ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ ފަރާތްތަކަށް ލުޔެއް ހޯދައި ދިނުމަށް މަޝްވަރާކުރެވި، ދެވޭނެ ލުއިތައް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.

ރިސޯޓުތަކުގެ 75 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ. އެޗްޕީއޭއިން އޭޕްރީލް މަހު ދިން ލުއިތަކާއެކު ވެކްސިން ފުރިހަމަ ކޮށްފައި ތިބި ރިސޯޓު މުވައްޒަފުންނަށްވެސް، އޮތީ ކަރަންޓީނަކާއި ނުލައި ރަށްރަށަށް ދަތުރުކުރެވޭ ގޮތަށެވެ.

އޭރު ދަތުރުކުރެވެނީ އާބާދީގެ 60 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ރަށްތަކަށެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތު ގޯސްވުމުން އެއުސޫލު ބަދަލުކުރީ މެއި މަހު އެވެ. މިއަދުން ފެށިގެން އަނެއްކާވެސް ލުއިތަކެއް ދޭން އެޗްޕީއޭއިން ވަނީ ފަށާފައެވެ. ނަމަވެސް މި ފަހަރު ރަށްރަށަށް ދަތުރު ކުރެވޭނީ ކޮވިޑް ބަލި ޖެހި ރަނގަޅުވި މީހުންނަށެވެ. ވެކްސިން ޖެހި މީހުންނަށް ލުޔެއް ދޭން އަދި ނިންމާފައެއް ނުވެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރިސޯޓުގައި "ތާށިވެގެން" ތިބެން ޖެހުމުން ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ދަނީ ޝަކުވާ ކުރަމުންނެވެ. އާއިލާ ކައިރިއަށް ދެވޭނެ ލުއި ފަސޭހަ ގޮތްތަކެއް ހޯދަން މުވައްޒަފުން ދަނީ ތަކުރާރުކޮށް އެދެމުންނެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް "ވަގުތު" އަށް ވިދާޅުވީ، ރިސޯޓުތަކުގެ މުވައްޒަފުންނަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ މުވައްޒަފުންނަށްވެފައި ވެކްސިނޭޓް ކޮށްފައިވާ މުވައްޒަފުންނަށް އާއިލާ ގާތަށް ނުދެވޭ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެ ޝަކުވާތަކަށް ހައްލެއް ހޯދައި މިހާރު އޮންނަ ގޮތަށް ވުރެ ލުއިފަސޭހަ ގޮތަކަށް ކިތަންމެ ކުރު މުއްދަތަކަށްވެސް އާއިލާ ގާތަށް ދެވޭ ގޮތް ހަމަޖައްސައިދޭން އެޗްޕީއޭއާ އެކު މަޝްވަރާ ކުރެވިފައިވާ ކަމަށް މައުސޫމް ވިދާޅުވިއެވެ.

"ރިސޯޓު މުވައްޒަފުންނަށް ވެކްސިނުން މިނިވަންކަން ލިބެންޖެހޭ، އުއްމީދަކީ އަވަހަށް ލުޔެއް ލިބިގެން ދިޔުން" މައުސޫމް ވިދާޅުވިއެވެ.

އެޗްޕީއޭއިން ދޭން ނިންމާފައިވަނީ ކޮން ކަހަލަ ލުއިތަކެއް ކަމެއް މައުސޫމް ވިދާޅެއް ނުވެއެވެ.

ކޮވިޑްގެ ބަލިމަޑުކަމާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރި ނޭދެވޭ އަސަރުގައި އެންމެ ބޮޑު ހީނަރުކަމެއް އައީ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. ބައެއް ރިސޯޓުތަކުގެ އޮޕަރޭޝަންތައް ހުއްޓާލަން ޖެހުމުގެ ސަބަބުން ވަޒީފާތައް ގެއްލި އާމްދަނީ އަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

ރިސޯޓުތަކުގެ މުވައްޒަފުން އާއްމު ގޮތެއްގައި ބަރޯސާވަނީ ސާވިސް ޗާޖަށާއި ލިބޭ ޓިޕްއަށެވެ. މަދު ރިސޯޓުތަކެއްގެ އޮކިއުޕެންސީ ރަނގަޅުވިޔަސް ގިނަ ރިސޯޓުތަކުގެ އޮކިއުޕެންސީ އުޅެނީ 50 އިންސައްތަ ހިސާބުގައެވެ. މިހާރު ރާއްޖޭގެ ފަތުރުވެރިކަން ބޮޑަށް ބަރޯސާވަނީ ދެކުނު އޭޝިޔާގެ މާރުކޭޓަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މޮޔަގޮލާ

    ތިޔަ ލުއި ދިނުން ސޯލިހު ސަރުކާރުގެ "އިންޓަނެޓްއަގުހެޔޮކުރުމަށް" ނުވިއްޔާ ރަނގަޅު!

    12
  2. ރޯނު އެދުރު

    އަޅުގަނޑުގެ ގޭގެ %75 މީހުންވެސް މިތިބީ 2 ޑޯޒް ވެކްސިން ޖަހައިގެން. ކޮން ލުޔެއްތޯ ލިބޭނީ

    16
  3. ރިޒޯޓް ބޯއި

    އަވަސްކުރޭ އޮފްޑޭ 16 ދުވަސް އެބައޮތް ، އަނެއްކާ ބޮޑު އީދު ނިންމާފަ ބަންދު ކުރާނީ

  4. Thoddoo

    ޙުސެއިން ހަލިިިމް

  5. ތެދު

    ޢިތުބާރު ގެއްލިއްޖެ

  6. އިއްބެ

    ބަލަ ރިސޯޓް މުވައްޒަފުން އެކަންޏެއް ނޫނޭ އަހަރުމެން ވެސް މިތިބީ ދެޑޯޒްފުރިހަމަ ކޮށް ވަރަށް މުހިންމު ޒަރޫރީ ބޭނުންތަކުގަ ދަތުރު ނުރެވިފަ.

  7. ނ

    މިސަރުކާރުގެ ބޮޑު އަނގަ ...ބަލަ ..ކޮންމެ މީހަކަށް ވެސް ލިބޭލުޔެއް ލިބެންވާނީ..ރާއްޖޭގެ އެކި ކަންކޮޅުގާ ވަޒީފާ އަދާ ކުރާ އެކި ކަހަލަ މީހުން އެބަތިބި...މޮޔަ ނުގޮވާ

  8. ރިސޯޓް ބޯއިން

    75% އެއްނޫން. ގިނަރިސޯޓް ތަ މުގަ %100 ވަނީ 2 ޑޯޒް ފުރިހަމަ ކޮއްފަ. ޓުވަރިޒަމް މިނިސްޓަރަށް މިވަރުވެސް ނޭގުނީ މާ . ރިސޯޓް ބޯއިން ނާމެދު . ވިސްނާ ވަރު ހާމަވޭ. އެ ކަމު ރިސޯޓް ގަ ވެސް ކަރަންޓީނު. ވަޓް އަ ޖޯ ކް

    3
    1
  9. ރިސޯޓުބޯއީ

    މިނިސްތަރުގެ ގާތު އަހާބަލަ ކޮވިޝީލް އެއްޑޯޒު ފެބްރުއަރީގައި ޖެހި ގޮތަށް އަދި މިއަދާހަމައަށް މިތިބީ ދެވަނަދޯޒެއްގެ އިންތިޒާރުގައޭ. މިހާރު އަނބި ދަރިންގެ ގާތަށް ނުދެވޭތާ 8މަސްވީއްޔޭ. ކިހިނނެތްހޭ ހަދާނީ. ރަށަށް ދިޔަޔަސް ކަރަންޓީނު ވާނެ ތަނެއްނެތޭ. ގޭގަ މުސްކުޅި މާމަ އާއި ިކާފަ އުޅޭތީވެ އެކަމެއްވެސް ވާކަށެއްނެތޭ. ހައިރިސްކު ވިމަ. ހަމައިތުރު ގޮތެއްނެތިހޭ. އަޅެ ތިނޫސްވެރިން ވެސް މިސުވާލު ކޮށްލަދީބަލަ. ނޫނީ އެޗްޕީއޭ ނޫނީ މިނިސްޓަރަށް މިވާހަކަ ގެންގޮސް ދީބަލަ. އާދޭސް ކޮސްފައި މިބުނަނީ..

  10. ބަބޫ

    ދުނިޔޭގެ ހުރިހާ ވެކްސިނެއްވެސް ހިއުމަން ޓަރަޔަލް އަށް ވެކްސިން ޖެހި މީހުނަށް ލާރިދިން. އިންޑިޔާގެ ވެކްސިންގެ ހިއުމަން ޓްރަޔަލް ޖެއްސީ ރާއްޖޭގަ. ދިން ލާރި ކޮބާ؟ ތީގެއިން ވި ފައިދާއަކީ ކޮބާ؟ އަހަރެމެން ބޮޑު ނުރައްކަލަކަށް ވައްޓާލީ. ފަހުން ވާނެ ގޮތެއްނޭގެ. ކޮވިޑް ވެކްސިނަކީ އެމެޖެންސީ ވެކްސިނެއް. ދިރާސާ ނުކުރެވޭ އަދި ކުރަން ޖެހޭވަރަކަށް. ޒިންމާ ނަގަން ޖެހޭނީ ސަރުކާރުން