ސައިންޓިފިކް ދިރާސާތައް ދައްކާ ގޮތުން އިންސާނަކު ހަޔާތުގައި ގާތް ގަނޑަކަށް 64 ލީޓަރުގެ ކަރުނަ ރުއިމުގައި ބާލުވައެވެ. އެހެން ނަމަވެސް އާއްމުކޮށް ހިތްވަރުގަދަކަން ދައްކާ، އިހުސާސްތައް ފޮރުވަން މަސައްކަތް ކުރުމަށް ގިނަ ބަޔަކު ކުރާ ކަމަކީ ނުރޮއެ ހިފަހައްޓާލުމެވެ.

އާންމުކޮށް އެންމެ ގިނަ ބަޔަކު ހިތާމަކުރާ ކަމަކީ ބިޓު ކެޓުމެވެ. ރައްޓެހިވެގެން ލޯބިވެގެން އެތައް ދުުވަހަކު އުޅުމަށްފަހު، އެންމެ ލޯބިވެ، އެތަކެއް އަހުދަކާ ވަހުދުތަކެއް ވެފައިވާ މީހާއާ ރުޅިވުމަކީ ހިތް ފަޅައިގެންދާ ކަމެކެވެ. ހާއްސަކޮށް އެކަމުގެ ހިތާމަ ކުރުމަށް އެތައް ދުވަހެއް ހޭދަކޮށްލައެވެ. ގޭގައި ނުކައި ނުބޮއެ، ކަރުނަ އަޅާ ރުއިމުގައި ހޭދަކޮށްލާ އެތައް ބަޔަކު އެބަތިއްބެވެ.

ދާދިފަހުން ހެދި ދިރާސާތަކަކުން ދައްކާ ގޮތުން، ސްޓްރެސް ބޮޑުވެ ރުއިމަކީ މީހާ ވަރަށް އަވަހަށް ހިއްކާލާ ކަމެކެވެ. ސްޓްރެސް ވުމުގެ ސަބަބުން ދޫކުރާ ހޯމޯނެއްގެ ސަބަބުން ހަށިގަނޑަށް ފެޓްސް އޮބަސާވް ކުރުން ހުއްޓުވާލާފައެވެ. ހަމަ އެގޮތަށް، ކަރުނައިގެ ސަބަބުންވެސް އެ ހޯމޯންގެ ނިސްބަތް ދަށްވެއެވެ. ކޯޓިސަލް ކިޔާ އެ ހޯމޯން މަދުވުމުން ހަށިގަނޑަށް ލިބޭ ސިގްނަލަކީ އިތުރަށް ފެޓްސް އޮބަސާވް ކުރަން ނުޖެހޭ ކަމުގެ ސިގްނަލެވެ. އޭގެ ސަބަބުން މީހާ ހިއްކާލުމަށް އެހީވެދެއެވެ.

ބަރުދަން އިތުރުވުމާއި ފަލަވުމަކީ ގިނަ ބަޔަކަށް ވަރަށް ބޮޑު މައްސަލައެކެވެ. އެހެންނަމަވެސް ބަރުދަން އިތުރުވުމުގެ މައްސަލައަކީ ހައްލެއް ނެތް މައްސައެއް ނޫނެވެ. ހިތްވަރާއިއެކު މަސައްކަތް ކޮށްގެން ބަރުދަން ލުއި ކުރެވިދާނެއެވެ. އެކަމަށް ހައްލެއް ހޯދަން ކުރެވޭނެ ވަރަށް ގިނަ ކަންކަމުގެ ތެރެއިން އެއްކަން އިސްވެ ކިޔައި މިދެވުނީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު ސެކަންޑޭ (ކޮކީ)

    މި އާޓިކަލް ކީޔާލުމުން ހަމަ ރަނގަޅައް ވެސް ރޮވިއްޖެ. މީގެ ދުވަސްކޮޅެއް ކުރިން އަހަރެން ވެސް ހަޔާތުގެ ބައިވެރީޔާ ދޫކޮއްލަން ޖެހުނު. މި އާޓިކަލްގަ ގެނެސްދީފައި ވާނީ ތެދުކަން ގަބޫލްކުރަން.