ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ފަތުރުވެރިކަމުގެ ދާއިރާ ވަރަށް ބޮޑަށް ކުރިއަރަން ފަށައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް އެންމެ ގިނަ އިން ފަތުރުވެރިން އަންނަނީ ރަޝިއާ އިންނާއި އިންޑިއާ އިންނެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޖަރުމަނުންނެވެ. މި އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ މާކެޓްގެ %24.3 ހިއްސާ ކުރަނީ ރަޝިއާއެވެ. އަދި %16.5 ހިއްސާ ކުރަނީ އިންޑިއާއެވެ. ޖަރުމަނު ހިއްސާ ކުރަނީ %5.5އެވެ.

ތަފާސް ހިސާބުތަކަށް ބަލާ އިރު، މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އަށް 4،614 ފަތުރުވެރިން އައިސްފައިވެއެވެ. އަދި އިއްޔެ އެކަނި ވެސް 4،818 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އިއްޔެއަކީ ޖުލައި މަހުގެ މިހާތަނަށް އެއް ދުވަސްތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ދުވަހެވެ.

ކޮޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން، 2019 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު، އެ އަހަރު ވެސް ޓޫރިސްޓުން ޒިޔާރަތްކުރި އެއް ދުވަހުގެ އެވަރޭޖަކީ 4،713 އެވެ. މިދިޔަ ހޮނިހިރު ދުވަހުގެ އަދަދާ އެކު، މިހާރު ވަނީ މި ރިކޯޑު މުގުރާލައިފައެވެ.

އެއީ މިއަހަރުގެ އެއް ދުވަހުގެ އެވަރޭޖަށް ވުރެ ދެ ގުނަ އިތުރު އަދެދެކެވެ.

އިއްޔެ ރެކޯޑާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު ވަނީ 564،228 އަށް އަރައިފައެވެ. މިދިޔަ އަހަރު ރާއްޖެ އައިސްފައި ވަނީ 555،494 ފަތުރުވެރިންނެވެ. މިއާއެކު، މިދިޔަ އަހަރުގެ ރިކޯޑު ވެސް މި ވަނީ މުގުރާލައިފައެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ގެނައުމަށެވެ.

ކޮވިޑް-19 ގެ ބަންދުތަކާ ހެދި ބައެއް ގައުމުތަކުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރި ކުރުން ނިމުމަކަށް ގެނައުމާއެކު ކުރިއަށް އޮތް ދެ މަހަކީ ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ދުވަސްތަކެއް ގޮތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. ދެކުނު އޭޝިޔާގެ ގައުމުތަކުގައި ކޮވިޑްގެ އާ ވޭރިއަންޓެއް ފެތުރި ހާލަތު ގޯސްވަމުންދާތީވެ އެ ގައުމުތަކުން އަންނަ ފަރާތްތަކަށް ޓޫރިސްޓު ވިސާ ދިނުން ހުއްޓާލުމަށް ފަހު، އެ ނިންމުން އުވާލި ކަން ސަރުކާރުން އިއުލާން ކުރީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ.

ދެކުނު އޭޝިޔާގެ ފަތުރުވެރިންނަށް ޓޫރިސްޓު ވިސާ ދޫކުރަން ނިންމާފައިވާ އިރު، އިންޑިއާ އިން ރާއްޖެ އަށް އަލުން ފަތުރުވެރިން އަންނަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ފަތުރުވެރިންނަށް، ރާއްޖެ އެތެރެވެވޭނީ ކުރިންވެސް އަމަލުކުރަމުން އައި ގޮތަށް ނެގެޓިވް ޕީސީއާރް ނަތީޖާއާ އެކުއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން %75 މީހުން ދަނީ ރިސޯޓުތަކަށެވެ. އަދި %16 މީހުން ގެސްޓްހައުސްތަކަށް ޗުއްޓީ ހޭދަކުރަން ދާއިރު، ސަފާރީ ފަދަ އުޅަނދުތަކަށް %6 އަދި ހޮޓެލްތަކަށް %3 މީހުން ޗުއްޓީ ހޭދަކުރަން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޔޫޒުޑްޓުލައި

    މިދިޔަ އަހަރުގެ ޖުމުލަ އަދަދަށް ވުރެ ގިނަ ޓޫރިސްޓުން މިހާތަނަށް އަތުވެއްޖެ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މިދިޔަ އަހަރަކީ ތަމެން ރާއްޖެ ބޯޑަރު ބަންދުކޮށްގެން އުޅުނު އަހަރު ނޫންތޭ ތަމެންގެ ދެއުއިޅި އެއް ނުވާ ކައްޕަޅި ސަރުކާރުގެ ކައްޕަޅި ކަމުންނޭ ރާއްޖޭގެ ބޯރޑަރު އެއްކޮށް ބަންދުކޮށް ރާއްޖޭގެ ހުރިހާ ރިސޯރޓްސް ތައް ވަގުތުން ޝަޓް ޑައުން ކުރާނީ މީގެ ސަބަބުން އިއާދަ ނުކުރެވޭނެ ބޮޑު އިގްތިސާދީ ގެއްލުން ރާއްޖޭގެ އިގްތިސާދަށް ވެއްޖެއޭ ޔޫ ޑޯން ސީމް ޓު ނޯ ދިސް ދޯ ވެލް ޔޫ ކުޑުންޓް ބީ ދަ ޗޯސެން ވަން ދޯ...

  2. އައިފީލް

    ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އެގްރިގޭޓް ކޮށް ކަލްކެއް ހަދާނަމަ ގެސްޓް ހައުސް ތަކަށް ވެސް އެންމެ ގިނައިން އަންނަނީ ޗައިނާ މީހުންނޭ އަދި ރިސޯރޓްސް ތަކަށް ވެސް ގިނައިން ފްލަޑް ވަނީ ޗައިނާ މީހުންނޭ އެކަމަކު ޗައިނާ އިން އެންމެ ޓޫރިސްޓެއް ވެސް ރާއްޖެ އަށް ނާދެއޭ މީގެ ހުރިހާ މައްސަލަ އަކީ މިސަރުކާރުން ޗައިނާ އާއި ނެކް ޓު ނެކް ޖައްސާލުމުން ޗައިނާ އިން ގެސްޓުން ރާއްޖެ ގެނައުން ހުއްޓާލީއޭ ވެލް ޔޫ ދިސް އެޑްމިނިސްޓްރޭޝަން ޑޯން ސީމް ޓު ކެއަރ ދި އިކޮނޮމީ ދޭ ހޭވް ނޯ ލަކް ދިސް އިޒް ހައު އައި ފީލް...

    3
    1
  3. ހަސަން

    އއއއިންޑިޔާ ފަތުރުވެރިންނުކިޔާ . ކަރަންޓީނުވާން އަންނަބައެއް