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިން ޚިދުމަތްތައް ބޭނުންކުރަން ވަކި ވަކި އެޑް-އޮންސް ގަންނާކަށް ނުޖެހޭނެއެވެ. އެހެންކަމުން، އެންމެ އެކްޓިވޭޝަނަކުން ގިނަ ކަންތައްތައް ކޮށްލެވޭނެއެވެ.

ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް 250 ރުފިޔާ އިން ފެށިގެން އެކްޓިވޭޓް ކުރެވޭނެއެވެ. ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކޮށްލުމަށް ދިރާގު މޯބައިލް އެޕުން ނުވަތަ ކޮމްބޯ ޕްލޭންގެ ކީވޯޑް ޖެހުމަށްފަހު 343 އަށް އެސްއެމްއެސް ފޮނުވުމުން ވެސް އެކްޓިވޭޓް ވާނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށެވެ. އަދި ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ދިވެހިންގެ ތެރޭގައި އެންމެ ފަހުގެ އަދި މަގުބޫލު މުނިފޫހިފިލުވުގެ ހަރަކާތްތައް ޑިޖިޓަލް ޒަރިއްޔާ މެދުވެރިކޮށް ގެނެސްދުނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު