ރާއްޖޭގެ އެންމެ މަޝްހޫރު އަތަރު ބްރޭންޑް ކަަމަށްވާ އޫދް އަލް ސަބާޔާ އިން ރާއްޖެ އެތެރެކޮށް ވިއްކަމުންދާ އަތަރުތަކުގެ އެކި ވައްތަރުތައް ހއ.ދިއްދޫން ލިބޭ ގޮތް ހަމަޖައްސައިފިއެވެ.

ދިއްދޫގައި ހުންނަ، އޫދް އަލް ސަބާޔާގެ އެޖެންޓަކީ ލިބޭ-3 އެވެ.

ދުނިޔޭގެ މަޝްހޫރު އެކި ބްރޭންޑްތަކުގެ ސެންޓާއި، ޕާފިއުމްގެ އަތަރާއި، ޕާފިއުމް އޮއިލް ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ އޫޑް އަލް ސަބާޔާއިން ރާއްޖެ ގެންނަ އަތަރާއި އަދި އެ މީހުންގެ އަމިއްލަ ގިނަ އުފެއްދުންތައް ލިބޭ ޝޮޕް 3 އިން ލިބޭގޮތް ހަމަޖައްސާފައިވާއިރު، މިއީ އޫދް އަލް ސަބާޔާގެ އަތޮޅު ތެރޭގެ ފަސް ވަނަ އެޖެންޓެވެ.

ކޮވިޑަ-19ގެ މި ހާލަތާއެކުވެސް އޫދް އަލް ސަބާޔާ އިން ވަނީ ރާއްޖެއިން މަޝްހޫރު އެތައް ބްރޭންޑެއްގެ އަތަރް ލިބޭނެ ގޮތް ހަމަޖައްސާފައެވެ. އެގޮތުން ދާދި ފަހުން އޫދް އަލް ސަބާޔާއިން ވަނީ ޓޮމް ފޯޑްގެ ކޮލޭޝަން ރާއްޖެއަށް ތައާރަފްކޮށްފައެެވެ.

އޫދް އަލް ސަބާޔާއަކީ ރާއްޖޭގައި ފުރަތަމަ ސިލްކް ވުޑް ބައި އޯއޭއެސް ޕާފިއުމް އޮއިލް ނެރުނު ކުންފުނިކަން ފާހަގަކޮށްލަން ޖެހެއެެވެ. މިއީ ވަރަށްވެސް މީރުވަސް ދުވާ، ފިރިހެނުންނަށް ހާއްސަ ޕާފިއުމް އޮއިލްއެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

އޫދް އަލް ސަބާޔާގެ މެނޭޖަރ އަހުމަދު ފަޒާލް ވިދާޅުވީ، ކޮވިޑަށްފަހު އަނެއްކާވެސް މަސައްކަތް ކުރަމުން ބޮޑެތި ބަދަލުތަކާއެކު ކުރިއަށް ދިއުމަށް ކަމަށެވެ. އަދި ރިނޮވޭޝަނަށްފަހު އޫދް އަލް ސަބާޔާގެ ހުޅުމާލެ ފިހާރަ އަލުން ހުޅުވަން ތައްޔާރުވަމުންދާކަމަށްވެސް ފަޒާލް ވިދާޅުވިއެވެ.

ދުނިޔޭގެ މަޝްހޫރު އެތައް ވައްތަރެއްގެ އަތަރާއި އޮއިލްގެ އިތުރުން، އަމިއްލަ ވައްތަރުތަކުގެ ލޯޝަނާއި، ޕާފިއުމް، އަދި އަތަރާއި، އެއާ ފްރެޝްނާ ވިއްކަމުން ދާ އޫދް އަލް ސަބާޔާއަކީ ގިނަބައެއްގެ މަގްބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ.

މި ބްރޭންޑްގެ މައި ފިހާރަ ހުންނަނީ މާފަންނު މިރިޔަސް މަގުގައެވެ. އޫދް އަލް ސަބާޔާގެ އެޖެންޓަކަށް ވުމަށް ގުޅާނެ ނަމްބަރަކީ 9495757 އެވެ.

ލިބޭ-03 ފިހާރައިގެ ނަމްބަރަކީ 7803003 އެވެ.