އަންނަ އަހަރުގެ ޖެނުއަރީ އިން ފެށިގެން ރާއްޖެ އަށް ހޮންގް ކޮންގް އެއާލައިންއިން ދަތުރުތައް ފަށަން ނިންމައިފިއެވެ.

ހޮންގް ކޮންގް އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ، އެއާބަސް އޭ 300-330 ގެ ބޯޓު ފަހަރެވެ. މި އެއާލައިންގައި އެއްފަހަރާ 260 މީހުން އުފުލާނެ އެވެ.

ހޮންގް ކޮންގްގެ ނޫސްތަކުގައިވާ ގޮތުން، އަންނަ އަހަރުގެ ޖެނުއަރީ 16 އިން ފެށިގެން ރާއްޖެއަށް ކުރާ މި ދަތުރުތަކުގައި ހަފުތާއަކު ތިން ފްލައިޓް ރާއްޖެއަށް ބާއްވާނެ އެވެ.

އެ އެއާލައިންގެ އެސިސްޓެންޓް ޑިރެކްޓަރު ވެންގް ވަންގް ވިދާޅުވީ މި ދަތުރުތައް ރާއްޖެއަށް ފަށަނީ ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވަމުން އަންނާތީ ކަމަށެވެ.

މި އެއާލައިން ރާއްޖެއަށް ދަތުރުކުރާނީ އަންގާރަ އާއި ބުރާސްފަތި އަދި އާދިއްތަ ދުވަހު އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޮންގް ކޮންގް ހިމެނޭ ސަރަހައްދުން މި އަހަރުގެ މިހާތަނަށް 34،715 މީހުން އައިސްފައިވެ އެވެ.

ހޮންކޮންގް އެއާލައިނުން ދަތުރުތައް ފަށާއިރު ދާދިފަހުން އިޓަަލީގެ އަލިތާލިއާ އާއި އެއާފްރާންސުން ވެސް ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފައެވެ.

ADS BY ASTERS

1 ކޮމެންޓް

  1. މިވަރުންދާނަމަ ދިވެހި އިޤްތިސޯދު އަމިއްލަފައިމައްޗަށް ތެދުވުމަށް މާގިނަ ދުވަހެއް ނުނަގާނެ. ސާބަސް ސަރުކާރަށް!