ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

މިރާ އިން ކުރި އިއުލާނެއްގައި ވަނީ އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަށް ލާޒިމުކޮށްފައިވާ ޓެކްސްތައް ފިޔަވައި، އެނޫން ޓެކްސްތަކުގެ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިތަކާއި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ދެއްކުމުގެ ސުންގަޑިތަކުގެ ތެރެއިން 27 މޭ 2021 އިން ފެށިގެން 10 ޖުލައި 2021 އާ ދެމެދު އައިސްފައިވާ ނުވަތަ އަންނަ ސުންގަޑިތައް މި މަހުގެ 11 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.

ސުންގަނޑި ފަސްކޮށްފައިވާއިރު، ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ކަންތައްތައް ހަމަޖެއްސުމަށް މީރާއިން އިލްތިމާސްކުރެއެވެ.

މީރާއަށް ދައްކާ އެންމެހާ ޓެކުހާއި އެހެނިހެން ފައިސާ އަދި ހުޝަހަޅާ ޓެކްސް ބަޔާންތައް އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާކަން މީރާއިން ފާހަގަ ކޮށްފައިވެއެވެ. އަދި ކޮވިޑާއި ގުޅިގެން އިޖްތިމާއީ ގައިދުރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމާއި، ކޮވިޑް ވޭދަނަތައް ކޮންޓްރޯލް ކުރުމަށް މުހިންމުކަމެއް ދިނުމުގެ ގޮތުން އެންމެހައި ފަރާތްތަކުން އޮންލައިންކޮށް މީރާގެ ހިދުމަތް ހޯދުމަށް މީރާއިން އިލްތިމާސް ކުރެއެވެ.

މީރާއިން އެދެނީ ސުންގަޑިއާއި ގުޅިގެން ނުވަތަ މީރާއިން އިތުރު އެއްވެސް މުއާމަލާތަކާއި ގުޅޭގޮތުން މައުލޫމާތު ހޯއްދެއްވުމަށް ބޭނުންވާ ފަރާތްތަކުން، ރަސްމީގަޑީގައި މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވުމަށް ނުވަތަ ވައިބަރ ނަންބަރު 9821415 އަށް މެސެޖްކުރެއްވުމަށެވެ.