ރާއްޖެއަށް އެންމެ ފަހުގެ ބްރޭންޑްތަކުގެ އަތަރާއި، އަމިއްލަ ބްރޭންޑްތަކުގެ އަތަރު ތައާރަފް ކުރަމުން އަންނަ ރާއްޖޭގެ ފުރަތަމަ އަތަރް ބްރޭންޑް އޫދް އަލް ސަބާޔާއިން ފިިރިހެނުންނަށް ހާއްސަ އިންވިކްޓަސް ވިކްޓޮރީ ބައި ޕަކޯ ރަބޭންގެ އަތަރު ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

މިއީ މި ވައްތަރުގެ އަތަރް ރާއްޖެއަށް ތައާރަފްކުރި ފުރަތަމަ ފިހާރައެވެ. މިއީ މި އަހަރު ތެރޭގައި ނެރުނު އެންމެ ފަހުގެ ސެންޓުގެ އަތަރުކަން ފާހަގަކޮށްލަން ޖެހެއެވެ.

އޫދް އަލް ސަބާޔާއިން ބުނީ، މި ވައްތަރުގެ އަތަރް މިރޭ 8:00 އިން ފެށިގެން އޫދް އަލް ސަބާޔާގެ މާލެ ފިހާރައިން ލިބޭނެ ކަމަށެވެ.

އޫދް އަލް ސަބާޔާއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި އަތަރް ބްރޭންޑެކެވެ. އެ ބްރޭންޑްގެ އަމިއްލަ އުފެއްދުންތަކުގެ ތެރޭގައި އަތަރް، ލޯޝަން، އަދި އެއާ ފްރެޝްނާ ހިމެނެއެވެ.

އޫދް އަލް ސަބާޔާގެ މެނޭޖަރ އަހުމަދު ފަޒާލް ވިދާޅުވީ، ކޮވިޑް-19ގެ ހާލަތު ރަނގަޅުވަމުންދާއިރު، ކުރިއަށް އޮތް ތަނުގައި މާކެޓަށް ނެރެމުންދާ ފަހުގެ އުފެއްދުންތައް ރާއްޖެއިން ލިބޭނެ ގޮތް ވާނެ ކަމަށެވެ. އަދި އީދަަށް ހާއްސަކޮށް އުފެއްދުންތައް ނެރުމަށްވެސް ތައްޔާރުވަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބްރޭންޑްގެ މައި ފިހާރަ ހުންނަނީ މާފަންނު މިރިޔަސް މަގުގައެވެ. އޫދް އަލް ސަބާޔާގެ އެޖެންޓަކަށް ވުމަށް ގުޅާނެ ނަމްބަރަކީ 9495757 އެވެ.