ހއ. ދިއްދޫގައި ހުންނަ ”ލިބޭ“ ފިހާރަ އިން ބޮޑު އިނާމުތަކެއް ލިބޭ ތަފާތު ޕްރޮމޯޝަނެއް ފަށައިފިއެވެ.

ފިހާރަ ހުޅުވި ދުވަހުން ފެށިގެން އަބަދު ވެސް ތަފާތު އެކި ޕްރޮމޯޝަންތައް ކުރިއަށް ގެންދާ "ލިބޭ" ފިހާރަ އިން މިފަހަރު ފެށި ޕްރޮމޯޝަނުގައި 100 ރުފިޔާ އިން މަތިން ވިޔަފާރި އެއް ކުރުމުން ފިހާރަ ތެރޭގައި ހުންނަ އަލަމާރި އެއްގެ ތަޅު ހުޅުވަން ތަޅުދަނޑިތަކެއް ލިބޭނެއެވެ.

މި ތަޅުދަނޑި ފަތީގައި އަލަމާރީގެ ތަޅުތަނޑިތަކުގެ އިތުރުން އެނޫން ތަޅުދަނޑިތަކެއް ވެސް ހުންނާނެއެވެ. ތަޅުދަނޑިން އަލަމާރި ހުޅުވާ ފުރަތަމަ ނަސީބުވެރިޔާ އަށް 1200 ރުފިޔާގެ މުދާ އަލަމާރި ތެރެއިން ލިބިގެން ދާނެއެވެ.

"އެކި ދުވަހު އެކި ހަދިޔާތައް ހުންނާނީ. 100 ރުފިޔާ އަށް ވުރެން މަތިން ވިޔަފާރި އެއް ކުރީމަ ހުޅުވަން ފުރުސަތު ލިބޭނީ. ފުރަތަމަ ދުވަހު ހުންނާނެ 1200 ރުފިޔާގެ ހަދިޔާ" ލިބޭގެ އޮފިޝަލަކު މައުލޫމާތު ދިނެވެ.

މި ޕްރޮމޯޝަނުގެ އިތުރުން އަންނަ އޯގަސްޓު މަހުގެ 31 އާއި ހަމައަށް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ވެސް މިހާރު ކުރިއަށް އެބަ ދެއެވެ. ކޮންމެ 250ން މަތީގެ ވިޔަފާރި އަކަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. މީގެ އިތުރުން ޑެލިވެރީގެ ހިދުމަތް ހޯދައިގެން މި މަހު ފަހުކޮޅު 5000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭ ޕްރޮމޯޝަނެއް ވެސް ކުރިއަށް އެބަ ދެއެވެ.