އޮޅުވާލައިގެން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ހިދުމަތް ދެމުންދިޔަ މާލެ ސަރަހައްދުގެ އިތުރު ގެސްޓް ހައުސްއެއްގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ސަސްޕެންޑްކޮށްފިއެވެ.

މިއީ އެ މިނިސްޓްރީން ސަސްޕެންޑް ކުރި މާލެ ސަރަހައްދުގެ ހަތަރު ވަނަ ގެސްޓް ހައުސްއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ދެކުނު އޭޝިއާގެ ފަތުރުވެރިންނަަށް ހިދުމަތް ދިނުމުގައި އޮންނަ އުސޫލަށް އަމަލު ކުރަމުންދޭތޯ ބެލުމަށް މިހާރު އެ މިނިސްޓްރީން ކުރިއަށްގެންދާ އިންސްޕެކްޝަންތަކުގައި އެ މިނިސްޓްރީން މާލެ ސަރަހައްދުގެ އިތުރު ގެސްޓް ހައުސްއެއްގެ ހުއްދަ ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި އެ ހުއްދަ ސަސްޕެންޑްކޮށްފައި ވަނީ އެޗްޕީއޭ އާއި ޓޫރިޒަމް މިނިސްޓްރީގެ ގައިޑްލައިންގައިވާގޮތުގެ މަތިން އަމަލު ނުކޮށްގެން ކަމަށް ވިދާޅުވިއެވެ.

އިއްޔެ އެ މިނިސްޓްރީން ސަސްޕެންޑްކޮށްފައި ވަނީ ހުޅުމާލޭގައި މާލޭގައި ހިންގަމުންދާ ތިން ގެސްޓް ހައުސްއެއްގެ އޮޕަރޭޓިންގ ލައިސަންސްއެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިން މާލޭގައި މަޑުކުުރުމަށް ހުއްދަ ދީފައި ވަނީ ވަކި އުސޫލެއްގެ ދަށުންނެވެ. އެގޮތުން އެފަދަ ފަތުރުވެރިންނަށް މާލޭގެ ގެސްޓްހައުސްތަކުގައި މަޑުކުރެވޭނީ ފުރުމަށްޓަކައި ޓްރާންސިޓްވުމަށެވެ. އެއީ އެ ފަތުރުވެރިން 48 ގަޑިއިރަށްވުރެ އިތުރު ނުވާ ގޮތަށް ތިބުމަށް ދީފައިވާ ހުއްދަ އެކެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކިން ކުރުމަށް ހުޅުވާލަން ނިންމާފައި ވަނީ ޖުލައި 30 ވަނަ ދުވަހުއެވެ.