ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކެއް ހައްލެއް ހޯދައި ދިނުމުގެ މަގްސަދުގައި ވިޔާފަރިތަކަށް ހާއްސަކޮށްގެން ދެ ލޯނެއް ސަރުކާރުން މިއަދު ތައާރަފް ކޮށްފިއެވެ.
މި ދެ ލޯނު އަކީ އިކޮނޮމިކް ސްޓިމިއުލަސް ލޯނާއި ސަސްޓެއިނަބަލް ސްޓިމިއުލަސް ލޯނެވެ.
އެގޮތުން އިކޮނޮމިކް ސްޓިމިއުލަސް ސްކީމުގެ ދަށުން އެއްވެސް ރަހުނަކާއި ނުލައި ކޮންމެ ފަރާތަކަށް ގިނަވެގެން 10 މިލިއަން ރުފިޔާގެ ނެގުމުގެ ފުރުސަތު ލިބޭނެއެވެ.
ފިނޭންސް މިނިސްޓްރީއާ ބީއެމްއެލްއާ ގުޅިގެން ކުރިއަށް ގެންދާ އެ ލޯނު ސްކީމަށް 20 މިލިއަން ޔޫރޯ ވަނީ ހާއްސަކޮށްފައެވެ.
އިކޮނޮމިކް ސްޓިމިއުލަސް ލޯނު އަނބުރާ ދެއްކުމަށް ލިބޭ އެންމެ ދިގު މުއްދަތަކީ ހަތަރު އަހަރެވެ. އެއީ 12 މަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެންނެވެ. ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ %6 ޕަސެންޓެވެ.
މި ސްކީމްގެ ދަށުން ފައިނޭންސް ކުރެވޭ ޕްރޮޖެކްޓްތަކަކީ ކޮވިޑްގެ ސަބަބުން ޕްރޮޖެކްޓް ހިންގުން މެދުކެނޑި، އަލުން ހިންގަން ފަށައި ގަތުމަށް އިތުރު ފައިސާ ބޭނުން ވެފައިވާ ޕްރޮޖެކްޓްތަކާއި ފާއިތުވެދިޔަ ތިން އަހަރު ތެރޭގައި ތަރައްގީ ކުރަން ފަށައި ނުނިމި ހުރި ޕްރޮޖެކްޓަކަށް ވާންޖެހޭއެވެ.
ސަސްޓެއިނަބަލް ސްޓިމިއުލަސް ލޯނަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އިކޮނޮމިކް މިނިސްޓްރީއާ އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ގުޅިގެން އެކުލަވާލާފައިވާ ލޯނެކެވެ.
ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ މިހާރު ހިނގަމުންދާ ވިޔަފާރިތަކުގެ ތެރެއިން ކެފޭ/ރެސްޓޯރަންޓް، ޖިމް، ސެލޫން އަދި ގެސްޓްހައުސް ވިޔަފާރި ހިންގާ ފަރާތްތަކަށެވެ.
އެ ސްކީމުގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައިވާ މައިގަނޑު ތިން ޕެކޭޖަކީ ހިނގަމުންދާ ޕްރޮޖެކްޓްތައް ނިންމުމަށާއި، ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާގެ އެހީ އަދި ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ފުޅާކުރުމާއި، ލޯނު ނުހިމެނޭ ގޮތަށް ވިޔަފާރިއާ ގުޅޭ ފަންނީ ލަފާ ދޭ ޕެކޭޖެވެ.
ވިޔާފާރިތަކަށް ލޯނުގެ ގޮތުގައި ދޫކުރެވޭނީ އެއް މިލިއަން ރުފިޔާއެވެ. އިންޓަރެސްޓްގެ ގޮތުގައި އަހަރު 6 ޕަސެންޓް ދައްކަން ޖެހޭ މި ލޯނު އަނބުރާ ދައްކަން ފަސް އަހަރާއި އަށްއަހަރުގެ މުއްދަތެއް ލިބޭނެއެވެ.
އެއްވެސް ރަނެއް ނުކޮށް ނަގާ މި ލޯނުގެ ގްރޭސް ޕީރިއަޑްއަކީ 12 އަހަރާއި 24 އަހަރު ދެމެދުގެ މުއްދަތަކެވެ.
ލޯނު އިއުލާންކުރުމުގެ ގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މިދިޔަ އަހަރުން ފެށިގެން މިއަދާ ހަމައަށް އެކިއެކި ގޮތްގޮތުން، ވިޔަފާރިތަކަށްވެސް އަމިއްލަ ފަރުދުންނަށްވެސް ބީއެމްއެލް މެދުވެރިކޮށް އަދި އެސްޑީއެފްސީ މެދުވެރިކޮށް ގާތްގަނޑަކަށް 1.7 ބިލިއަން ރުފިޔާގެ ރިލީފް ލޯންސްތަކެއް ދޫކޮށްފައިވާނެ ކަމަށެވެ.
އަދި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތަށް ބަލާއިރު ގާތްގަނޑަކަށް %6 މިވަނީ ހަމައެކަނި ކޮވިޑާއާ ގުޅިގެން އިގްތިސާދަށް އައިސްފައިވާ ލޮޅުމަށް އެހީތެރިވެ ދިނުމަށް ހަރަދުކޮށްފައިވާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ 2019 ގައި އޮތް އިގްތިސާދަށް ވީހާވެސް އަވަހަކަށް ވާސިލްވުމަށްޓަކައި ކުރަންޖެހޭ ހުރިހާ ހަރަދުތަކެއް ކުރަމުން ގެންދިއުން ކަމަށެވެ.
ސަރުކާރުން ވިދާޅުވީ އަލަށް ތައާރަފް ކުރެވެނު ދެ ލޯނު ސްކީމަކީވެސް ހުރިހާ ގޮތަކުން ލުއި ލޯނު ސްކީމްތަކެއް ކަމަށެވެ.
ގައުމުގެ ހާލަތު ދަށްވެ ފަގީރުވެ މީހުންއަތްމަތި ދެތިވެފާ ވަނިކޮށް ވިޔަފާފާރިވެރިޔާ ނަގާލޯނު ވެގެން ދާނީ ބޮޑުގެއްލުމްކަށް. ރައްޔިތުންގެ އަތްމަތި ތަނަވަސް ނަމަ ފައިދާކުރާނެ. އެކަމަކު މިހާލަތުގާ މުވައްޒަފަުންނަށް މުސާރަ ދެވޭފަދަ ނެތީސް ލޯނު ހުށަހެޅުމަކީ އަޑިނޭގޭ ކަންތަކްތަކެއް އުޅޭ ކަމަށް ސައްކު ކުރެވިދާނެކަމެއް. ރައްޔިތުންއަތްމަތިދަތިވެ ކައިބޮއި އުޅުމާ ކުލި ދައްކަން ވެސް ދަތިވެފައިވާ ވަގުތެއްގަ ވިޔަފާރިވެރިންނަށް ފައިސާދީޭން އުޅުމަކީ ސައްކު ކުރެވިދާނެ ކަމެއް.
މީހުންގެ ބޮލުގަ ދަރަނި އަޅުވާ ސަރުކާރު. ފުލެޓް ނިންމަން ލޯނު. ލޯނު ދައްކަމުން ފުލެޓްގެ ކުލިދައްކަމުން . ކިހިނެއްކައިބޮއި ހަދަނީ. ކޮންތާކުން ފައިސާ ހޯދަނީ ..
ލޯނުގެ ނަމުގައި ހިންގާޖަރީމާ ހިންގަނީ އެތެރެކޫއިލާއި ގުޅިފައި ނެތްނަމަ ތިލޯންއަށް ސަރުތު ހަމައެއް ނުވާނެ
ފަހާ ތަންތަން ހިންގާ މީހުން ކުރަނީ ވިޔަފާރިއެއް ނޫންތަ އަހަރުމެން ފަހާތަންތަން ހިންގާ މީހުންވެސް މިތިބީ ތިކަމަށް އެދިއެދި