ދެހާސް ފަސްސަތޭކަ ޓަނުގެ މަސް ފިނި ކޮށްގެން ދަތުރު ކުރެވޭ ބޯޓެއް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް (މިފްކޯ) އިން ގަނެފިއެވެ.

ކްލަބް ހައުސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމެއްގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ އެ ކުންފުނިން މިފަހަރު ގެނައި 2500 ޓަނުގެ މި ބޯޓަކީ މަސް ހިފައިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރު ކުރާ ބޯޓެއް ކަމަށާއި އެ ބޯޓުގެ ސަބަބުން މަސް ނުކިރިގެން މަސްވެރިން އުފުލަން ޖެހޭ ދަތިކަމަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.

ތައިލެންޑްގެ ކުންފުންޏަކުން އޮޕަރޭޓްކުރަމުން ދިޔަ، ދިގުމިނުގައި 98 މީޓަރު، ފުޅާމިނުގައި 13.6 މީޓަރުގެ ބޯޓަށް ދީފައިވާ ނަމަކީ "ޖަޒީރާ ރީފާ" ބޯޓުއެވެ. މި ބޯޓު ރާއްޖެ ގެނައީ އިއްޔެގެ ވަގުތެއްގައެވެ. މި ބޯޓު ގަތީ 1.8 މިލިއަން ޑޮލަރަށް (27.8 މިލިއަން ރުފިޔާ) އަށެވެ.

މި ބޯޓަކީ، ކުރިން ވެސް ކުރިން އޮޕަރޭޓްކުރަމުން ދިޔަ ކުންފުނިން ބޭނުންކުރަމުންދިޔަ، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ބޯޓެއް ކަމަށްވެއެވެ.