އެމެރިކާގެ ރައީސް ޖޯ ބައިޑެން އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށައަޅާފައިވާ ޓެކުހާ ބެހޭ ބިލް ފާސްވުމުން އެޤައުމުގެ އެންމެ މުއްސަންދި މީހުންގެ އަތުން ޓެކުހުގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ޢަދަދު 1.5 މިލިއަން ޑޮލަރު (23.1 މިލިއަން ރުފިޔާ) އަށް އިތުރުވެގެންދާނެ އެވެ.

ޖޯ ބައިޑެން ހުށައަޅާފައިވާ "ހިއުމަން އިންފާސްޓްރަކްޗަރ" ބިލް ފާސްވުމާއި އެކު އެޤައުމުގެ މުއްސަންދިންގެ ގޮތުގައި ހިމެނޭ ފަރާތްތައް، އާމްދަނީގެ ގޮތުގައި އަހަރަކު 3.6 މިލިއަން ޑޮލަރު ނުވަތަ އެއަށްވުރެ ގިނައިން ފައިސާ ލިބޭ ފަރާތްތައް 1.56 މިލިއަން ޑޮލަރު ދައުލަތަށް ދައްކަން ޖެހޭނެ އެވެ.

ނަންޕާޝިއަން އާބަން ބްރޫކިންސް ޓެކްސް ޕޮލިސީ ސެންޓަރ އިން ބުނީ މި ބިލާއި އެކު މުއްސަންދިންގެ ގޮތުގައި ހިމެނޭ 0.1 އިންސައްތަ މީހުންނަށް އަހަރެއްގެ މައްޗަށް 16.8 އިންސައްތައިގެ ގެއްލުމެއް ޓެކުހުގެ ސަބަބުން ލިބޭނެ ކަމަށެވެ.

ބައިޑެން ހުށައަޅާފައިވާ ޓެކްސް ޕޮލިސީ ބުނާގޮތުގައި އެމެރިކާގެ 1 އިންސައްތަ މީހުން އަތުން އަހަރެއްގެ މައްޗަށް ޓެކުހުގެ ގޮތުގައި ދައުލަތަށް 213،530 މިލިއަން ޑޮލަރު (3.2 މިލިއަން ރުފިޔާ) އަދި 4 އިންސައްތަ މީހުންގެ އަތުން 5090 މިލިއަން ޑޮލަރު ދައުލަތަށް ލިބޭނެ އެވެ.

ރައީސް ބައިޑެން ވިދާޅުވީ މެދުފަންތީގެ އާމްދަނީއެއް ލިބޭ ފަރާތްތަކާއި އެއަށްވުރެ ދަށުން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ޢަދަދު އިތުރުނުކުރާނޭ ކަމަށެވެ.

އެމެރިކާގެ ރިޔާސަތާއި ބައިޑެން ހަވާލުވިފަހުން އޭނާ ގެންދަވަނީ އެޤައުމުގެ ދަށުފަންތީގެ ފަރާތްތަކަށް ބޭނުންވާ އަސާސީ ހައްގުތައް ހޯއްދަވައިދެއްވުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންކަން ފާހަގަ ކުރެވެ އެވެ. އެގޮތުން ހިލޭ ކިޔެވުމުގެ ފުރުސަތު ފަހިކުރުމާއި އުމުރުން ދުވަސްވީ ފަރާތްތައް އަދި ހާއްސަ އެހީއަށް ބޭނުންވާފަރާތްތައް، ދަށް ފަންތި އާއި މެދު ފަންތީގެ އާމްދަނީއެއް ލިބޭ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެމެރިކާގެ މުއްސަނދިން އަތުން ނަގާ ޓެކްސް ބޮޑުކުރަން ބައިޑެން މަސައްކަތް ކުރާއިރު އެމެރިކާގެ އެންމެ މުއްސަނދިން ޓެކްސްއަށް މަކަރު ހަދާ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު