ޅ. ނައިފަރަށް އުފަން އުމުރުން 21 އަހަރުގެ މަރިޔަމް ޝިފާ މަޝްހޫރުވެގެން އައީ ޓިކްޓޮކުން ކަމަށްވީ ނަމަވެސް އޭނާއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތައް ހުނަރަކުން އާންމުންގެ ސަމާލުކަން ހޯދި ފަންނާނެކެވެ. އުމުރުން 17 އަހަރުން ފެށިގެން ފިލްމީ ދާއިރާގެ އެކި މަސައްކަތްތަކުން ފެށި ޝިފާއަކީ ނެށުމާއި އެކްޓިންގެ ހުނަރު ހުރި ކުޅަދާނަ ފަންނާނެކެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޝިފާ ވަނީ ބުރުގާ އަޅާ އެއީ އޭނާގެ ހަޔާތުގެ އާ ފެށުމެއް ކަމަށް ބުނެފައެވެ.

ނަމަވެސް މިހިސާބުން އޭނާ ފިލްމީ ދާއިރާއާ ދުރަށް ދިޔައީކަން ނުވަތަ ނޫންކަން ސާފުކޮށްދީފައެއް ނުވެއެވެ. ނަމަވެސް އަދިވެސް އޭނާ ދަނީ ޓިކްޓޮކް ވީޑިއޯތައް އާއްމުންނާ ހަމައަށް ގެންސްދެމުންނެވެ.

ޝިފާ އިއްޔެ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނެފައި ވަނީ ސާދާ ހަޔާތަކަށް އޭނާ ލޯބިކުރާ ކަމަށެވެ. އަދި ހަޔާތުގައި ވާ ކަންކަން ގިނަ މީހުންނަށް އެނގެން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މީގެ ކުރިން ޝިފާއަކީ އޭނާ ކަންކަމުގައި ދެކޭ ގޮތް ވަރަށް ސާފުކޮށް ހާމަކަން ބޮޑުކޮށް ބަޔާން ކުރާ ފަންނާނެކެވެ. އަބަދުވެސް ޝިފާއާ ސުވާލެއް ކޮށްފި ނަމަ އޭނާ އެ ސުވާލަކަށް ޖަވާބުދެނީ ވީހާވެސް ތެދަށް ކަން ފާހަގަކުރެވެއެވެ. އެގޮތުން އެއީ ކިތަންމެ ދައްކަން އުނދަގޫ ވާހަކައެއް ކަމަށްވީ ނަމަވެސް އޭނާ ތެދަށް ކަން އޮތް ގޮތަށް ނޫނީ އޭނާ އަށް ފެންނަ ގޮތް ހާމަކުރެވޭތޯ ބަލައެވެ.

ނަތީޖާ އަކީ ޝިފާ މިގޮތަށް ދައްކާ ބައެއް ވާހަކަތަކުން އޭނާ ހޫނުފެނަށް ވެއްޓުން ގިނަ ވުމެވެ. ވަރަށް ގިނަ ފަހަރު ޝިފާ ދައްކާ ވާހަކަތަކުގެ ސަބަބުން އާއްމުންގެ ފާޑުކިޔުމާ އޭނާ އަށް ކުރިމަތިލާން ޖެހެއެވެ. އެގޮތުން މީގެ ކުރިން ރިއަލިޓީ ޓީވީ ޝޯއެއްގައި އޭނާ ފިލްމީ ތަރި މަނިކަށް ނިސްބަތްކޮށް އެއީ އުމުރުން ދުވަސްވީ މީހެއް ކަމަށް ބުނުމާއި ޓިކްޓޮކްގައި ފާޑުކިޔާ މީހުންނަށް ސަމާލުކަމެއް ނެތް ކަމަށް ބުނުމާއި، ޝިފާމެންނަށް ފާޑުކިޔަނީ މަޝްހޫރުވުމުން ކަމަށް ބުނުމުގެ އިތުރުން ދިވެހިންގެ ވިސްނުން ހުންނަ ގޮތް ކަމަށް ބުނެ ދެއްކި ވާހަކަތަކަށް އާއްމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. 😂😂

    🤭🤭

    6
    1
  2. ހުސޭނުބޭ

    ކޮން ޝިފާއެއް؟ ތިއީ ޝިފާޒާ

    13
    1
  3. ކާއި

    ޝިފާ؛(ހަޔާތުގަ ހިނގާ ކަންކަން މީހުންނަށް އެނގެން ބޭނުމެއް ނޫން.) އެހެންތަ؟؟؟އެކަމަކު ވަގުތު ނޫހުގަ ޝިފާގެ ވާހަކަތައް މިއޮންނަނީ އަބަދުވެސް..

    15
    2
  4. ކައިޒީން

    އަދި މަށަށް ވާން ތެޅިފިއެއް ނު

    5
    1
  5. ބި ކ ރީ

    ހަޔާތް މިހާ ހިސާބަށް ކަޑައްތު ކުރީ ޓިކްޓޮކާއި އެކީ@ މިހާރު މީނަ ކިޔާ އެއްޗެއް ސާފެއް ނޫން

  6. Anonymous

    އަމިއްލަޔަކައް ނޫންތަ ތިޔަ އިސްތިހާރު ވަނީ...🤔