އިންވެސްޓްމެންޓް ފޯރަމް

މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް އަންނަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ދުބާއިގައި ބާއްވަން ސަރުކާރުން ނިންމައިފިއެވެ،

ވިޔަފާރިއާއި އިގްތިސާދު އިތުރަށް ފުޅާ ކުރުމަށް، ރާއްޖޭގެ ހުރި އިންވެސްޓްމެންޓް ފުރުސަތުތަށް ދުނިޔޭގެ އިންވެސްޓަރުންނާއި ހިއްސާ ކުރުމަށް މި ސަރުކާރުން ކޮންމެ އަހަރަކުވެސް ފޯރަމް ދަނީ ބާއްވަމުންނެވެ. މިއީ މި ސަރުކާރުން ބާއްވާ ހަތަރު ވަނަ އިންވެސްޓްމެންޓް ފޯރަމެވެ.

މިފަހަރުގެ ފޯރަމް ވެސް ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށް ހުޅުވިގެންދިޔަ އިތުރު ދޮރުތަކަކައްކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މި ފަހަރުގެ އިންވެސްޓްމަންޓް ފޯރަމް ބާއްވަން ރާވާފައި ވަނީ ތިން  ބަޔަކަށް ބަހާލާއިގެންކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ. އެ ތިން ބައިގެ ތެރޭގައި ހިމެނެނީ ރާއްޖެއާއި ދުބާއީގެ ވަޒީރުން ބައިވެރިވެވަޑައިގެން ބާއްވާ އިފްތިތާޙީ ސެޝަނާއި، ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކާއި މަޝްވަރާކޮށް ވިޔަފާރިތައް ތަޢާރަފްކުރުމަށް ބާއްވާ ސެޝަނާއި ގާލާ ޑިނަރއެކެވެ.

އެންމެ ފުރަތަމަ މި ފޯރަމް ބާއްވާފައިވަނީ ސިންގަޕޫރުގައެވެ. އޭގެ ފަހުން ޗައިނާގެ ބެއިޖިންގއާއި އިންޑިއާއި ނިއުދިއްލީގައިވެސް މި ފޯރަމް ވަނީ ބާއްވާފައެވެ.

Comments are closed.