ހައްޖުވެރިންތަކެއް މާލެ އިން ފުރަނީ - ވަގުތު ފައިލް އިމޭޖަސް: އަމީން ފަހުމީ

އަންނަ އަހަރުގެ ރޯދަ މަހު މީހުން އުމްރާއަށް ގެންދާ އަގު 37,965 ރުފިޔާއަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހެޔޮކޮށްފިއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އަންނަ ރޯދަމަހު އެކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދާން އަންނަ އޭޕްރިލް މަހުގެ 15 ގެ ކުރިން ރަޖިސްޓްރީ ކުރުމާއި ފައިސާ ދައްކަން ވާނެ ކަމަށެވެ.

އަދި އުމްރާއަށް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފޯމް ފުރުމަށްފަހު އެކޯޕަރޭޝަންގެ އޮފީހުންނާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗްތަކުން ރަޖިސްޓްރީ ކުރެވޭނެ ކަމަށާއި އެކޯޕަރޭޝަންގެ "ފަހެލި" އޮންލައިން ޕޯޓަލް މެދުވެރިކޮށްވެސް ރަޖިސްޓްރީކޮށް ފައިސާ ދެއްކޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

ހައްޖު ކޯޕަރޭޝަނުން އުމްރާ ދަތުރުތަކަށް ހާއްސަ ޑިސްކައުންޓެއް ދޭންވެސް ވަނީ ނިންމާފަ އެވެ. އެގޮތުން ހަތަރު މީހުންގެ ގުރޫޕެއް ނުވަތަ އާއިލާއެއް ރަޖިސްޓްރީ ކުރުމުން ކޮންމެ މީހަކަށް 1،000 ރުފިޔާގެ ޑިސްކައުންޓެއް އަދި 10 މީހުންގެ ގްރޫޕަކުން ރަޖިސްޓްރީ ކުރުމުން ރަޖިސްޓްރީ ކުރާ ފަރާތަށް އަގުގެ 50 ޕަސަންޓު ޑިސްކައުންޓެއް ލިބޭނެއެވެ.

އެކޯޕަރޭޝަނުން ބުނީ ފޯމު ހުށަހަޅާއިރު މަދުވެގެން 5,000 ރުފިޔާ ދައްކައިގެން ރަޖިސްޓްރީކުރެވޭނެ ކަމަށެވެ. އަދި ބާކީ ފައިސާ 15 އޭޕްރީލް 2018 ގެ 14:30 ކުރިން މަހުން މަހަށް ނުވަތަ ބައިބަޔަށް ބަހާލައިގެން ދެއްކޭނެ ކަމަށެވެ.

އުމްރާއަށް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް އެ ކޯޕަރޭޝަންގެ އޮފީސް، ވެބްސައިޓް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗްތައް، އަތޮޅު ކައުންސިލްތަކުންނާއި ރަށްރަށުގެ ކައުންސިލްތަކުން ލިބެން ހުންނާނެ އެވެ.

އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށްވެސް ހާއްސަ ޑިސްކައުންޓެއް ދޭން ވަނީ ނިންމާފަ އެވެ. އަދި އުމްރާ ކިޓް ބޭނުންނުވާކަމުގައިވާނަމަ 1،000.00ރ އުމްރާ ކިޓުގެ ޑިސްކައުންޓުގެ ގޮތުގައި ލިބޭނެ ކަމަށެވެ.

ކޯޕަރޭޝަނުން ދަނީ އަހަރުގެ އެކި ދުވަސްތަކަށް ބަހައިލައިގެން ތަފާތު އުމްރާ ދަތުރުތަކެއް ކުރިއަށް ގެންދަމުންނެވެ. ކުރިއަށް ހުރި އަހަރު ތަކުގެ އުމްރާ ދަތުރުތަކަށް ރަޖިސްޓްރީކޮށް ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތުވެސް ވަނީ އެ ކޯޕަރޭޝަނުން ވަނީ ހުޅުވާލާފަ އެވެ.

ADS BY ASTERS

Comments are closed.