ރާއްޖޭގެ ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަން އިން އެ ކުންފުނީގެ 11 ވަނަ ސީޕްލޭން މިއަދު ރާއްޖެ ގެނެސްފިއެވެ.

މިއީ ސްވިޒަލޭންޑުން ރާއްޖެ ގެނައި ސީޕްލޭނެކެވެ.

މީގެއިތުރުން މި މަހުގެ މެދުތެރޭގައި ވެސް އިތުރު ސީޕްލޭނެއް ގެންނަން މޯލްޑިވިއަން އިން ވަނީ ނިންމާފައެވެ. މޯލްޑިވިއަން އިން ހާމަކުރާ ގޮތުގައި ފްލީޓަށް އިތުރުކުރާ ދެ ސީޕްލޭނަކީ ވެސް ޓްވިން އޮޓަރ އެއާކްރާފްޓެކެވެ.

ސީޕްލޭން އޮޕަރޭޝަންތައް ހަރުދަނާކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާއިރު މޯލްޑިވިއަން އިން އެކަމުގެ އޮޕަރޭޝަންތައް ފުޅާކުރުމަށް އިތުރު ބޯޓުތައް އަންނަނީ ގެންނަމުންނެވެ.

ހަމައެހެންމެ، މޯލްޑިވިއަންގެ އެހެން އުދުހުންތަކުގައި ބޭނުންކުރުމަށް އަންނަ އަހަރު އެކުންފުނިން، ޑޭޝް-8 މަރުކާގެ އެހެން ބޯޓެއް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށް ވެސް ދާދިފަހުން މޯލްޑިވިއަން އިން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގައި މޯލްޑިވިއަންގެ އިތުރުން ޓްރާންސް މޯލްޑިވިއަން އިން ވެސް ސީޕްލޭންގެ ހިދުމަތް ފޯރުކޮށްދެއެވެ.

 

ADS BY ASTERS

2 ކޮމެންޓް

  1. ކޮބާ ކަނދު

    • ކަނދު ހަރުކުރާނީ ދެތިން ފަހަރަކު މޫދުގަ ޖައްސާ ޓެސްޓް ކޮށްފައެއްނު... ހެހެ