އަތުކުރީ ގަޑީގެ ދިވެހި ފުރަތަމަ ބްރޭންޑް ކަމަށްވާ މޯލްޑިވްސް ވޭވް އިން އެކުންފުނިން ވިއްކާ ގަޑިތަކުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށް ދެގަޑިއަރަށް ފްލޭޝް ސޭލެއް މިރޭ ބާއްވަން ތައްޔާރުވެއްޖެއެވެ.

މޯލްޑިވްސް ވޭވްގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މޯލްޑިވްސް ވޭވް އިން ކުރިއަށް ގެންދާ ފްލޭޝް ސޭލްގައި މިރޭ ދެގަޑިއަރަށް އެކުންފުނިން ވިއްކާ ހުރިހާ ގަޑިތަކެއް -/1999 ރުފިޔާއަށް ލިބޭނެ ކަމަށެވެ. މިޕްރޮމޯޝަންގައި އަގުހެޔޮކޮށް ވިއްކާ ގަޑިތަކުގެ ތެރޭގައި އެންމެ ފަހުން މިހަފްތާގައި ތައާރަފްކުރި ލިޔެލާ ކަލެކްޝަންގެ މަޑި ސީރީސްގެ ގަޑި ވެސް ހިމެނެއެވެ.

މިރޭ އަގުހެޔޮކޮށް ވިއްކާ ގަޑިތައް އާއްމު ގޮތެއްގައި ވިއްކަމުން ގެންދަނީ -/4500 ރުފިޔާ އާއި -/6000 ރުފިޔާ އާއި ދެމެދުގެ އަގެއްގައެވެ.

ފްލޭޝް ސޭލް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިރޭ 20:00 އިން 22:00 އަށެވެ. ފްލޭޝް ސޭލްގައި ބައިވެރި ވެވޭނީ ހަމައެކަނި މޯލްޑިވްސް ވޭވްގެ ޝޯރޫމަށް ޒިޔާރަތް ކޮށްގެންނެވެ. މި ސޭލްގައި އޮންލައިންކޮށް ގަޑި ވިއްކުމަށް ހަމަޖެހިފައެއް ނުވެއެވެ.

މޯލްޑިވްސް ވޭވްގެ ޝޯރޫމް ހުންނާނީ ޗާންދަނީ މަގުގެ ޓޫރިސްޓް ފިހާރަތައް ހުންނަ ސަރަހައްދުގައެވެ.

މޯލްޑިވްސް ވޭވް އަކީ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ. މި ބްރޭންޑުގެ ގަޑިތަކަކީ ދިވެހިންގެ އާދަކާދަ އާއި ގުޅޭގޮތައް ޑިޒައިންކޮށް ތައްޔާރު ކޮށްފައިވާ ގަޑިތަކެވެ. މޯލްޑިވްސް ވޭވް އިން ވިއްކާ ގަޑިތަކަށް ތިން އަހަރާއި ފަސް އަހަރު ދުވަހުގެ އިންޓަނޭޝަނަލް ވޮރެންޓީ ލިބޭނެއެވެ. މޯލްޑިވްސް ވޭވްގެ ގަޑިތަކަކީ 50 މީޓަރުގައި ވޯޓާ ރެސިސްޓެންސް ގަޑިތަކެކެވެ.

 

View this post on Instagram

 

A post shared by Maldives Wave (@maldiveswave)

މޯލްޑިވްސް ވޭވްގެ އެމްބެސަރުންގެ ގޮތުގައި އަލީ އަޝްފާގު، އިބްރާހިމް ޝަލަބީ، މަރިޔަމް ވަހީދާ، ފާތިމަތު ނަބީހާ ޢަބްދުލްރައްޒާގް އަދި ފާތިމަތު ނަބާހާ ޢަބްދުލްރައްޒާގް ހިމެނެއެވެ.