ދިރާގު ޚިދުމަތްތަކުން އެކްޓިވޭޓް ކުރާ ބޫސްޓަރ ތަކުން %100 އިތުރު ޑޭޓާ އެލަވަންސް ދޭން ނިންމައިފިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ސަރުކާރާއި ކަމާ ބެހޭ އިދާރާތަކުން ރައްޔިތުން ގޭގައިތިބުމަށް އަންގާފައިވާ މި ދަނޑިވަޅުގައި ދިރާގުން ހިލޭ އިތުރު ޑޭޓާ އަދި ޑޭޓާގެ ޚާއްސަ އޮފަރ ތަކެއް ވަނީ މިދިޔަ މޭ މަހުން ފެށިގެން ދޭން ފަށާފައިއެވެ.

އެ ދޭން ފަށާފައިވާ ހިލޭ ޑޭޓާގެ ތެރެއިން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރާ ކޮންމެބޫސްޓަރ އަކުން ދެ ގުނަ އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ ގޮތަށް ދިރާގުން ވަނީ ހަމަޖައްސާފައެެވެ.

މީގެ އިތުރުން ދިރާގު "ވަގުތުން ގެއަށް އިންޓަނެޓް" އަދި ދިރާގު ޑޭޓާ ސިމް އިން އެކްޓިވޭޓް ކުރަށްވާ ބޫސްޓަރތަކުންވެސް %100 އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ، ކަސްޓަމަރުން އެކްޓިވޭޓް ކުރަށްވާ ބޫސްޓަރ ތަކަށް ހިލޭ އިތުރު ޑޭޓާ ލިބޭނީ 30 ޖޫން 2021 ގެ ނިޔަލަށް ކަމަށެވެ.

ދިރާގުން އުންމީދުކުރަނީ، މި ފޯރުކޮށްދީފައިވާ ހިލޭ އިތުރު ޑޭޓާގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބި، ގޭގައި ރައްކާތެރިކަމާއެކު ތިބުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެކަމަށެވެ.

ދިރާގުން މަސައްކަތް ކުރަނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދީ އެންމެ ފުރިހަމަ އަދި އިތުބާރު ހިފޭ ޑިޖިޓަލް ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު