ސޮއްޓިބިޒްގެ ހުސްކުރާ ސޭލްގެ ދަށުން ޕެކިން ރޯލް ގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފިއެވެ.

މި ސޭލްގެ ދަށުން ޕެކިން ރޯލްގެ އެއް ކިލޯ އެންމެ 145ރ. އަށް ލިބޭނެއެވެ.

ޕެކިން ރޯލަކީ އާއްމުކޮށް ތަކެތި ޕެކް ކުރާއިރު ބޭނުން ކުރާ އެއްޗެކެވެ. މިއީ ޓޭޕުގެ ބަދަލުގައި ވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ.

މި ރޯލް ޑިޒައިން ކޮށްފައިވަނީ ގިނަ ތަކެތި އެއްކޮށް ބަންދު ކުރާވަގުތު އެތަކެތީގެ ފުރިހަމަ ރައްކާތެރިކަން ޔަގީން ކުރެވޭ ގޮތަށެވެ. އެގޮތުން މި ރޯލް ބޭނުން ކޮށްގެން ބިއްލޫރިއާއި އަންނައުނާއި ވކަރު ފަދަ ތަކެތި ވެސް ޕެކު ކުރެވޭނެއެވެ.

ޕެކިން ރޯލްގެ އެންމެ ތަފާތު އެއް ކަމަކީ ވޯޓާ ޕްރޫފްވުމެވެ. ބައެއްފަހަރު ޓޭޕު ބޭނުން ކޮށްގެން ބަންދު ކޮށްފައި ހުންނައެއްޗަކަށް ފެން އެޅުމުން ޓޭޕުގެ ތެރެއިން ބަންދުކޮށްފައި ހުންނަ އެއްޗަކަށް ފެނުގެ އަސަރު ފޯރައެވެ. ނަމަވެސް ޕެކިން ރޯލް ބޭނުން ކޮށްގެން ބަންދު ކުރުމުން ފެން އެޅުނަސް އޭގެ އަސަރު ބަންދުކޮށްފައި ހުންނަ އެއްޗަކަށް ނުކުރާނެއެވެ.

މި ރޯލުތައް ހުންނާނީ ކާބޯތަކެތި ރައްކާތެރިކުރުމަށް ބޭނުންކުރާ ފިލްމު ގޮތަށެވެ.

ސޮއްޓިބިޒް އިން މި ރޯލުގެ އެކި ސައިޒުތައް ލިބެން ހުންނާނެއެވެ. މީގެ ތެރޭގައި 3،4،5،6،7،8، އަދި 10 އިންޗި ހިމެނެއެވެ.

އެ ފިހާރައިން ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތް ކުރިމަތީގައި ހުންނަ ސޮއްޓިބިޒް ފިހާރައަށް ޒިޔާރަތް ކޮށްގެން ނުވަތަ 7449955އަށް ގުޅައިގެން ވިޔަފާރި ކުރެވޭނެއެވެ. އެ ފިހާރައިން އޯދަރު ކުރާ ތަކެތި ބޯޓުތަކަށް ވެސް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.