ސޮއްޓިބިޒް އިން ވިއްކާ އެލުމީނިއަމް ފޮއިލް ޕާރުސަލް ތަށި ވަރަށް ބޮޑަށް އަގުހެޔޮކޮށް، ހުސްކުރާ ސޭލް ފަށައިފިއެެވެ.

ސޮއްޓި ބިޒް އިން ބުނީ، އެލުމީނިއަމް ފޮއިލް ޕާރުސަލް \ބޮޑުތައްޓެއް އެއް ރުފިޔާ 60 ލާރި އަށް މިހާރު ލިބޭނެ ކަަމަށެވެ.

މި ޕާރުސަލް ތައްޓަކީ އާއްމުކޮށް ކާބޯތަކެތި އެޅުމަށް ބޭނުން ކުރާ ތަށިތަކެވެ. އެގޮތުން، އެކި ރެސްޓޯރެންޓުތަކާއި ގޭގައި ކާބޯތަކެތި ތައްޔާރު ކުރާ ކުދި ވިޔަފާރިތަކުން ޑެލިވަރީ ކުރުމުގައި މިފަދަ ތަށި ބޭނުން ކުރެއެވެ.

މި ވައްތަރުގެ ތަށިތަކަކީ އެއްގެއިން އަނެއް ގެއަށް ކާބޯތަކެތި ގެންދިއުމަށާއި ހާލުގައި ޖެހިފައިވާ މީހުންނަށް ބަތް ޕާރުސަލް ތައްޔާރު ކުރުމުގައި ވެސް ބޭނުން ކުރާ ބާވަތުގެ ތަށިތަކެވެ.

މި ތަށިތައް ލިބެން ހުންނާނީ ޗާންދަނީ މަގުގައި ހުންނަ ސޮއްޓިބިޒް ފިހާރައިންނެވެ. އެ ފިހާރައިން އޯޑަރު ކުރުމުން މާލޭގެ ކޮންމެ ތަނަކަށް އަދި ބޯޓުތަކަށް ވެސް ހިލޭ ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދޭނެއެވެ.

ސޮއްޓިބިޒް އިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް 7750004އަށް ވައިބާ ކޮށްގެން ޕްރޮޑަކްޓްތަކާއި ބެހޭ މައުލޫމާތު ހޯދައި ވިޔަފާރި ކުރެވޭނެއެވެ.